ދިވެހިރާއްޖެ
ނަންބަރ: (IUL)267/267/2019/33
އިޢުލާން
ކުމުންދޫ ބަނދަރު ސަރަޙައްދުން ތެޔޮ ވިއްކުމަށް ބިން ކުއްޔަށް ދޫކުރުން:
ކުމުންދޫ ބަނދަރު ސަރަޙައްދުން ތެޔޮވިއްކުމަށް 15 އަހަރުދުވަހުގެ މުއްދަތަށް 1 ބިން ކުއްޔައްދޫކުރުމަށް ހުޅުވާލަމެވެ.
ވީމާ، މި ބިން ކުއްޔަށް ހިފުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 12 ސެޕްޓެމްބަރ 2019 ވަނަ ދުވަހުގެ 11:00 އަށް ކުމުންދޫ ކައުންސިލް އިދާރާ އަށް ދުރުވެ ޕްރޮޕޯޒަލް ހުށަހެޅުއްވުން އެދެމެވެ.
ބިމުގެ މަޢުލޫމާތު:-
# |
ބިން އޮތް ސަރަޙައްދު |
ބިމުގެ ބާވަތް |
ބިމުގެ ބޮޑުމިން |
ބިމުގެ އަދަދު |
ދޫކުރެވޭ އެންމެ ކުޑަކުލި |
1 |
ހދ.ކުމުންދޫ ބަނދަރު އިރުމަތީ ފަރާތުން |
ތެޔޮވިއްކާ |
1500 އަކަފޫޓު |
01 |
އަކަފޫޓަކަށް މަހަކު 60/- ލާރި |
ބިން ތަރައްޤީކުރުން:
ބިން ލިބިއްޖެނަމަ، އެ ބިން ތަރައްޤީކޮށް ވިޔަފާރި ފަށާނެ ތާރީޚެއް އަންދާޒާކޮށް ޕްރޮޕޯޒަލްގައި ހިމަނަންވާނެއެވެ.
ބިން ކުއްޔަށް ހިފާ ފަރާތުން، އިޖުތިމާޢީގޮތުން ކޮށްދޭނެ ކަންތައްތައް
ބިން ކުއްޔަށް ހިފާ ފަރާތުން ރަށުގެ އިޖުތިމާޢީކަންކަމަށް އަހަރަކު ކުރާނެ ކަންކަން ޕްރޮޕޯޒަލްގައި ހިމަނަންވާނެއެވެ.
ބިން ކުއްޔަށް ހިފުމަށް ހުށަހަޅާ ކުލި:
ބިން ކުއްޔަށް ހިފާ ފަރާތުން ހުށަހަޅާ އެންމެ ބޮޑު ކުލި ޕްރޮޕޯޒަލްގައި ހިމަނަންވާނެއެވެ.
ޕްރޮޕޯޒަލާއެކު ހުށަހަޅަންޖެހޭ ލިޔުންތައް:
ބިން ކުއްޔަށް ހިފުމަށް އެދި ތައްޔާރުކޮށްފައިވާ ޕްރޮޕޯޒަލް
ކުންފުއްޏަކުން ނުވަތަ ލޯކަލް އިންވެސްޓުމެންޓަކުން ޕްރޮޕޯޒަލް ހުށަހަޅާނަމަ، ކުންފުނީގެ ނުވަތަ ލޯކަލް އިންވެސްޓުމެންޓުގެ ރަޖިސްޓަރީގެ ކޮޕީއާއި، އަހަރީ ފީ ދައްކާފައިވާ ރަސީދުގެ ކޮޕީ ހުށަހަޅަންވާނެއެވެ.
މާކުސް ދެވޭގޮތުގެ ތަފުސީލު:
މާކުސް ދެވޭނެ ކްރައިޓީރިއާ |
މާކުސް ދެވޭގޮތް |
ތަފުސީލު |
ހުށަހަޅާ މަހުކުއްޔަށް |
% 50 |
|
ބިން ތަރައްޤީކޮށް ވިޔަފާރި ފެށުމަށް ހުށަހަޅާ ގޮތަށް |
% 20 |
|
އިޖުތިމާޢީ ކަންކަމަށްކުރާ ޚަރަދަށް |
% 30 |
|
29 އޯގަސްޓް 2019