ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)420-AS/420/2019/34
ޕަބްލިޝްކުރި ތާރީޚް: 02 ސެޕްޓެންބަރު 2019
ޕަބްލިޝްކުރި ގަޑި: 12:20
ސުންގަޑި: 25 ސެޕްޓެންބަރު 2019 00:00
ހުވަދުއަތޮޅު ދެކުނުބުރީ ރަތަފަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބޯހިޔާވަހިކަމުގެ ވަޢުދުގެ ދަށުން އިމާރާތް ނުކުރެވި ހުރި ގޯތިތަކުގައި ގެ އިމާރާތް ކުރުމުގެ ފުރުޞަތު ހުޅުވާލުން

ބޯހިޔާވަހިކަމުގެ ވަޢުދުގެ ދަށުން އިމާރާތް ނުކުރެވި ހުރި ގޯތިތަކުގައި ގެ އިމާރާތް ކުރުމުގެ  ފުރުޞަތު ހުޅުވާލުން

ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ބޯހިޔާވަހިކަމުގެ ވަޢުދުގެ ދަށުން  ސަރުކާރުން އަތޮޅުތަކަށް އަމާޒް ކުރައްވައިގެން ކުރިއަށް ގެންދަވާ މަޝްރޫޢުގެ ތެރެއިން އަމިއްލަ ގޯތީގައި ގެ (ހައުސިންގ ޔުނިޓް) އިމާރާތް ކުރުމަށް އެދޭ ފަރާތްތައް ދެނެގަތުމަށް ފުރުޞަތު ހުޅުވާލަމެވެ.

ދިރިއުޅުމަށް ދޫކޮށްފައިވާ ގޯތިތަކުގެ ތެރެއިން ގެދޮރު ޢިމާރާތް ނުކުރެވިފައި ހުރުމުގެ ސަބަބުން ފަޅުވެފައިވާ ގިނަ ގޯތިތަކެއްގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ކުރިއަށް ގެންދަން ރާވައިފައިވާ މަޝްރޫޢުގައި 20 އަހަރު ދުވަހުން ކުލިދައްކާ ޚަލާސްކުރާގޮތަށް 3 ކޮޓަރީގެހައުސިން ޔުނިޓް ޢިމާރާތްކުރުމަށް ހަމަޖެހިފައިވެއެވެ. އެގޮތުން ލިބިފައިވާ ގޯތީގެ ބޮޑުމިން 900 އަކަފޫޓަށްވުރެ ބޮޑުނަމަ މިއިން ގެއެއް އަމިއްލަ ގޯތީގައި އެޅުމަށް އެދެވިދާނެއެވެ.

ވީމާ، އަމިއްލަ ގޯތީގައި ހައުސިންގ ޔުނިޓް އަޅަން ބޭނުންފުޅުވާ ފަރާތްތަކުން އެކަމަށް އެދި 25ސެޕްޓެމްބަރ 2019 ގެ ކުރީން ކައުންސިލަށް ގޯތީގެ ރަޖިސްޓްރީ ކޮޕީއާއި އެކު ސިޓީ ހުށަހެޅުއްވުމަށް ދެންނެވީމެވެ. މިމަސްރޫޢާއި ގުޅިގެން ހައުސިންގ މިނިސްޓްރީއިން އެކުލަވާލާފައިވާ ވަގުތީ އުޞޫލު ތިރީގައި އެވަނީއެވެ. އަދި ދަންނަވަމެވެ. މިއުޞޫލަށް ބަދަލު އައުމަކީ އެކަށީގެންވާ ކަމެކެވެ.

     މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

02 ސެޕްޓެންބަރު 2019