މަސައްކަތް
ނަންބަރު: (IUL)438-ENV/438/2019/239
ޕަބްލިޝްކުރި ތާރީޚް: 01 ސެޕްޓެންބަރު 2019
ޕަބްލިޝްކުރި ގަޑި: 14:47
ސުންގަޑި: 08 ސެޕްޓެންބަރު 2019 12:00
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް
ދިވެހިރާއްޖެ
"މޮންޓްރިއަލް ޕްރޮޓޮކޯލް އޮން ސަބްސްޓަންސަސް ދެޓް ޑިޕްލީޓް ދަ އޯޒޯން ލޭޔަރ" އާއި "ކޮންވެންޝަން އޮން ބައޮލޮޖިކަލް ޑައިވާސިޓީ" ގެ ދަށުން އެކުލަވާލާފައިވާ "ކާޓަހޭނާ ޕްރޮޓޮކޯލް އޮން ބައޯސޭފްޓީ" އަދި "ނަގޯޔާ ޕްރޮޓޮކޯލް އޮން އެކްސެސް އެންޑް ބެނެފިޓް ޝެއަރިންގ" ގެ ޤާނޫނީ މަސައްކަތްތައް ކުރުމަށް "ލީގަލް އެކްސްޕާޓެއް" ހޯދުން ( ދެވަނަ އިއުލާން)

ޕްރޮޕޯޒްލް ހުށަހެޅުއްވުމުގެ ދަޢުވަތު

މި މިނިސްޓްރީގެ ނަންބަރު IUL)438-ENV/438/2019/203) އިޢުލާނަށް އެކަށީގެންވާ ތަރުހީބު ލިބިފައިނުވާތީ އެ އިޢުލާން ބާތިލްކޮށް އަލުން އިޢުލާން ކުރީމެވެ.

ދިވެހިރާއްޖެއިން ބައިވެރިވެރިވެފައިވާ ބައިނަލްއަޤްވާމީ މުޢާޙަދާތަކެއްކަމަށްވާ "މޮންޓްރިއަލް ޕްރޮޓޮކޯލް އޮން ސަބްސްޓަންސަސް ދެޓް ޑިޕްލީޓް ދަ އޯޒޯން ލޭޔަރ" އާއި "ކޮންވެންޝަން އޮން ބައޮލޮޖިކަލް ޑައިވާސިޓީ" ގެ ދަށުން އެކުލަވާލާފައިވާ "ކާޓަހޭނާ ޕްރޮޓޮކޯލް އޮން ބައޯސޭފްޓީ" އަދި "ނަގޯޔާ ޕްރޮޓޮކޯލް އޮން އެކްސެސް އެންޑް ބެނެފިޓް ޝެއަރިންގ" ގެ ޤާނޫނީ މަސައްކަތްތައް ކުރުމަށް "ލީގަލް އެކްސްޕާޓެއް" ބޭނުންވެއެވެ. ވީމާ، މިމަސައްކަތަށް ޕްރޮޕޯޒަލް ހުށަހެޅުމުގެ ދަޢުވަތު ހުޅުވާލަމެވެ. 

މި މިސައްކަތުގެ "ޓާމްސް އޮފް ރެފަރެންސް" މި އިޢުލާނާއެކު ޑައުންލޯޑް ކުރެވޭގޮތަށް އެޓޭޗް ކޮށްފައި ހުންނާނެއެވެ. އަދި މި މިނިސްޓްރީގެ ވެބްސައިޓް www.environment.gov.mv އިން ޑައުންލޯޑް ކުރެވެންވެސް ހުންނާނެއެވެ. މިކަމާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު އޮޅުން ފިލުވުމަށް ބޭނުން ވެއްޖެނަމަ ލިޔުމުން މި މިނިސްޓްރީއަށް ހުށަހެޅުއްވުން އެދެމެވެ. 

ޕްރޮޕޯޒަލްގެ ވެލިޑިޓީ އަދި ޕްރޮޕޯޒަލް ހުޅުވުން

ބިޑު ހުޅުވުމަށް ހަމަޖެހިފައިވަނީ 8 ސެޕްޓެމްބަރ 2019 ވާ އާދީއްތަ ދުވަހުގެ 1200 ގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓްގައި މި މަސައްކަތަށް ޕްރޮޕޯޒަލް ހުށަހަޅުއްވާ ފަރާތްތަކުގެ ހާޒިރުގައެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ޕްރޮޕޯޒަލްތައް ބަލައިނުގަނެ އަނބުރާ ރައްދު ކުރެވޭނެއެވެ. ޕްރޮޕޯޒަލް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ޕްރޮޕޯޒަލްއަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަގުތު އަދި ޕްރޮޕޯޒަލް ހުށަހަޅުއްވާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ. 

އަންދާސީ ހިސާބު ހުށަހަޅުއްވަން ވާނީ ތިރީގައި މިދަންނަވާ ގޮތަށް އެޑްރެސް ކޮށްފައެވެ.

ޕްރޮކިޔުމަންޓް ޔުނިޓް،

މިނިސްޓްރީ އޮފް އެންވަޔަރަމަންޓް،

ހަނދުވަރީ ހިނގުން، މާފަންނު، މާލެ، 20392، ދިވެހިރާއްޖެ.

އީމެއިލް: [email protected]

ވެބްސައިޓް: www.environment.gov.mv

ދިވެހިރާއްޖެއިން ބައިވެރިވެރިވެފައިވާ ބައިނަލްއަޤްވާމީ މުޢާޙަދާތަކެއްކަމަށްވާ "މޮންޓްރިއަލް ޕްރޮޓޮކޯލް އޮން ސަބްސްޓަންސަސް ދެޓް ޑިޕްލީޓް ދަ އޯޒޯން ލޭޔަރ" އާއި "ކޮންވެންޝަން އޮން ބައޮލޮޖިކަލް ޑައިވާސިޓީ" ގެ ދަށުން އެކުލަވާލާފައިވާ "ކާޓަހޭނާ ޕްރޮޓޮކޯލް އޮން ބައޯސޭފްޓީ" އަދި "ނަގޯޔާ ޕްރޮޓޮކޯލް އޮން އެކްސެސް އެންޑް ބެނެފިޓް ޝެއަރިންގ" ގެ ޤާނޫނީ މަސައްކަތްތައް ކުރުމަށް "ލީގަލް އެކްސްޕާޓެއް" ބޭނުންވެއެވެ. ވީމާ، މިމަސައްކަތަށް ޕްރޮޕޯޒަލް ހުށަހެޅުމުގެ ދަޢުވަތު ހުޅުވާލަމެވެ.

އިޢުލާނު ނަންބަރު: IUL)438-ENV/438/2019/239) 

 ނޯޓް:

މަޢުލޫމާތު ފުރިހަމަނޫން ބިޑުތައް ބާތިލުކުރުމުގެ ފުރިހަމަ އިޚްތިޔާރު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް ލިބިގެންވެއެވެ. އަދި ބިޑު ކޮންމެ ވަގުތެއްގައިވެސް ބާތިލުކުރުމުގެ އިޚްތިޔާރު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓްއަށް ލިބިގެންވެއެވެ.

01 ސެޕްޓެންބަރު 2019