ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު
މި އޮފީހުގެ ވަޒީފާއަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ދަންނަވަމެވެ. މި އޮފީހުގެ ވަޒީފާއަށް ބޭނުންވަނީ މަސައްކަތަށް ޝައުޤުވެރިކަންހުރި، ޤާބިލު މީހުންނެވެ.
މިވަގުތު މިއޮފީހުގައި ހުރި ހުސް މަގާމު:
1. މަގާމުގެ ނަން |
ސްޕެޝަލް ސަޕޯޓް އެސިސްޓެންޓް |
ރޭންކް: |
އެސް.އެސް 3 |
އޮފީސް/ ސެކްރެޓޭރިއެޓް/ ޔުނިޓް: |
ކޯޕަރޭޓް ސަރވިސް އޮފީސް/ ފައިނޭންސް އެންޑް މެއިންޓެނަންސް |
ބޭނުންވާ އަދަދު: |
1 (އެކެއް) |
އަސާސީ މުސާރަ: |
-/3,875 ރުފިޔާ |
ސަރވިސް އެލަވަންސް: |
-/1,000 ރުފިޔާ |
ޚާއްޞަ އެލަވަންސް: |
1,743/75 ރުފިޔާ (އަސާސީ މުސާރައިގެ %45) |
ލިވިންގ އެލަވަންސް: |
-/2,500 ރުފިޔާ |
އޮގްޒިލަރީ ސަރވިސް އެލަވަންސް: |
-/700 ރުފިޔާ |
މަގާމުގެ ޝަރުޠު:
|
- މަގާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، މަގާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 1 (ސެޓްފިކެޓް 1) ގެ ސަނަދެއް ހާސިލުކޮށްފައިވުން، ނުވަތަ، - މަގާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ ޤާބިލްކަން ސާބިތުކޮށްދިނުމާއެކު، މަގާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 3 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. - މީގެ އިތުރުން، މިމަގާމަށް މީހަކު ހޮވުމުގައި ފުޑް އެންޑް ބެވެރޭޖް ދާއިރާގައި އުޅެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ. |
މަގާމުގެ މައިގަނޑު މަސްއޫލިއްޔަތުތައް: |
- ޕޭންޓްރީގައި ކުރަންޖެހޭ މަސައްކަތްތައް ކުރުން. |
ހުށަހަޅަންޖެހޭ ތަކެތި: |
|
އިތުރު މަޢުލޫމާތު : |
މި މަގާމަށް ޝަރުޠު ފުރިހަމަވާ މީހުން، މަތީގައި ބަޔާންކޮށްފައިވާ ލިޔުންތައް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވަޒީފާއަށް އެދޭ މީހުން ފުރިހަމަކުރާ މަޢުލޫމާތު ފޯމާއެކު، 8 ސެޕްޓެންބަރު 2019 ވާ އާދިއްތަ ދުވަހުގެ 14:00 ގެ ކުރިން، މި އޮފީހުގެ ރިސެޕްޝަން ކައުންޓަރަށް ހުށަހެޅުން އެދެމެވެ. މި މަގާމަށް އިންޓަރވިއު ކުރެވޭނީ، މަގާމުގެ ޝަރުޠު ހަމަވެ، ޝޯޓް ލިސްޓް ކުރެވޭ ފަރާތްތަކާއެވެ. އަދި އިންޓަރވިއުއަށް ޝޯޓް ލިސްޓު ކުރެވޭ ފަރާތްތައް ފިޔަވައި އެހެން ފަރާތްތަކަށް، މަގާމަށް ހޮވިފައިނުވާކަމުގެ ސިޓީ ނުފޮނުވޭނެކަމުގައިވެސް ދެންނެވީމެވެ. ވަޒީފާއަށް އެދި ފޯމު ހުށަހަޅާއިރު އެދުނު މަގާމުގެ ނަމާއި އޮފީސް/ ސެކްރެޓޭރިއެޓް/ ޔުނިޓް ސާފުކޮށް އެނގޭގޮތަށް ޖެއްސެވުން އެދެމެވެ. "ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވަޒީފާއަށް އެދޭ މީހުން ފުރިހަމަކުރާ މަޢުލޫމާތު ފޯމު" މި އޮފީހުގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ. އަދި މިއޮފީހުގެ ރިސެޕްޝަން ކައުންޓަރުންވެސް ފޯމު ލިބެންހުންނާނެއެވެ. މި އޮފީހުގެ ވެބްސައިޓްގެ އެޑްރެހަކީ www.presidencymaldives.gov.mv އެވެ. |