މަސައްކަތް
ނަންބަރު: (IUL)356-B/2019/49
ޕަބްލިޝްކުރި ތާރީޚް: 28 އޮގަސްޓް 2019
ޕަބްލިޝްކުރި ގަޑި: 22:04
ސުންގަޑި: 08 ސެޕްޓެންބަރު 2019 13:00
އަރިއަތޮޅު ދެކުނުބުރީ މާމިގިލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވައްތުނޑި ބީޗްގައި ކުރަންހުރި މަސައްކަތްތައްކޮށްދޭނެ ފަރާތެއްހޯދުން

އދ.މާމިގިލީ ކައުންސިލުން ތަރައްޤީކުރަމުންގެންދާ '' ވައްތުނޑި ބީޗް '' ގައި ތިރީގައި މިދަންނަވާ މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދަންބޭނުންވެއްޖެއެވެ.                                                     1- ފެންވަޅުބެހެއްޓުން           4- ފެންވައިރުއެޅުން                                          2- ކަރަންޓްއެޅުން             5- ބާބަކިޔު ސްޓޭންޑްހެދުން                                        3- ބީޗްވޮލީކޯޓެއްހެދުން          6- ކުލަޔާއި ދަވާދުލުން                                     ވީމާ، މަތީގައި ދެންނެވިފައިވާ މަސައްކަތްތައް ކޮށްދެއްވުމަށް ޝައުޤުވެރިވެ ލައްވާފަރާތް ތަކުން 2019 ސެޕްޓެމްބަރ 03  ވާ އަންގާރަ ދުވަހުގެ 13:00 އަށް މިއިދާރާއަށް ދުރުވެ މަޢުލޫމާތު ސާފު ކުރެއްވުމަށް ފަހު 2019 ސެޕްޓެމްބަރ 8 ވާ އާދީއްތަ ދުވަހުގެ 13:00 ށް އަންދާސީ ހިސާބު ހުށައެޅުއްވުން އެދެމެވެ. އަދި މަޢުލޫމާތު ސާފުކުރައްވަން ވަޑައިގަންނަވާ ކޮންމެ ބޭފުޅަކަށްވެސް ނޯޓުކުރެއްވޭނީ އެއްބޭފުޅެއްގެ ނަމެވެ. މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ނޯޓުކޮށްފައިވާ ފަރާތްތަކުގެ އިތުރުން އެއްވެސް ބޭފުޅަކަށް އަންދާސީހިސާބު ހުށައެޅުމުގެ ފުރުޞަތެއް ނޯންނާނެ އެވެ. މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ނަންނޯޓުކުރެވިފައިވާ ފަރާތަށް އަންދާސީހިސާބު ހުށައެޅުމުގެ ބައްދަލުވުމަށް ޙާޟިރުނުވެވޭނަމަ ބަދަލުގައި އެހެންފަރާތެއް ފޮނުވިދާނެ އެވެ. އެގޮތުން ބަދަލުގައި ފޮނުވާފަރާތުގެ އައިޑީކާޑުގެ ކޮޕީއަކާއިއެކު އަންދާސީހިސާބު ހުށައެޅުމުގެ ފުރުޞަތު އޮންނާނެ ވާހަކަވެސް ދަންނަވަމެވެ. އަދި ކޮމްޕެނީތަކުން ހުށައަޅުއްވާ އަންދާސީ ހިސާބުތަކަށް އިސްކަންދެވޭނެ އެވެ.

      މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ .                            

28 އޮގަސްޓް 2019