މަސައްކަތް
ނަންބަރު: (IUL)MAI-108/MAI/2019/63
ޕަބްލިޝްކުރި ތާރީޚް: 03 ސެޕްޓެންބަރު 2019
ޕަބްލިޝްކުރި ގަޑި: 14:05
ސުންގަޑި: 12 ސެޕްޓެންބަރު 2019 14:00
އަލްމަދަރުސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާ
ދިވެހިރާއްޖެ
އިނާމު ދިނުމުގެ ޖަލްސާއަށް ބޭނުންވާ ޓްރޮފީ، ލައިޓިންގ، ކޭޓަރިންގ ޚިދުމަތަށް އެދި

ބީލަން ހުށަހެޅުމުގެ ދަޢުވަތު

1 . މި މަދަރުސާގެ އިނާމު ދިނުމުގެ ޖަލްސާއަށް ބޭނުންވާ ޓްރޮފީ ތައްޔާރުކޮށްދީ އެ ޖަލްސާގެ ލައިޓިންގއާއި ކޭޓަރިންގގެ ޚިދުމަތް ދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު މި މަދަރުސާގެ ނަންބަރު IUL)MAI-108/MAI/2019/57) އިޢުލާނާ ގުޅިގެން އެކަށީގެންވާ ވަރަށް މަޢުލޫމާތު ދެވިފައި ނުވާތީ، އެ އިޢުލާނު ބާޠިލުކޮށް،  މި މަސައްކަތްތަކަށް ޝައުޤުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުޠުތައް ބީލަންފޮތުގައި ބަޔާންކުރެވިފައި ވާނެއެވެ.

2 .  މިޕްރޮޖެކްޓްގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2019ސެޕްޓެންބަރު 04 ން 2019 ސެޕްޓެންބަރު 12 ށް ބަންދުނޫން ދުވަސްތަކުގެ 8:00 އިން 14:00 އަށް މިސްކޫލުގެ ރިސެޕްޝަނަށް ވަޑައިގެން ނަންނޯޓް ކުރެއްވުމަށް ދެންނެވީމެވެ. ބީލަން ހުށަހެޅޭނީ ބީލަމުގައި ނަންނޯޓުކުރައްވާ ފަރާތްތަކަށެވެ. 

3 .  މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2019 ސެޕްޓެންބަރު 15 ވަނަ ދުވަހުގެ 10:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.

4 .  ބިޑް ހުޅަހެޅުމާއި ބިޑް ހުޅުވުން އޮންނާނީ 2019 ސެޕްޓެންބަރު 18 ވަނަ ދުވަހުގެ 11:00 ގައި އަލްމަދަރުސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާގެ 6 ވަނަ ފްލޯގެ މީޓިންގ ރޫމްގައެވެ.

5 .  އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ޕްރޮކިއުމަންޓް ސެކްޝަން

އަލްމަދަރުސަތުލް ޢަރަބިއްޔަތުލް އިސްލާމިއްޔާ

ޗާންދަނީމަގު، މާލެ، ދިވެހިރާއްޖެ.

ފޯން:  3323627

[email protected]

04 މުޙައްރަމު 1441

 

03 ސެޕްޓެންބަރު 2019