ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު
ހަނިމާދޫ ކައުންސިލް އިދާރާގެ ވޭސްޓްމެނޭޖްމަންޓް ސެކްޝަނުގައި މަސައްކަތް ކުރާނެ މުއައްޒަފުން ހޯދުމަށް ބޭނުންވެއްޖެއެވެ.
މަޤާމް: |
ޑްރައިވަރު |
ބޭނުންވާ ޢަދަދު: |
02 (ދޭއް) |
މުސާރަ: |
މަހަކު -/5000 ރުފިޔާ (ފަސްހާސް ރުފިޔާ) |
ސާރވިސް އެލަވަންސް: |
މަހަކު -/1500 ރުފިޔާ (ފަނަރަ ސަތޭކަ ރުފިޔާ) |
ޙާޒިރީ އެލަވަންސް: |
މަހަކު -/1000 ރުފިޔާ (އެއްހާސް ރުފިޔާ) |
އެހެނިހެން ޢިނާޔަތްތައް: |
އިތުރުގަޑީގައި މަސައްކަތް ކުރާނަމަ ހަމަޖެހިފައިވާ އުސޫލެއްގެ މަތިން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ. |
މަސައްކަތް ކުރަންޖެހޭތަން: |
ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫ ކައުންސިލްގެ އިދާރާ |
މަސައްކަތް ކުރާ ޑިޕާރޓްމަންޓް: |
މުނިސިޕަލް ސަރވިސް ޔުނިޓް |
ސެކްޝަން |
ވޭސްޓް މެނޭޖްމަންޓް ސެކްޝަން |
ފެންވަރު ނުވަތަ ޝަރުތު: |
- އެއްގަމުގައި ދުއްވާ އުޅަނދު ދުއްވުމުގެ ލައިސަންސް ކެޓެގަރީ: C2, C-O C1.އަދި VA1 އޮތުން. - ޞިއްޙަތު ރަނގަޅު ގިނަވަގުތު މަސައްކަތުގައި އުޅެވޭ އަސާސީ ތަޢުލީމު ފެންވަރުހުރި މީހަކު ކަމުގައިވުން - ޢުމުރުން 18 އަހަރާއި 55 އަހަރާއި ދެމެދުގެ މީހެއް ކަމުގައިވުން. |
ވަޒިފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް: |
- ހަނިމާދޫ ކައުންސިލްގެ ވޭސްޓްމެނޭޖްމަންޓް ސެކްޝަނުން ކަނޑައަޅާ އުޞޫލާއި އެއްގޮތަށް، ވެހިކަލްގެ ދަތުރުތައް ކުރުން. - ވޭސްޓް މެނޭޖްމަންޓަށް ބޭނުންކުރާ ވެހިކަލްތައް ދޮވެ ސާފުކޮށް ބެލެހެއްޓުން. - މަތީގައި ފާހަގަކޮށްފައިވާ ކަންކަމުގެ އިތުރުންވެސް ވޭސްޓްމެނޭޖްމަންޓް ސެކްޝަނުން ކަނޑައަޅާ މަސައްކަތްތައް ކުރުން. |
މަޤާމް: |
މަސައްކަތު |
ބޭނުންވާ ޢަދަދު: |
06 (ހައެއް) |
މުސާރަ: |
މަހަކު -/3500 ރުފިޔާ (ތިންހާސް ފަސްސަތޭކަ ރުފިޔާ) |
ސާރވިސް އެލަވަންސް: |
މަހަކު -/1050 ރުފިޔާ (ފަނަރަ ސަތޭކަ ރުފިޔާ) |
ޙާޒިރީ އެލަވަންސް: |
މަހަކު -/700 ރުފިޔާ (ހަތްސަތޭކާ ރުފިޔާ) |
އެހެނިހެން ޢިނާޔަތްތައް: |
އިތުރުގަޑީގައި މަސައްކަތް ކުރާނަމަ ހަމަޖެހިފައިވާ އުސޫލެއްގެ މަތިން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ. |
މަސައްކަތް ކުރަންޖެހޭތަން: |
ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫ ކައުންސިލްގެ އިދާރާ |
މަސައްކަތް ކުރާ ޑިޕާރޓްމަންޓް: |
މުނިސިޕަލް ސަރވިސް ޔުނިޓް |
ސެކްޝަން: |
ވޭސްޓް މެނޭޖްމަންޓް ސެކްޝަން |
ފެންވަރު ނުވަތަ ޝަރުތު: |
- ޞިއްޙަތު ރަނގަޅު ގިނަވަގުތު މަސައްކަތުގައި އުޅެވޭ އަސާސީ ތަޢުލީމު ފެންވަރުހުރި މީހަކު ކަމުގައިވުން. - ޢުމުރުން 18 އަހަރާއި 55 އަހަރާއި ދެމެދުގެ މީހެއް ކަމުގައިވުން. |
ވަޒިފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް: |
- ހަނިމާދޫ ކައުންސިލްގެ ވޭސްޓްމެނޭޖްމަންޓް ސެކްޝަނުން ކަނޑައަޅާ އުޞޫލާއި އެއްގޮތަށް، ކުނިއުކާލުމާއި ކުނި ނައްތާލުމާއި ގުޅޭ އެއްމެހާ މަސައްކަތްތަށް ކުރުން. - ހަނިމާދޫ ކައުންސިލްގެ ވޭސްޓްމެނޭޖްމަންޓް ސެކްޝަނުން ކަނޑައަޅާ އުޞޫލާއި އެއްގޮތަށް، ކުނިކޮށި ސާފުކޮށް ބެލެހެއްޓުމާއި، ކުނިކޮށްޓަށް އުކާލާ ކުނީގެ ރެކޯޑްތައް ބެލެހެއްޓުން. - މަތީގައި ފާހަގަކޮށްފައިވާ ކަންކަމުގެ އިތުރުންވެސް ވޭސްޓްމެނޭޖްމަންޓް ސެކްޝަނުން ކަނޑައަޅާ މަސައްކަތްތައް ކުރުން. |
ސުންގަޑި: |
މިވަޒީފާތަކަށް އެދޭ ފަރާތްތަކުން، ތިރީގައިމިވާ ތަކެއްޗާއެކު، 2019 ސެޕްޓެމްބަރ 12 ވާ ބުރާސްފަތި ދުވަހުގެ 13:30 ގެ ކުރިން، ހަނިމާދޫ ކައުންސިލްގެ އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. |
ހުށަހަޅަންޖެހޭ ލިޔުންތައް: |
|
އިންޓަވިއު: |
- އިންޓަވިއުއަށް ކިޔާނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓު ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ. - މި މަޤާމަށް އެދި ފޯމު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން، މަޤާމުގެ ޝަރުޠު ހަމަނުވާ ފަރާތްތަކުގެ ފޯމުތައް ބާޠިލްކުރެވޭނެއެވެ. - މި މަޤާމްތަކަށް މީހުން ހޮވުމަށް ކުރެވޭ އިންޓަވިއު އޮންނާނީ، 2019 ސެޕްޓެމްބަރ މަހުގެ ތާރީޚެއް ގައިއެވެ. |
ނޯޓް: |
މިވަޒީފާ ދެވޭނީ، 3 މަސްދުވަހުގެ މުއްދަތަށެވެ. 3 މަސްވުމުން، ހާޒިރީއަށާއި، މަސައްކަތުގެ އަޚުލާޤަށާއި މަސައްކަތުގެ ފެންވަރަށް ބަލައި، 1 (އެކެއް) އަހަރު ދުވަހުގެ މުއްދަތަށް ވަޒީފާ ދާއިމީ ކުރެވޭނެއެވެ. |
އިތުރު މަޢުލޫމާތު: |
އިތުރު މަޢުލޫމާތު ސާފުކުރުމަށް، މިކައުންސިލްގެ 6520028 ނަންބަރު ފޯނަށް ގުޅުން އެދެމެވެ. |