ވަޒީފާގެ ފުރުޞަތު
ނަންބަރު: 200-VTR/IU/2019/22
ޕަބްލިޝްކުރި ތާރީޚް: 02 ސެޕްޓެންބަރު 2019
ޕަބްލިޝްކުރި ގަޑި: 14:02
ސުންގަޑި: 09 ސެޕްޓެންބަރު 2019 13:30
ވަޒީފާއާބެހޭ ޓްރައިބިއުނަލް
ދިވެހިރާއްޖެ
އެސިސްޓެންޓް ލީގަލް އޮފިސަރ (ކޮންޓްރެކްޓް)

މި ޓްރައިބިއުނަލްގެ އެސިސްޓެންޓް ލީގަލް އޮފިސަރ (ކޮންޓްރެކްޓް)ގެ މަޤާމަށް މީހަކު ހޯދުމަށް ކުރި ނަންބަރު: 200VTR/IU/2019/17  (26 ޖޫން 2019)  އިޢުލާނާ ގުޅިގެން މި މަޤާމަށް އެކަށީގެންވާ ފަރާތެއް ކުރިމަތިލައްވާފައިނުވާތީ އެމަޤާމަށް އަލުން ހުޅުވާލަމެވެ.

މަޤާމުގެނަން: އެސިސްޓެންޓް ލީގަލް އޮފިސަރ (ކޮންޓްރެކްޓް)

މަޤާމުގެ ބާވަތް: ވަގުތީ

މުއްދަތު: ޢިއުލާނުކޮށްގެން މުވައްޒަފަކު ހަމަޖެހޭ ތާރީޚުން ފެށިގެން ބަލިވެއިނުމާއި ވިހެއުމާ ގުޅިގެންދޭ ޗުއްޓީގައި ހުންނަ މުވައްޒަފު ނިކުންނަންދެން.

ޢަދަދު:  02

މުސާރަ: -/8500 ރުފިޔާ

ޢިނާޔަތްތައް:

ސަރވިސް އެލަވަންސް: -/2000 ރުފިޔާ

ނޮން-ޕްރެކްޓިސް އެލަވަންސް: އަސާސީ މުސާރައިގެ %45

މަޤާމުގެ މައިގަނޑު މަސައްކަތްތައް: ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅޭ މައްސަލަތައް ދިރާސާކޮށް، މައްސަލަތަކާ  ގުޅޭގޮތުން ޤާނޫނީ ލަފާދިނުމާއި، މައްސަލަތައް  ހަލުވިކަމާއެކު، ފުރިހަމައަށް ބެލޭނެ އިންތިޒާމްތައް ހަމަޖެއްސުމުގައި އެހީތެރިވުން.  

ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ އިދާރީ ހިންގުމުގެ ކަންތައްތަކުގައި ބޭނުންވާ ޤާނޫނީ ލަފާދިނުން. 

ފެންވަރު ނުވަތަ ޝަރުތު:       ޤާނޫނީ ދާއިރާއިން ފުރަތަމަ ޑިގްރީ ޙާޞިލް ކުރައްވާފައިވުން. ނުވަތަ،

                        ޤާނޫނީ ދާއިރާއިން ޑިޕްލޮމާއެއް ޙާޞިލްކޮށްފައިވުމާއެކު މަސައްކަތުގެ ދާއިރާއިން މަދުވެގެން 3 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. މި މަޤާމަށް މީހަކު ނެގުމުގައި ލޭބަރ ލޯ އިން ތަމްރީނާއި މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށާއި، ދިވެހިބަހާއި އިނގިރޭސި ބަހުން ރަނގަޅަށް މުޢާމަލާތު ކުރަން ދަންނަ ފަރާތްތަކަށާއި އަދި މީގެ އިތުރުން ޑްރާފްޓް ކުރުމުގެ ހުނަރު ހުންނަ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.   

މަސައްކަތްކުރަންޖެހޭ ތަން:  މިމަޤާމަށް ހޮވޭ ފަރާތުން މަސައްކަތްކުރަންޖެހޭނީ ވަޒީފާއާބެހޭ ޓްރައިބިއުނަލްގައެވެ.               

މަޤާމަށް އެދެންވީގޮތާއި ސުންގަޑި: މި މަޤާމަށް އެދިލައްވާ ފަރާތްތަކުން 09 ސެޕްޓެންބަރު 2019 ވާ ހޯމަ ދުވަހުގެ  13:30ގެ ކުރިން މި ޓްރައިބިއުނަލްގެ ވަޒީފާއަށްއެދޭ ފޯމް ފުރިހަމަ ކުރެއްވުމަށްފަހު (ގ.ފަތުރުވެހި 03 ވަނަ ފަންގިފިލާ) އަށް ހުށަހެޅުއްވުން އެދެމެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަ ކުރައްވާފައިވާ، މި ޓްރައިބިއުނަލްގެ ވަޒީފާއަށް އެދޭ ފޯމް.
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު، އައި.ޑީ ކާޑުގެ ކޮޕީ، ތަޢުލީމީ ސެޓްފިކެޓްތަކުގެ ފޮޓޯކޮޕީ (އަޞްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ތައްގަނޑު ޖަހާފައިވާ)
  • ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީތަޢުލީމުދޭ މަރުކަޒަކުން ކުރިޔަށް ގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓްފިކެޓާއި ޓްރާންސްކްރިޕްޓްގެ ކޮޕީ (މިފަދަ ސެޓްފިކެޓްތައް އެކްރެޑިޓް ކުރަން ނުޖެހޭނެ އެވެ.) ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓްގެ ކޮޕީ،
  • ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓުތަކާއި ރާއްޖެއިން ބޭރުގެ މަތީތަޢުލީމު ދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓު ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.
  1. މަސައްކަތުގެ ތަޖުރިބާހުރިކަމުގެ ލިޔުން،
  2. * މަސައްކަތުގެ ތަޖުރިބާހުރި ލިޔުން ހުންނަންވާނީ މަސައްކަތްކުރި މުއްދަތާއި މަސައްކަތުގެ ތަފްޞީލް އެނގޭގޮތަށެވެ.

* މިހާރު އަދާކުރަމުންދާ ވަޒީފާއެއްގެ ލިޔުން ހުށަހަޅާނަމަ އެލިޔުމަކީ އެއްމަސް ނުވަތަ އެއަށްވުރެ ފަހުގެ ތާރީޚެއްގައި ދޫކޮށްފައިވާ ލިޔުމަކަށް ވާންވާނެއެވެ

މި މަޤާމުތަކަށް ކުރިމަތިލައްވާ ފަރާތްތަކުގެތެރެއިން އިންޓަވިއުއަށް ގުޅާނީ، ޝަރުތު ހަމަވާ މީހުންގެ ތެރެއިން ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށެވެ. މި ޓްރައިބިއުނަލްގެ ވަޒީފާއަށް އެދޭ ފޯމް މި ޓްރައިބިއުނަލްގެ ކައުންޓަރުންނާއި ވެބް ސައިޓް:www.employmenttribunal.gov.mv އިން ލިބެން ހުންނާނެއެވެ. މި އިއުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަންވަން ބޭނުންފުޅުވާ ފަރާތްތަކުން މި ޓްރައިބިއުނަލްގެ ނަންބަރު 3307701 އަށް ގުޅުއްވުން އެދެމެވެ.

02 ސެޕްޓެންބަރު 2019