ވަޒީފާގެ ފުރުޞަތު
ނަންބަރު: GS107/2019/25
ޕަބްލިޝްކުރި ތާރީޚް: 02 ސެޕްޓެންބަރު 2019
ޕަބްލިޝްކުރި ގަޑި: 12:55
ސުންގަޑި: 11 ސެޕްޓެންބަރު 2019 12:00
ފޯކައިދޫ ސްކޫލް
ދިވެހިރާއްޖެ
މަސައްކަތު

އިޢުލާން

 މަޤާމް:          މަސައްކަތު

މަޤާމުގެ ނަންބަރ:       J-283392

ބޭނުންވާ އަދަދު:         01                        

މަޤާމުގެ ގިންތި:        ދާއިމީ

މަޤާމުގެ ރޭންކް:        އެސް.އެސް 1     

މަޤާމުގެ ކްލެސިފިކޭޝަން:     ސަޕޯޓް ސުޓާފް ގުރޭޑް 1 

މަޤާމް އޮތް އޮފީސް:      ށ.ފޯކައިދޫ ސުކޫލް  

ވަޒީފާ އަދާކުރަން ޖެހޭ ތަން:   ށ.ފޯކައިދޫ ސުކޫލް

މުސާރަ:           -/3100 ރުފިޔާ

ސަރވިސް އެލަވަންސް:     -/1000 ރުފިޔާ

އެހެނިހެން އެލަވަންސް : 

  • ސިވިލްސާރވިސް މުވައްޒަފުނަށް ހަމަޖެހިފައިވާ އުސޫލުން ސަޕޯރޓިންގ ކޯރ އެލެވަންސް 2 (1200ރ މަހަކު)
  • ސިވިލްސާރވިސް މުވައްޒަފުނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ހިދުމަތް
  • ދިވެހިރާއްޖޭގެ ޕެންސަނާބެހޭ ޤާނޫނުގެ ދަށުން ލިބިދޭ ޕެންސަން ކޮންޓްރިބިއުޝަން
  • ސިވިލް ސާރވިސް މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ 

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

1- ސްކޫލުގެ ގޯތިތެޔާ،ވަށައިގެންވާ މަގުތަށް ވިނަނޮޅައި ސާފުކުރުމާއި ޢިމާރާތްތައް ކުނިކަހައި ފޮޅާ ސާފުކުރުން.

2- މުވައްޒަފުންނާއި ދަރިވަރުން ބޭނުންކުރާ ފަރުނީޗަރުތައް ބޭނުންވާ ޢިމާރާތްތަކުގައި ބޭނުންވާ ޢަދަދަށް އަތުރާ، ތަރުތީބުކޮށް، ފޮޅާ ސާފުކުރުން.

3- ޕްރީސުކޫލް ކުލާސްތަށް ސާފްކޮށް ބެލެހެއްޓުމާއި، ޕްރީސުކޫލް ކުދިން ފާޚާނައަށް ގެންގޮސް ކުލާހަށް ގެނެސް ހެދުން.

4- ދަރިވަރުންނާއި މުވައްޒަފުންގެ ފާޚާނާތައް ސާފުތާހިރުކޮށް ބެލެހެއްޓުމާއި ފާހާނާގައި ހުންނަން ޖެހޭ ތަކެތި ހަމަކުރުން

5- ދަރިވަރުންނާއި މުވައްޒަފުންނަށް ރައްކާތެރި ބޯފެން ލިބޭނެ މަގު ފަހި ކުރުމަށްޓަކައި ދިޔަދޮވި ތަކާއި ފެންތާނގީތައް ސާފުކޮށް ބެލެހެއްޓުން.

6- ޕްރީސުކޫލް  ކުލާސްތަށް ކުރިއަށްދާ ގަޑީގައި ޕްރީސުކޫލް ޓީޗަރުންނަށް އެހީ ބޭނުންވެއްޖެ ހާލަތެއްގައި ބޭނުންވާ އެހީތެރިކަން ފުރިހަމަޔަށް ފޯރުކޮށް ދިނުން.

7-  ގޯތި ތެރޭގައި ޢާއްމުކޮށް ދަރިވަރުން ޙަރަކާތްތެރިވެ އުޅޭ ސަރަހައްދުތަކަށް ފެން ޖެހުން.

8- ބަގީޗާ ހައްދާ ބެލެހެއްޓުމާއި ސްކޫލުގެ ގޯތިތެރޭގައި ހުރި ގަސްތައް ރީތި ކުރުމަށް ކޮށަން ޖެހޭ ޙާލަތްތަކުގައި ކޮށުމާއި ގަސްތަކަށް ފެންދީ ބެލެހެއްޓުން.

9- ކޮންޕިޓަރާއި އެއަރ ކޮންޑިޝަނަރައާއޮ އަދި އެހެނިހެންވެސް މެޝިނަރީސްތައް ފޮޅާ ސާފުކޮށް ބެލެހެއްޓުން.

10- ސްކޫލުން ރާވާ ހިންގާ ހުރިހާ ޙަރަކާތްތަކެއްގައި ފުރިހަމައަށް ބައިވެރިވުން.

11- ސްކޫލުގެ ލަނޑުދަނޑިތައް ޙާޞިލު ކުރުމުގައި އެހެން މުވައްޒަފުންނަށް އެއްބާރުލުން ދިނުން.

12- ސްކޫލުގެ މުދާ ރައްކާތެރިކަމާއެކު ބެލެހެއްޓުން.

13- އެކި ފަރާތްތަކަށް މަދަރުސާއިން ފޮނުވަންޖެހޭ ތަކެތި އެފަރާތްތަކަށް ޙަވާލުކުރުން

މަޤާމުގެ ޝަރުތުތައް:

1. ލިޔަން ކިޔަން ދަތުމާއެކު މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން ލިބިފައިވުން

ނޯޓް: ލިޔަންކިޔަން އެގޭކަން ދެނެގަންނާނީ، ދަށްވެގެން ސްކޫލް 5 ނިންމިކަމުގެ ލީވިންގ ސެޓްފިކެޓް ނުވަތަ ލިޔަން ކިޔަން އެނގޭކަމަށް ބަޔާންކޮށް ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ދޫކުރާ ލިޔުމަށް ބަލައިގެންނެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި މިއިދާރާގެ ކައުންޓަރުން ލިބެންހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛  ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ އާއީ ޓްރާންސްކުރިޕްޓްގެ  ކޮޕީ

(ށ)  މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ އާއި ޓްރާންސްކުރިޕްޓްގެ  ކޮޕީ

  1. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.
  2. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓުފިކެޓްގެ ކޮޕީ.
  3. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ) ދައުލަތުގެ މުއައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި، ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްޢިއްޔާ/ ޖަމާއަތެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)  އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީނަމަވެސް) ވަކިވަކިން ބަޔާންކޮއްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  1. ތަޢުލީމާއި ތަމްރީން ލިބިފައިވާ މިންވަރު (%26)
  2. މަސައްކަތުގެ ދާއިރާއިން ތަޖުރިބާ ލިބިފައިވާ މިންވަރު (%26)

 3. .މަސައްކަތުގެ ހުނަރާއި ފެންވަރާއި ޤާބިލުކަމުގެ މިންވަރު (%48)

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 11 ސެޕްޓެމްބަރ 2019 ވާ ބުދަ ދުވަހުގެ 12:00 ގެ ކުރިން، ފޯކައިދޫ ސުކޫލުގެ އިދާރާއަށެވެ. އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected] މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ  ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު  އޮންނާނީ، 15 ސެޕްޓެމްބަރ 2019 އާއި 19 ސެޕްޓެމްބަރ 2019 އާ ދެމެދު، ގައެވެ. އިންޓަވިއު އޮންނާނީ ފޯކައިދޫ ސުކޫލުގައެވެ. ވުމާއެކު،މިވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން،އެތާރީހުގައި އިންޓަވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިއްބެވުމަށްވެސް ދަންނަވަމެވެ.

ޝޯޓް ލިސްޓްކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ އަދަދު 10 ކަށްވުރެ އިތުރުވާނަމަ ތަޢުލީމާ، ފެންވަރާއި ،ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.  

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6540542 ނަންބަރ ފޯނާއެވެ އަށެވެ. އީ-މެއިލް ކުރާނީ      [email protected] އަށެވެ.

 

           03 މުޙައްރަމް 1441

           02 ސެޕްޓެމްބަރ 2019   

02 ސެޕްޓެންބަރު 2019