ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)23-ES/23/2019/315
ޕަބްލިޝްކުރި ތާރީޚް: 31 އޮގަސްޓް 2019
ޕަބްލިޝްކުރި ގަޑި: 18:06
ސުންގަޑި: 10 ސެޕްޓެންބަރު 2019 13:30
މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް، ލ. ގަން ރީޖަނަލް ހޮސްޕިޓަލް، ޑރ. ޢަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލް، ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ހައުސްކީޕަރ މަގާމަށް މީހުން ހޯދުމާގުޅޭ

 

އިޢުލާން

މަޤާމު

ހައުސްކީޕަރ

ބޭނުންވާ އަދަދު

01 (އެކެއް) – ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް

މަޤާމުގެ ނަންބަރު

J-312769

ބޭނުންވާ އަދަދު

02 (ދޭއް) – ލ. ގަން ރީޖަނަލް ހޮސްޕިޓަލް

މަޤާމުގެ ނަންބަރު

J-312146,J-312145

ބޭނުންވާ އަދަދު

02 (ދޭއް) – ޑރ. ޢަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލް

މަޤާމުގެ ނަންބަރު

J-311468,J-311469

ބޭނުންވާ އަދަދު

01 (އެކެއް) – ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް 

މަޤާމުގެ ނަންބަރު

J-313485

މަޤާމުގެ ގިންތި

ދާއިމީ

މަޤާމުގެ ރޭންކް

އެސް. އެސް. 4

މަޤާމުގެ ކްލެސިފިކޭޝަން

ސަޕޯޓް ސްޓާފް ގްރޭޑް 4

ޑިވިޝަން / ސެކްޝަން

އެޑްމިނިސްޓްރޭޓިވް ސެކްޝަން

ޔުނިޓް

ޖެނެރަލް އެޑްމިން

ވަޒީފާ އަދާކުރަންޖެހޭ ތަން

ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް، ލ. ގަން ރީޖަނަލް ހޮސްޕިޓަލް، ޑރ. ޢަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލް، ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް 

މުސާރަ

-/4340 ރުފިޔާ

ސަރވިސް އެލަވަންސް

-/1000 ރުފިޔާ

އެހެނިހެން އެލަވަންސް

  1. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  2. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާއާއި އެހެނިހެން އިނާޔަތްތައް
  3. ހަމަޖެހިފައިވާ އުސޫލުން ރިސްކް އެލަވަންސް
  4. ސަޕޯޓިންގ ކޯ އެލަވަންސް 2 ގެ ގޮތުގައި މަހަކު -/1200ރުފިޔާ އެވެ.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް

ހޮސްޕިޓަލާއި ހޮސްޕިޓަލުގެ ގޯތިތެރެއާއި، މަގުމަތިތަކުގެ އާއްމުސާފުތާހިރުކަން ބެލެހެއްޓުމާއި ،ރަގަޅުކުރަންޖެހޭ ކަންތައްތައް ރަގަޅުކުރުވުން

 

ހޮސްޕިޓަލުގެ ހުރިހާ އިމާރާތްތަކާއި ދޮރުތަކާއި،ދޮރުފަތްތަކުގެ ސާފުތާހިރުކަން ބަލާ ސްޕަވައިޒްކުރުމާއި، ޢާއްމުކޮށް ބޭނުންކުރެވޭތަކެތީގެ ސާފުތާހިރުކަމާއި،ބެލެހެއްޓުމާއި ރަގަޅުކުރަންޖެހޭ ކަންތައް ރަގަޅު ކުރުވުން

 

ހޮސްޕިޓަލުގައިހުރި އިމާރާތްތަކުގެ ފުރާޅުތައް ސާފުކުރުވުމާއި، ވާރޭފެން ނެގޭނެ އިންތިޒާމު ހަމަޖެއްސުން

 

ލޯންޑްރީ ސާރވިސް ބެލެހެއްޓުމާއި ހޮސްޕިޓަލަށް ދަތިނުވާގޮތަށް އެމަސައްކަތް ރާވާހިންގުން.

 

ހޮސްޕިޓަލުގެ ގޯތިތެރޭގައި އިންދާފައިވާ ގަސްތަކަށް ފެންދިނުމުގެ ކަންތައް ބެލެހެއްޓުމާއި ،ގަސްތައްކޮށުވާ، އަދިގަސްއިންދުމުގެ މަސައްކަތް ކުރުވުން

 

ހޮސްޕިޓަލަށް ތަންތަން ކުއްޔަށްހިފާ ހާލަތްތަކުގައި އެތަންތަނުގެ ކަންތައްތައް ބެލެހެއްޓުން.

 

ހޮސްޕިޓަލުގެ ރެސިޑެންސް އިމާރާތުގައި ތިއްބަވާ ޑޮކްޓަރުންނާއި އެހެނިހެން މުވައްޒަފުން ބަދަލުވާއިރު، އެތަންތަން ޗެކްކޮށްމަދުވާ ތަކެތި ހަމަކުރުމާއި އެތަންސާފުކުރުވުން.

 

ހޮސްޕިޓަލުގައި މަސައްކަތްކުރުމަށް އަންނަ  ބިދޭސީމުވައްޒަފުންގެ އެކަމަޑޭޝަންކަންތައް ހަމަޖެއްސުމުގައި އެހީތެރިވުން

 

ޗުއްޓީގައާއި، އެހެނިހެން ބޭނުންތަކުގައި މާލެއިން އަންނަފަރާތްތައް ހޮސްޕިޓަލަށް ގެނައުމާ، އެބުރިމާލެދުރުވާފަރާތްތަށް މާލެ ފުރުވުމުގެ ކަންތައްތައް ހަމަޖެއްސުން.

 

ހޮސްޕިޓަލަށް ޒިޔާރަތްކުރާ މީހުންނާއި، ޓީމްތަކުގެ އެކަމަޑޭޝަން އަދި ފަރިއްކޮޅު ކަންތައްތައްއޮފީހުގެ މަޝްވަރާގެމަތިން ހަމަޖެއްސުން.

މުވައްޒަފަކު ޗުއްޓީނަގާ ޙާލަތުގައި ޙަވާލުކުރެވޭ އެމުވައްޒަފެއްގެ މަސައްކަތްކުރުން

މަޤާމުގެ ޝަރުތުތައް

ގްރޭޑް 7 ނިންމާފައިވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

ގުޅޭ ވަޒީފާގެ ދާއިރާތައް

ފޮޅާސާފުކުރުން

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި މި މިނިސްޓްރީގެ www.health.gov.mv  ވެބްސައިޓުންނާއި ކައުންޓަރުން ލިބެންހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

(ށ)  މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

6.ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.

7.ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓުފިކެޓްގެ ކޮޕީ.

8.މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)  އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

މި މިނިސްޓްރީގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ  10 ސެޕްޓެމްބަރު 2019 ވަނަ ދުވަހުގެ 13:30 ގެ ކުރިން، މަސައްކަތް ކުރުމަށް ބޭނުންވާ ހޮސްޕިޓަލަކަށެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

އިންޓަރވިއު،އޮންނާނެ ތަނާއި، މުއްދަތު

މިމަގާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު، އޮންނާނީ، 2019 ވަނަ އަހަރުގެ ސެޕްޓެމްބަރު އަދި އޮކްޓޯބަރު މަހުގެ 15 ގެ ކުރިން އެދިލައްވާފައިވާ ހޮސްޕިޓަލެއްގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަރވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

ޝޯޓް ލިސްޓް ކުރުން

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތްތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު

މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނީ ވަޒީފާއަކަށް ކުރިމަތިލައްވާފައިވާ ހޮސްޕިޓަލުގެ ތިރީގައި މިދަންނަވާ ނަންބަރަށެވެ.

ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލް - 6580029

 ލ. ގަން ރީޖަނަލް ހޮސްޕިޓަލް - 6800026

 ޑރ. ޢަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލް - 6841977

 ހދ. ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް - 6521661

 

                              

 

 

 

31 އޮގަސްޓް 2019