| 
 މަޤާމު: ހަޓް ބަލަހައްޓާ 
 | 
| 
 މުސާރަ 
 | 
 މަހަކު -/2000 ރުފިޔާ 
 | 
 މަޤާމުގެ ބާވަތް 
 | 
 01 (އެކެއް) އަހަރު ދުވަހުގެ ކޮންޓްރެކްޓް 
މަސައްކަތުގެ ފެންވަރުބަލާ އެގްރިމެންޓްގެ މުއްދަތު އިތުރު ކުރެވިދާނެ. 
 | 
| 
 ބޭނުންވާ ޢަދަދު 
 | 
 01 
 | 
 މަސައްކަތް ކުރަންޖެހޭތަން 
 | 
 ޏ.ފުވައްމުލައް 
 | 
| 
 މަޤާމުގެ މަސްއޫލިއްޔަތު: 
 | 
- ކޮންމެ ދުވަހަކު 2 ފަހަރު ( ހެދުނާ،ހަވީރު) ރީޓްރާންސްމީޓިންގ ހަޓްގައި ހުރި އިކްއިޕްމެންޓް ރަގަޅުތޯ ބަލާ ޗެކް ކުރުމަށްފަހު އެދުވަހުގެ ހެދުނު 9:00 ގެކުރިން އަދި ހަވީރު 17:30 ގެ ކުރިން ކޮންމެ ދުވަހަކުވެސް ޕީއެސްއެމްގެ ޓްރާސްމީޓިން ޔުނިޓް އަށް އެސް އެމް އެސް  މެދުވެރިކޮށް އެންގުން
 
- ކޮންމެ ދުވަހަކު ހެނދުނު ޓްރާންސްމީޓަރ ރީޑިންގ ނަގާ ފޯރމް ފުރިހަމަ ކުރުމާއި ހަފްތާއަކު އެއްފަހަރު (ކޮންމެ ބުރާސްފަތި ދުވަހަކު) މި ފޯމް ފެކްސ،ވައިބަރ،ނުވަތަ އީމެއިލް މެދުވެރިކޮށް ޕީ އެސް އެމް ގެ އިންޖިނިއަރިންގ އަށް ފޮނުވުން
 
- ރަށު ޖަނަރޭޓަރުން ކަރަންޓް ބަދަލު ކުރާ ވަގުތު ތަކަށް ޙާއްސަ ސަމާލު ކަމެއް ދީގެން ޓްރާންސްމީޓަރ އޮފްވެފައި ވޭތޯ ބަލައި ޗެކްކުރުމާއި ، އޮފްވެފައި ވާނަމަ ޓްރާންސްމީޓަރ އޮން ކުރުން އަދި އިރުއިރުކޮޅުން ކަރަންޓްގެ މައްސަލަ ދިމާވެ، ކަރަންޓް ފޭލްވާނަމަ ޕީ.އެސް.އެމްގެ ޓްރާންސްމީޓިންގ ޔުނިޓަށް ލަސްނުކޮށް އެންގުން.
 
- ހަޓާއި ޙަވާލުވެ ހުންނަ ފަރާތަކުން މަދުވެގެން ހަފްތާއަކު އެއްފަހަރު ހުރިހާ އިކްއިޕްމަންޓެއް ފުހެ ސާފުކުރުން.
 
- ދުވާލަކު އެއްފަހަރު ޑިޝްއެންޓަނާގެ ހާލަތު ޗެކް ކުރުން.
 
- ޑިޝްއެންޓަނާ ކައިރީގައި ޕީ.އެސް.އެމްގެ ސިގްނަލް ރިސީވް ވުމަށް ދަތިވާ ގޮތަށް ހުރި ގަހެއް ހުރިނަމަ ކަނޑާ ސާފް ކުރުން އަދި މަހަކު އެއްފަހަރު ޓަވަރުގެ ޙާލަތު ބަލާ ޗެކް ކުރުމަށް ފަހު ޕީ.އެސް.އެމްގެ ޓްރާންސްމީޓިންގ ޔުނިޓަށް ރިޕޯރޓް ފޮނުވުން.
 
- ޑިޝްއެންޓަނާ އަދި ޓަވަރުގައި ދަބަރު ޖަހަމުން ދާނަމަ އެކަން ލަސްނުކޮށް ޕީ.އެސް.އެމްގެ ޓްރާންސްމީޓިންގ ޔުނިޓަށް މިކަމާ ހަވާލުވެތިބޭ ފަރާތްތަކަށް އެންގުމާއި  ދަވާދުލައި ބަލަހައްޓަންވާނެއެވެ.
 
- ކޮންޓްރެކްޓް އާ ހަވާލުވެފައިވާ ފަރާތުން ރަށުން ބޭރަށް ދާންޖެހިއްޖެނަމަ ހަޓާއި ހަވާލުވާނެ ފަރާތެއް ހަމަޖެއްސުމަކީ ކޮންޓްރެކްޓް ހަވާލުވެފައިހުރި ފަރާތުން ކުރަންޖެހޭ ކަމެއް.
 
- ޕީ.އެސް.އެމްގެ ރީޓްރާންސްމީޓިންގ ހަޓްގެ އެއްވެސް އިކްއިޕްމަންޓަކަށް، ޓަވަރަށް، ޑިޝްއެންޓަނާއަށް ނުވަތަ ޑިޝްއެންޓަނާގެ އެލް.އެމް.ބީ އަށް އެއްވެސް  މައްސަލައެއް ޖެހިއްޖެނަމަ އެކަން ޕީ.އެސް.އެމްގެ ޓްރާންސްމީޓިންގ ޔުނިޓުން ޙަވާލުވެތިބޭ ފަރާތްތަކަށް ލަސްނުކޮށް އެންގުން.
 
- ޕީ.އެސް.އެމްގެ ރީޓްރާންސްމީޓިންގ ހަޓަށް ގެއްލުމެއް ލިބިފައިވާކަން ފާހަގަ ކުރެވިއްޖެ ނަމަ އެންމެ އަވަސް ފުރުސަތެއްގައި ޕީ.އެސް.އެމްގެ އިންޖިނިއަރިންގ އިން ޓްރާންސްމިޝަން އާއި ޙަވާލުވެ ތިބޭ ފަރާތްތަކަށް އެންގުން.
 
- ޕީ.އެސް.އެމްގެ ރީޓްރާންސްމީޓިންގ ސައިޓަށް އެއްވެސް މިންވަރަކަށް ގަސްތުގައި ގެއްލުމެއް ދިނުމުގެ ޢަމަލެއް ހިންގާފައިވާކަމަށް ފާހަގަ ކުރެވިއްޖެނަމަ، އެކަން ލަސްނުކުރައްވާ ކަމާބެހޭ ފަރާތްތަކަށް އެންގުން އަދި ޕީއެސް.އެމްގެ އިންޖިނިއަރިންގެ ޓްރާންސްމީޓިން ޔުނިޓަށް ރިޕޯރޓްކުރރުން.
 
 
 | 
| 
 ވަޒީފާ އަށް އެންމެ ގާބިލް ފާރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް 
 | 
- ލިބިފައިވާ ތަމްރީން.
 
- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ.
 
 
 | 
| 
 ހުށަހަޅަންޖެހޭ ލިޔުންތައް: 
 | 
- ވަޒީފާއަށް އެދޭ ކަމުގެ ސިޓީއާއި، ތަޢުލީމީ އެކްރެޑިޓެޑް ސެޓްފިކެޓްތަކުގެ އެޓެސްޓް ކުރެވިފައިވާ ކޮޕީ.
 
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)
 
- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
 
- ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ފޮޓޯކޮޕީ އާއި ޕާސްޕޯރޓް ސައިޒު ގެ 1 ފޮޓޯ
- ވަޒީފާއެއްގައި އުޅޭނަމަ، ވަޒީފާގައި އުޅޭކަން ބަޔާންކޮށް ވަޒީފާ އަދާކުރާ ތަނުން ދޫކޮށްފައިވާ ލިޔުން.
 
 
 
 
 | 
| 
 އިންޓަވިއު ކުރުމާއި، ޕްރެޒެންޓޭޝަން ހުށަހެޅުން: 
 | 
 އިންޓަވިއުއަށް ދަޢުވަތު ދެވޭނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު  އެފަރާތްތަކަށް އެކަންޏެވެ. 
 | 
| 
 ސުންގަޑި 
 | 
 މި މަޤާމަށް އެދިލައްވާ ފަރާތްތަކުން 2019 ސެޕްޓެމްބަރ 12 ވަނަ ދުވަހުގެ 16:00 ގެ ކުރިން މި ކުންފުނީގެ ހިއުމަން ރިސޯސް ޑިޕާޓްމަންޓްގެ މެއިލް [email protected]  އަށް މެއިލް ކުރެއްވުމަށް ދެންނެވީމެވެ. 
 | 
| 
 އިތުރު މަޢްލޫމާތު: 
 | 
 މަޢުލޫމާތު ހޯއްދެވުމަށް 3000210، 3000364 އާއި ގުޅުއްވުން އެދެމެވެ. 
 |