ދިވެހިރާއްޖެ
އިޢުލާން ނަންބަރު: AS/IUL/2019/014
މަޤާމް: ސޮފްޓްވެއަރ ޑިވެލޮޕަރ (ޓްރެއިނީ)
ޑިޕާޓްމަންޓް: އިންފޮމޭޝަން ސިސްޓަމް
މަޤާމުގެ ޝަރުތު:
- ޖީ.ސީ.އީ އޯލެވެލް ނުވަތަ އެސް.އެސް.ސީ އިމްތިޙާނުގެ 5 މާއްދާއިން "ސީ" އަށް ވުރެ މަތިން ފާސްވެފައިވުން ނުވަތަ ގުޅޭ ދާއިރާ އަކުން ޑިޕްލޮމާ ފުރިހަމަކޮށް ސެޓުފިކެޓް ހާސިލްކޮށްފައިވުން.
- ސޮޕްޓްވެއަރ ޑިވެލޮޕްްމަންޓް، “PHP” އަދި MySQL އިން މަސައްކަތުގެ ތަޖުރިބާ ހުރި ފަރާތަކަށް ޚާއްސަ ސަމާލުކަމެއްދެވޭނެ.
ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:
- ޑިޒައިން އަދި "ފްރަންޓް އެންޑް/ ބެކް އެންޑް ސޮލިއުޝަންސް" ގެ މަސައްކަތް ކުރުން
- " ސްޓޭޓް އޮފް ދަ އާރޓް" އޮނިގަނޑުތައް ބޭނުންކޮށްގެން އައު "ޔޫ އައި" ފަންކްޝަނަލިޓީގެ މަސައްކަތް ކުރުން
- ފަންކްޝަނަލް "ޔޫ އައި" /"ބެކް އެންޑް" ރިކުއަޔަރމަންޓްސްތައް ބަލައި ފާސްކޮށް، އޭގެ މަޢުލޫމާތު ދެނެގަތުން
- ކުންފުނީގައި ބޭނުން ކުރެވެމެންދާ ޔޫސަރ އިންޓަފޭސްތައް ބަލައި ފާސްކޮށް، ހަރުދަނާ ކުރުން
- ސޮފްޓްވެއެރ ޑިވެލޮޕްމަންޓް ލައިފްސައިކަލް ހަރުދަނާ ކުރުމަށް އެހީތެރިވެ އަދި ޑިވެލޮޕްމަންޓް ޓީމާ ގުޅިގެން މަސައްކަތް ކުރުން
މުސާރަ: -/270 ރުފިޔާ (މަސައްކަތައް ނުކުންނަ ކޮންމެ ދުވަހަކަށް)
ކުރިމަތިލުމުގެ ސުންގަޑި: 2019 ސެޕްޓެންބަރު 8 ވަނަ ދުވަހުގެ 14:00 ގެ ކުރިން.
މި މަޤާމަށް ޝައުޤުވެރިވާ، ޝަރުޠު ފުރިހަމަވާ ފަރާތްތަކުން، ތިރީގައިމިވާ ތަކެތި، އާސަންދަ ކުންފުނީގެ ހެޑް އޮފީސް، ފެން ބިލްޑިންގުގެ 3 ވަނަ ފަންގިފިލާ (އަމީނީމަގު) އަށް ހުށަހެޅުން އެދެމެވެ. އީމެއިލުންނަމަ، [email protected] އަށް ފޮނުވުން އެދެމެވެ.
ހުށަހަޅަންޖެހޭ ތަކެތި:
- ވަޒީފާއަށް އެދޭ ފޯމު.
- ޕާސްޕޯޓް ސައިޒުގެ 01 ފޮޓޯ.
- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
- ސީވީ.
- ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ.
ވަޒީފާއަށް އެދޭ ފޯމު ޑައުންލޯޑްކުރުމަށް:
https://aasandha.mv/dv/downloads/job-application-forms
ޚާއްޞަ ސަމާލުކަމަށް:
- އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ.
- މި ވަޒީފާއަށް އެދިފައިވާ މީހުންގެ އަދަދު ގިނަނަމަ، އިންޓަވިއުކުރާނީ، ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.
އިތުރު މަޢުލޫމާތު:
- އިތުރު މަޢުލޫމާތު ހޯދުމަށް، މި ކުންފުނީގެ 1400 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.