| 
 1. އެޑްމިނިސްޓްރޭޝަން އެންޑް ފްރަންޓް އޮފީސް ޔުނިޓުގެ މަސައްކަތްތައް ސެކްޝަނުގެ އިސްވެރިޔާގެ އިރުޝާދުގެ ދަށުން ހިންގާ ބެލެހެއްޓުން. 
2. އޮފީހުގެ މަޤްޞަދުތަކާއި، ރާވާފައިވާ ސްޓްރެޓިޖީތަކުގެ ދަށުން މަސްޢޫލުވާ ބައިން ކުރުމަށް ހަމަޖެހިފައިވާ މަސައްކަތްކައް ހަލުވިކަމާއިއެކީ ނަތީޖާ ލިބޭފަދަ ގޮތެއްގައި ހިންގައި ބެލެހެއްޓުން. 
3. އެޑްމިނިސްޓްރޭޝަން އެންޑް ފްރަންޓް އޮފީސް މަސައްކަތްތައް ކުރިއަށްދާގޮތް ބެލުމާއި މަސައްކަތްތައް ހަލުވިކުރުމަށް ބޭނުންވާ ކަންތައްތައް ރޭވުން. 
4. އެޑްމިނިސްޓްރޭޝަން އެންޑް ފްރަންޓް އޮފީސް ޔުނިޓުގެ މަސައްކަތް ކުރިއަށް ގެންދާނެގޮތް ރޭވުމުގައި ޔުނިޓުގެ ބައްދަލުވުންތައް ބޭއްވުން. 
5. އެޑްމިނިސްޓްރޭޝަން އެންޑް ފްރަންޓް އޮފީސް ޔުނިޓުގެ މުވައްޒަފުންގެ މަސައްކަތްތައް ސުޕަވައިޒްކޮށް، މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ބެލުން. 
6. އޮފީހުގެ ސެކިއުރިޓީގެ ކަންތައް ރޭވިގެން ކުރެވެނީ ރަގަޅަށްތޯ ބެލުމާއި އޮފީސް ހުޅުވާލެއްޕުމުގެ ކަންތައްތައް އިންތިޒާމްކުރެވިގެންދަނީ ރަގަޅަށްތޯ ބެލުމާއި އޮފީހުގެ ކައުންޓަރ އަދި ޑިސްޕެޗްގެ މަސައްކަތްތައް ކުރިއަށްދާގޮތް ދުވަހުން ދުވަހަށް ބަލާ ގެންނަންޖެހޭ އިސްލާޙެއްވާނަމަ އެކަމާއިބެހޭ އިރުޝާދު ކަމާއިބެހޭ މުވައްޒަފުންނަށް ފޯރުކޮށްދެއްވުން. 
7. ކޮންމެ އަހަރަކުވެސް އެއަހަރެއްގެ އަހަރު ރިޕޯޓް ތައްޔާރުކުރުވާ ފޮނުއްވަންޖެހޭ މުއްދަތަށް ފޮނުއްވުމަށްޓަކައި ކުރަންޖެހޭ ކަންތައްތައް ކަމާއިބެހޭ މުވައްޒަފުން ލައްވާކުރުވުން. މީގެ އިތުރުން އޮފީހުގެ ޔައުމިއްޔާ ދުވަހުން ދުވަހަށް ނިންމާތޯ ބެއްލެވުމަށް ޙަވާލުކުރެވިފައިވާ މުވައްޒަފުން އެކަންތައް ކުރަމުންދޭތޯ ބެލުމާއި، އެހެން ސެކްޝަންތަކުން ޔައުމިއްޔާ ލިޔަމުންދޭތޯ ބެލުން. 
8. މިނިސްޓްރީގެ ތަންތަން މަރާމާތުކޮށް ބެލެހެއްޓުމަށް ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ރާވައި ހިންގާ ބެލެހެއްޓުން. 
9. މިނިސްޓަރ އަދި ޕަރމަނަންޓް ސެކްރެޓަރީގެ މަސައްކަތްތައް ބެލެހެއްޓުން. 
10.މިނިސްޓަރ އަދި ސިޔާސީ ބޭފުޅުންނާއި ގުޅުންހުރި މަސައްކަތްތައް މެނޭޖްކުރުން. 
11. ރައީސް އޮފީހަށާއި މަޖިލިސްއަށް ފޮނުވާ އެކިއެކި މަޢުލޫމާތާއި ލިޔެކިޔުންތައް މެނޭޖްކުރުން. 
12. މިނިސްޓަރ ޕަރމަނަންޓް ސެކްރެޓަރީ އަދި ސިޔާސީ ބޭފުޅުންގެ ރަސްމީ ދަތުރުތައް ރާވާ ބެލެހެއްޓުން. 
13. ސިޔާސީ ބޭފުޅުންގެ ހާޒިރީގެ ކަންތައް ސުޕަރވައިޒްކުރުން. 
14. ކޮންމެ ދުވަހަކު ބާއްވާ މިނިސްޓަރ އަދި ޕަރމަނަންޓް ސެކްރެޓަރީގެ ބައްދަލުވުންތައް ސުޕަރވައިޒްކޮށް މޮނިޓަރކުރުން. 
15. ރާއްޖެއިން ބޭރު ފަރާތްތަކާއިއެކު މިނިސްޓަރ ބާއްވަވާ ބައްދަލުވުންތައް ކަމާބެހޭ އޮފީހަކާއި ގުޅިގެން ރާވާ ހިންގުން. 
 |