ވަޒީފާގެ ފުރުޞަތު
ނަންބަރު: GS61/IUl/2019/21
ޕަބްލިޝްކުރި ތާރީޚް: 03 ސެޕްޓެންބަރު 2019
ޕަބްލިޝްކުރި ގަޑި: 11:44
ސުންގަޑި: 15 ސެޕްޓެންބަރު 2019 13:00
މަރަދޫފޭދޫ ސްކޫލް
ދިވެހިރާއްޖެ
ޕްރިންޓަރ

 

ޕްރިންޓަރ

މަޤާމް:

J-267224

މަޤާމުގެ ނަންބަރު:

1

ބޭނުންވާ އަދަދު:

ދާއިމީ

މަޤާމުގެ ގިންތި:

އެސްއެސް 3

މަޤާމުގެ ރޭންކް:

ސަޕޯޓް ސްޓާފް ގްރޭޑް 3

މަޤާމުގެ ކްލެސިފިކޭޝަން:

މަރަދޫ ފޭދޫ ސްކޫލް / ސ.މަރަދޫފޭދޫ

ވަޒީފާ އަދާކުރަން ޖެހޭ ތަން:

-/3875

މުސާރަ:

-/1000

ސަޕޯޓިންގ ކޯ އެލަވަންސް 1 - -/1200

ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރު ގަޑީގެ ފައިސާ.

ދިވެހި ރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ހިދުމަތް.

 

 

  • ވާރކްޝީޓާއި ޓެސްޓް ޕޭޕަރތައް ލީޑިންގ ޓީޗަރުން ހަމަޖައްސަވާ އުޞޫލުގެ މަތިން އަދި އެތަކެތީގެ ބޭނުންހިފުމަށް ޓީޗަރުންނަށް ދަތިނުވާނޭގޮތުގެމަތީން ޕްރިންޓްކުރުން.
  • އިދާރީ ހިންގުމުގައި ދުވަހުން ދުވަހަށް ފޮޓޯކޮޕީއާއި ޕްރިންޓް ނެގުމަށް ހަވާލުކުރެވޭ ތަކެތި ޕްރިންޓްކުރުން.
  • ޕްރިންޓްކުރަންޖެހޭ އެންމެހާ ތަކެތި ޕްރިންޓްކުރުމާއި ސްޓެޕްލް ކުރުމާއި، ބަންޑަލް ކުރުމާއި، ލެމިނޭޓް ކުރުމާއި އަދި ބައިންޑްކުރުމަށްދެވޭ ތަކެތި ބައިންޑްކޮށް ލީކް ނުވާނެގޮތަކަށް އެތަކެތި ރައްކާތެރިކަމާއެކު ބެލެހެއްޓުން.
  • ޕްރިންޓްކުރުމުގެ މަސައްކަތާއި ގުޅިގެން ހޯދަންޖެހޭ ތަކެތި ހުސްވުމުގެ ކުރިން އެކަށީގެންވާ މުއްދަތު (ލަސްވެގެން ރަސްމީ ބަންދުނޫން 7 ދުވަސް ކުރިއަށް) އޮށްވައި އެތަކެތި ހޯދުމަށް އިދާރާއަށް ރިކުއެސްޓްކުރުން އަދި ޕްރޮސެސް ހިނގާވަރު ބަލައި ކަށަވަރުކުރުން.
  • ޕްރިންޓްކުރުމަށް ބޭނުންކުރާ ތަކެތި ބޭނުންކުރެވޭ ގޮތް ބެލުމަށް އެކަމަށް ޚާއްޞަ ލޮގްތަކެއް ހަދައި އެތަކެތި ބޭނުންކުރުން އަދި މިކަމާއި ގުޅިގެން ސްކޫލްގެ އިސްވެރިން ބޭނުންވާ އެންމެހާ މަޢުލޫމާތު ޤަވާއިދުން ދިނުން.
  • ޕްރިންޓް ކުރުމުގައި ބޭނުންކުރާ މެޝިންތަކާއި އެހެނިހެން އިކްއިޕްމަންޓްސްތައް، ފަރުވާތެރިކަމާއެކު ބެލެހެއްޓުމާއި އެތަކެތި މަރާމާތުކޮށް ސްކޫލްގެ ޕްރިންޓިންގ ޕްރޮސެސްއަށް ދަތިނުވާނެގޮތަކަށް ކަންކަން ރާވާ ބެލެހެއްޓުން.
  • ސްކޫލަށް ދިމާވާ ހާއްސަ ކަންތައްތަކުގައި ސްކޫލުން އަންގާ ގޮތެއްގެ މަތިން މަސައްކަތް ކުރުން.
  • އިދާރީ ގޮތުން ކުރަންޖެހޭ މަސައްކަތްތައް ސްކޫލުން އަންގާ ގޮތެއްގެ މަތިން ކުރުން.

 

 

 

  1. މަޤާމަށް ބޭނުންވާ ތަމްރީނެއް/ލައިސެންސެއް/ ހުއްދައެއް ހާސިލްކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

ނުވަތަ

2. ގްރޭޑް 7 ނިންމާފައިވުން. 

ސަރވިސް އެލެވަންސް:

އެހެނިހެން އެލަވަންސް:

 

 

 

 

 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

މަޤާމުގެ ޝަރުޠުތައް:

 

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން ލިބެން ހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

)ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ ލެވެލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތައުލީމުދޭ މަރުކަޒުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ، ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

(ށ) މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒުން ދޫކޮށްފައިވާ ތައުލީމީ ސެޓްފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ، ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމުގެ ކޮޕީ.

  1. ވަޒީފާގެ މަސައްކަތު ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓްފިކެޓުތަކުގެ ކޮޕީ.
  2. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެތްފިކެޓްގެ ކޮޕީ.
  3. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެއޮފީހަކުން ދޫކޮށްފައިވާ ލިޔުން، ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް

ހުށަހަޅަންޖެހޭ ލިޔުންތައް:

 

 

 

 

 

  1. ތަޢުލީމާއި ތަމްރީން.
  2. މަސައްކަތުގެ ތަޖުރިބާ.
  3. މަސައްކަތުގެ ހުނަރާއި، ފެންވަރާއި، ޤާބިލްކަމާއި، ސިފަތައް.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

 

 

 

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 15 ސެޕްޓެމްބަރ 2019 ވާ އާދިއްތަ ދުވަހުގެ 13:00 ގެ ކުރިން، މަރަދޫފޭދޫ ސްކޫލް އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected] މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

   

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ،  16 ސެޕްޓެމްބަރ 2019  އާއި 17 ސެޕްޓެމްބަރ 2019   އާ ދެމެދު، މަރަދޫ ފޭދޫ ސްކޫލް ގައެވެ.

އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.

ޝޯޓް ލިސްޓްކުރުން:

 

 

 

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6891531 ނަންބަރު ފޯނާއެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

 

 

 

03 ސެޕްޓެންބަރު 2019