ދިވެހިރާއްޖެ
ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް
މާލެ، ދިވެހިރާއްޖެ
ނަންބަރު:FAM/IUL/2019/024
އިއުލާން
27 އޮކްޓޯބަރ އިން 16 ނޮވެމްބަރ 2019 ގެ ނިޔަލަށް މާލޭގައި އޭ.އެފް.ސީ "ބީ" ލައިސެންސް ކޯޗިންގ ސެޓްފިކެޓް ކޯހެއް ބެއްވުމަށް ވަނީ ހަމަޖެހިފައެވެ. ވީމާ، މިކޯހުގައި ބައިވެރިވުމަށް ބޭނުންވާ (އަންހެން / ފިރިހެން) ފަރާތްތަކުން، މި ކޯހުގައި ބައިވެރިވުމަށް އެދޭ ފޯމް ފުރިހަމަ ކުރެއްވުމަށް ފަހު 19 ސެޕްޓެމްބަރ 2019 ވާ ބުރާސްފަތި ދުވަހުގެ 15:00 ގެ ކުރިން އެފް.އޭ.އެމް އަށް ހުށަހެޅުއްވުން އެދެމެވެ. އަދި ފޯމް ހުށައަޅާއިރު ފޯމާއިއެކު ކޯހުގެ ފީއެއްގެ ގޮތުގައި -/3،000ރ (ތިންހާސް ރުފިޔާ) ދައްކަންވާނެއެވެ. އަދި މައުލޫމާތު ފުރިހަމަނުވާ ފޯމްތަށް ބަލައިނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.
ޝަރުތު:
* އޭ.އެފް.ސީ / އެފް.އޭ.އެމް "ސީ" ސެޓްފިކެޓް ލިބިފައިވުން.
މިކޯހުގައި ބައިވެރިވުމަށް އެދޭ ފޯމް އެފް.އޭ.އެމްގެ ކައުންޓަރުން ހެނދުނު 08:30 ން މެންދުރު 14:30 އާއި ހަމަޔަށް ލިބެން ހުންނާނެވާހަކަ ދެންނެވީމެވެ.
4 ސެޕްޓެމްބަރ 2019