ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)459-HR/1/2019/176
ޕަބްލިޝްކުރި ތާރީޚް: 29 އޮގަސްޓް 2019
ޕަބްލިޝްކުރި ގަޑި: 10:15
ސުންގަޑި: 09 ސެޕްޓެންބަރު 2019 13:30
މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް
ދިވެހިރާއްޖެ
އެސިސްޓަންޓް ސޯޝަލް ސަރވިސް ވޯކަރ

އިޢުލާން

މި މިނިސްޓްރީއާއި މި މިނިސްޓްރީގެ ދަށުން ހިނގަމުންދާ އޮފީސްތަކުގައި މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ކިޔަމެވެ. މި ވަޒީފާއަށް ބޭނުންވަނީ، މަސައްކަތަށް ޝައުޤުވެރިކަން ހުރި، ޤާބިލް މީހެކެވެ.  

މަޤާމް:

އެސިސްޓަންޓް ސޯޝަލް ސަރވިސް ވޯކަރ

މަޤާމުގެ ނަންބަރު:

J-251284

ބޭނުންވާ އަދަދު:

01 (އެކެއް)

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކް:

ޖީ. އެސް. 4

މަޤާމުގެ ކްލެސިފިކޭޝަން:

އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 2

ވަޒީފާ އަދާކުރަން ޖެހޭ ތަން:

މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް، މާލެ

ޑިވިޜަން/ސެކްޝަން:

ސޯޝަލް ސަރވިސް ޑިޕާޓްމަންޓް

މުސާރަ:

-/5020 ރުފިޔާ

ސަރވިސް އެލެވަންސް:

-/1500 ރުފިޔާ

އެހެނިހެން އެލަވަންސް:

  • -/700 ރުފިޔާ (ސަޕޯޓިންގ ކޯ އެލަވެންސް 2 )
  • ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.
  • ސްޕެޝަލް ޑިއުޓީ އެލަވެންސްގެ ގޮތުގައި މުސާރައިގެ %35.
  • ހަމަޖެހިފައިވާ އުޞޫލުން ރިސްކް އެލެވަންސް ފައިސާ.
  •  

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  • ކުޑަކުދިންނާއި، އަންހެނުންނާއި، ހާއްސަ އެހީއަށް ބޭނުންވާ މީހުންނާއި، އުމުރުން ދުވަސްވީ މީހުންނާއި އަދި އާއިލާތަކުގެ ޙައްޤަކަށް އުނިކަމެއް ލިބިގެން މިނިސްޓްރީއަށް ފޯނުންނާއި، ސިޓީންނާއި، މިނިސްޓްރީއަށް ހާޟިރުވެ ނުވަތަ މިނޫންވެސް އެހެން ގޮތަކުން ހުށަހަޅާ މައްސަލަތަށް ބަލައިގަނެ މައްސަލަތަކުގައި އަމަލުކުމަށް ހަމަޖެހިފައިވާ އުސޫލްތަކާއި އެއްގޮތްވާ ގޮތުގެ މަތިން އަމަލުކުރުން.
  • މިނިސްޓްރީއަށް ހުށަހެޅޭ މައްސަލަތަކާއި ގުޅޭ ގޮތުން ހޯދަންޖެހޭ މަޢުލޫމާތު ކަމާއި ގުޅުން ހުރި ފަރާތްތަކާއި ގުޅިގެން ހޯދުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތް ކުރުން.
  • ޑިޔުޓީ ޓީމަށް ހުށަހެޅޭ މައްސަލަތަކުގައި ހަމަޖެހިފައިވާ އުސޫލާއި އެއްގޮތްވާ ގޮތުގެ މަތިން ކޮންމެ މައްސަލައަކަށް ހާއްސަ ފައިލެއް ތައްޔާރުކުރުމާއި އެކު އެމައްސަލައާއި ގުޅުން ހުރި ލިޔެކިޔުންތައް ވަކިން ބެލެހެއްޓުމާއި އަދި އެލޮކޭޓްކޮށްގެން މަސައްކަތް ކުރަންޖެހޭ މައްސަލަތަށް ދެނެގަނެ އެލޮކޭޓްކުރުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތް ކުރުން.
  • މިނިސްޓްރީ އަށް ހުށަހަޅޭ މައްސަލަތައް ރިކޯޑް ކޮށް ޑޭޓާބޭސްއަށް ޤަވާއިދުން އެޅުމާއި އެކު ޤަވާއިދުން އަޕްޑޭޓްކުރަމުން ގެންދިޔުން.
  • ޑިޔުޓީ ޓީމަށް ހުށަހެޅޭ އަވަސް މައްސަލަތަކުގައި ސަރުކާރުގެ ކަމާ ބެހޭ ވުޒާރާތަކަށް ޒިޔާރަތް ކުރުމާއި އަދި މައްސަލަތަކާއި ގުޅިގެން ޒިޔާރަތްކުރަންޖެހޭ އެހެނިހެން ތަންތަނަށް ޒިޔާރަތްކޮށް މަޢުލޫމާތު އެއްކުރުމާއި އެކު އަޅަންޖެހޭ ފިޔަވަޅުތައް އެޅުން. ރަސްމީގަޑީގައާއި މިނިސްޓްރީގެ އޮންކޯލްފޯނު ބެލެހެއްޓުމަށް ތައްޔާރުކުރަންޖެހޭ މުވައްޒަފުންގެ ތާވަލް އެކުލަވާލުމާއި އެކު ޤަވާއިދުން މުވައްޒަފުންނާއި ހިއްސާކޮށް ރަސްމީގަޑި ނިމުމުން އޮންކޯލް ފޯނު ހަމަޖެހިފައިވާ އުސޫލާއި އެއްގޮތަށް ބެލެހެއްޓޭތޯ ކަށަވަރުކުރުން.
  • ރަސްމީ އަދި ނުރަސްމީ ގަޑިތަކުގައި އާއި ބަންދުދުވަސްތަކުގައި އޮންކޯލް ޑިއުޓީގައި ތިބުމާއި، ހެލްޕްލައިން 1412 އަދި އޮންކޯލް ފޯންތަކާ ގުޅިގެން މަޢުލޫމާތު ފޯރުކޮށްދޭންޖެހޭ ފަރާތްތަކަށް މަޢުލޫމާތު ވަގުތުން ވަގުތަށް ފޯރުކޮށްދިނުން.
  • ރަސްމީ އަދި ނުރަސްމީ ގަޑިތަކުގައި އާއި ބަންދުދުވަސްތަކުގައި އޮންކޯލް ޑިއުޓީގައި ތިބުމާއި، ހެލްޕްލައިން 1412 އަދި އޮންކޯލް ފޯންތަކާ ގުޅިގެން ދާންޖެހޭ ތަންތަނަށް ވަގުތުން ދިޔުމާއި، އެ ކޯލްތަކާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.
  • ރަސްމީ އަދި ނުރަސްމީ ގަޑިތަކުގައި އާއި ބަންދުދުވަސްތަކުގައި އޮންކޯލް ޑިއުޓީގައި ތިބުމާއި، ހެލްޕްލައިން 1412 އަދި އޮންކޯލް ފޯންތަކަށް ލިބޭ ކޯލްތަކާއި ގުޅިގެން ކަމާގުޅުންހުރި ޑިޕާޓްމަންޓްތަކަށް މައްސަލަ ރިފަރކުރުން.

މަޤާމުގެ ޝަރުޠުތައް:

ކައުންސެލިންގ، ސައިކޮލޮޖީ، ސޯޝަލް ވޯރކް، ސޯޝިއޮލޮޖީ މިއިން ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައިވުން.

މިމަޤާމަށް ހުށަހަޅުއްވާ ފަރާތްތަކުން ސަރުކާރުގެ ކަމާބެހޭ އިދާރާގައި ރަޖިސްޓްރީވެފައިވާ (ސޯޝަލް ސަރވިސް ލައިސަންސް އޮތް) ފަރާތެއް ކަމުގައިވާންވާނެއެވެ. އަދި މުއްދަތު ހަމަނުވާ ލައިސަންސް ހުށަހަޅުއްވަންވާނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން (www.csc.gov.mv) އަދި މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް ގެ ވެބްސައިޓުންނާއި (www.gender.gov.mv) ކައުންޓަރުން ލިބެންހުންނާނެއެވެ.
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

    (ހ)  މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛  ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

    (ށ)  މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

  6. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.
  7. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓުފިކެޓްގެ ކޮޕީ.
  1. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)  އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  • ހާސިލުކޮށްފައިވާ ތަޢުލީމާއި ތަމްރީނަށް ބަލައިގެން.
  • މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.
  • ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަވިއު ކޮށްގެން.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 09 ސެޕްޓެންބަރު 2019 ވާ ހޯމަ ދުވަހުގެ 13:30 ގެ ކުރިން، މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް (ބިއްލޫރިޖެހިގެ، މަޖީދީމަގު) އަށެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 2019 ސެޕްޓެންބަރު މަހު، މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް (ބިއްލޫރިޖެހިގެ، މަޖީދީމަގު) ގައެވެ.

ޝޯޓް ލިސްޓްކުރުން:

 

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ. 

މި ޢިއުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، 3027551 ނަންބަރު ފޯނަށް، ނުވަތަ 3027526 ނަންބަރު ފޯނަށެވެ.

28 ޛުލްޙިއްޖާ 1440ހ

29 އޮގަސްޓް 2019މ

 

29 އޮގަސްޓް 2019