ދިވެހިރާއްޖެ
"ބަލްބް ކްރަޝަރ" އެއް ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުމަށް (ދެވަނަ އިއުލާން)
އަންދާސީ ހިސާބު ހުށަހެޅުއްވުމުގެ ދަޢުވަތު
"ސްޓްރެންތެނިންގ ލޯ ކާބަން އެނަރޖީ އައިލެންޑް ސްޓްރެޓެޖީސް" މަޝްރޫޢުއަކީ މި މިނިސްޓްރީއާއި އ.ދ ގެ ތިމާވެއްޓާއިބެހޭ ޖަމްޢިއްޔާ ޔުނައިޓެޑް ނޭޝަންސް އެންވަޔަރަންމަންޓް ޕްރޮގްރާމް (ޔޫ އެން އެންވަޔަރަންމަންޓް) ގުޅިގެން ގްލޯބަލް އެންވަޔަރަންމަންޓް ފެސިލިޓީ (ޖީ.އީ.އެފް) ގެ އެހީގެ ދަށުން، ކުރިއަށް ގެންދާ މަޝްރޫޢުއެކެވެ. މި މަޝްރޫޢުގެ މައިގަނޑު ބޭނުމަކީ، އިމާރާތްތަކުން ޖައްވަށްބޭރުކުރެވޭ ވިހަގޭސް (ގްރީންހައުސް ގޭސް) މަދުކޮށް މި ދާއިރާއިން ހަކަތަ އިސްރާފުކުރުން މަދުކުރުމާއި އަދި ތިމާވެއްޓައި ރައްޓެހިގޮތުގައި ހަކަތަ ބޭނުންކުރުން އިތުރުކުރުމެވެ. މިގޮތުން މިކަމާގުޅުންހުރި ސިޔާސަތުތަކާއި މިންގަނޑުތައް އެކުލަވާލުން ވެސް މި މަޝްރޫޢުގެ މަޤްސަދުތަކުގެ ތެރޭގައި ހިމެނެއެވެ.
މި މަޝްރޫޢުގެ ދަށުން ރައްކާތެރިކާމާއެކު ބޮކިނައްތާލުމަށް "ބަލްބް ކްރަޝަރ" އެއް ހޯދުމަށް ބޭނުންވާތީ، އެކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ބީލަން ހުށައެޅުމަށް ފުރުސަތު ހުޅުވާލަމެވެ.
މިގޮތުން މިމަސައްކަތަށް ޝައުޤުވެރިވާ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު IUL)438-CCD/438/2019/205) އިއުލާނާއި ގުޅިގެން އެކަށީގެންވާ ތަރުހީބެއް ލިބިފައިނުވާތީ، އެއިއުލާން ބާތިލްކޮށް އަލުން މިމަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.
މި މަސައްކަތުގެ "މައުލޫމާތު ޝީޓު" މި އިޢުލާނާއެކު ޑައުންލޯޑް ކުރެވޭގޮތަށް އެޓޭޗް ކޮށްފައިވާނެއެވެ. އަދި މި މިނިސްޓްރީގެ ވެބްސައިޓް www.environment.gov.mv އިން ޑައުންލޯޑް ކުރެވެންވެސް ހުންނާނެއެވެ.
ބީލަން ކާމިޔާބުކުރާ ފަރާތެއް ހޮވުމުގައި ބަލާނީ، މައުލޫމާތު ޝީޓްގައި ދެވިފައިވާ މިންގަނޑުތަކަށެވެ.
މަޢުލޫމާތު ސާފުކުރުން
މި މަސައްކަތާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ، އީ-މެއިލް ކުރައްވާނީ 05 ސެޕްޓެމްބަރު 2019 2019 ވާ ބުރާސްފަތި ދުވަހުގެ 00:00 ގެ ކުރިން، ތިރީގައިވާ އީ-މެއިލް އެޑްރެހަށެވެ. އަދި އިސްވެދެންނެވުނު ސުންގަޑި ހަމަވުމުގެ ކުރިން ހުށަހެޅޭ ސުވާލުތަކުގެ ޖަވާބުތައް މިނިސްޓްރީގެ ވެބްސައިޓް (www.environment.gov.mv) މެދުވެރިކޮށް 10 ސެޕްޓެމްބަރު 2019 ވާ އަންގާރަ ދުވަހު އެރުވޭނެއެވެ.
ބީލަން ހުށަހެޅުން
ބީލަން ހުށަހަޅުއްވާނީ 15 ސެޕްޓެމްބަރު 2019 2019 ވާ (އާދިއްތަ) ދުވަހުގެ 10:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަޤުތު އަދި ބީލަން ހުށަހަޅާފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ. ގަޑިޖެހުމަށްފަހު ހުށައަޅާ ބީލަންތަކާއި ކުރިންދެންނެވުނު ކަންތައްތައް ފުރިހަމަނުވާ ބީލަންތައް ބަލައިނުގަނެ އަނބުރާ ރައްދު ކުރެވޭނެއެވެ
ބީލަން ވެލިޑިޓީ އަދި ބީލަން ހުޅުވުން
ބިޑު ހުޅުވުމަށް ހަމަޖެހިފައިވަނީ 15 ސެޕްޓެމްބަރު 2019 2019 ވާ (އާދިއްތަ) ދުވަހުގެ 10:15 ގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓްގައި މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ހާޒިރުގައެވެ. ބީލަމުގެ މުއްދަތުގެ ގޮތުގައި ބިޑް ހުށަހަޅާ ތާރީޚުން ފެށިގެން 60 ދުވަސް އޮންނަންވާނެއެވެ.
އަންދާސީ ހިސާބު ހުށަހަޅުއްވަން ވާނީ ތިރީގައި މިދަންނަވާ ގޮތަށް އެޑްރެސް ކޮށްފައެވެ.
“Do not Open Before 15th September 2019 at 1015 – Procurement of a bulb crusher for proper and safe disposal and management of light bulbs” and the submitting party’s name and address
Procurement Section
Ministry of Environment
Green Building, Handhuvaree Hingun, Maafannu
Male’, 20392, Republic of Maldives
Email: [email protected]
Website: www.environment.gov.mv
(Project name: Strengthening Low Carbon Energy Island Strategies (LCEI
Announcement number: (IUL)438-CCD/438/2019/237
ނޯޓް:
މަޢުލޫމާތު ފުރިހަމަނޫން ބިޑުތައް ބާތިލުކުރުމުގެ ފުރިހަމަ އިޚްތިޔާރު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓަށް ލިބިގެންވެއެވެ. އަދި ބިޑު ކޮންމެ ވަގުތެއްގައިވެސް ބާތިލުކުރުމުގެ އިޚްތިޔާރު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓްއަށް ލިބިގެންވެއެވެ.