މަސައްކަތް
ނަންބަރު: (IUL)254/254/2019/28
ޕަބްލިޝްކުރި ތާރީޚް: 02 ސެޕްޓެންބަރު 2019
ޕަބްލިޝްކުރި ގަޑި: 11:55
ސުންގަޑި: 17 ސެޕްޓެންބަރު 2019 13:00
ތިލަދުންމަތީ އުތުރުބުރީ ތަކަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފުޓްސަލް ދަނޑުގެ ނުނިމިހުރި މަސައްކަތް ކުރުމާއި ގުޅޭ

                                                              ނަމްބަރ: 254/254/2019/28(IUL) 

އިޢުލާން

 

ފުޓްސަލް ދަނޑުގެ ނުނިމިހުރި މަސައްކަތް ކުރުމާއި ގުޅޭ

 

މިރަށުގައި ޤާއިމް ކުރުމަށް ހަމަޖެހިފައިވާ ފުޓްސަލް ދަނޑުގެ ނުނިމިހުރި މަސައްކަތް ކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ. މިކަމަށް ޝައުޤުވެރިވެލައްވާ ކުންފުނި އަދި ފަރުދުންގެ ވިޔާފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް މަޢުލޫމާތު ސާފުކޮށް ދިނުމުގެ ޕްރީބިޑް ބައްދަލުވުން 17 ސެޕްޓެމްބަރ 2019 ވާ އަންގާރަ ދުވަހުގެ 13:00 ގައި މިކައުންސިލް އިދާރާގައި އޮންނާނެއެވެ.

 މަޢުލޫމާތު ސާފުކުރި ފަރާތްތަކަށް  އަންދާސީ ހިސާބު ހުށައަޅާ ފޯމު ދޫކުރެވޭނެއެވެ.  އަންދާސީ ހިސާބު ހުށައަޅާ ފަރާތް ތަކުން ފޯމް ސިޓީ އުރާގައި ބަންދު ކުރެއްވުމަށްފަހު 24 ސެޕްޓެމްބަރ 2019 ވާ އާދިއްތަ ދުވަހު 13:00  އަށް މިއިދާރާއަށް ވަޑައިގެން އަންދާސީ ހިސާބު ހުށައެޅުން އެދެމެވެ. އަންދާސީ ހިސާބު ހުށައަޅާ ފަރާތް ތަކުގެ ފޯމް ކެނޑުން ހުށައަޅާ ފަރާތް ތަކުގެ ޙާޟިރުގައި އޮންނާނެވެ.

މަސައްކަތް ކުރަންއެދޭ ފަރާތުން ބަދަލުގައި މީހަކު ފޮނުވާނަމަ ފޮނުވާ ފަރާތުގެ ނަމާއި އެޑްރެސް އަދި އައިޑީ ކާޑް ނަންބަރު ޖައްސަވާ  ސިޓީ އާއި އެކު އައިޑީ ހިއްޕަވައިގެން ޙާޟިރުވުމަށް ދަންނަވަމެވެ.

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރުމަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅާ އަންދާސީ ހިސާބު  ބަލައެއް ނުގަނެވޭނެއެވެ.

02 ސެޕްޓެންބަރު 2019