ދިވެހިރާއްޖެ
ނިލަންދެއަތޮޅު އުތުރުބުރީ ފީއަލީ ކައުންސިލްގެ އިދާރާ
ފީއަލީ، ނަންބަރު: (IUL)370-ESMS SC/370/2019/31
ދިވެހިރާއްޖެ.
އިޢުލާން
މިނިސްޓްރީ އޮފް ޑިފެންސްއާއި ފ.ފީއަލީ ކައުންސިލާއި ގުޅިގެން ނިޔަމި ކަމުގެ ކޯސް ( CNC2 Level 2) ހިންގުމާއި ގުޅޭ
މިނިސްޓްރީ އޮފް ޑިފެންސްއާއި ފ.ފީއަލީ ކައުންސިލާއި ގުޅިގެން ނިޔަމިކަމުގެ ކޯސް ( CNC2 Level 2 ) 2019 ސެޕްޓެމްބަރ 11 އިން ފެށިގެން 2019 ސެޕްޓެމްބަރ 16 ގެ ނިޔަލަށް ފ.ފީއަލީގައި ހިންގާ ގޮތަށް ވަނީ ހަމަޖެހިފައެވެ. މިކޯހުގެ ފީއެއްގެގޮތުގައި ނެގުމަށް ހަމަޖެހިފައިވަނީ -/500 ( ފައްސަތޭކަ ) ރުފިޔާއެވެ. މިކޯހުގައި ނަންނޯޓްކުރުން މިއަދުން ފެށިގެން 2019 ސެޕްޓެމްބަރ 05 ވާ ބުރާސްފަތި ދުވަހުގެ އޮފީސް ބަންދު ކުރަންދެން ވަނީ ހުޅުވާލެވިފައެވެ.
ވީމާ، މިކޯހުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން 2019 ސެޕްޓެމްބަރ 05 ވާ ބުރާސްފަތި ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން މިއިދާރާގައި ނަންނޯޓް ކުރެއްވުމަށް ދަންނަވަމެވެ. ނަންނޯޓް ކުރުމަށް ވަޑައިގަންނަވާއިރުގައި މުއްދަތު ހަމަނުވާ އައީޑީ ކާޑްގެ ކޮޕީ ހިފައިގެން ވަޑައިގެއްދެއްވުން އެދެމެވެ. ރަށުން ބޭރުގައިވާ ފަރާތްތަކުން ނަންނޯޓް ކުރެއްވުމަށް ފުރިހަމަ ނަމާއި އަދި މުއްދަތު ހަމަނުވާ އައިޑީ ކާޑްގެ ކޮޕީ 9992798 އަދި 7970804 ވައިބާރ ކުރެވޭނެވާހަކަވެސް ދަންނަވަމެވެ. ކޯހުގައި ބައިވެރިވާން ނަންނޯޓް ކުރާ ފަރާތްތަކުން 2019 ސެޕްޓެމްބަރ 05 ވާ ބުރާސްފަތި ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން ކޯހުގެފީ މިއިދާރާއަށް ދެއްކުމަށް ދަންނަވަމެވެ. މި ކޯހަކީ 30 ( ތިރީސް ) ބޭފުޅުންގެ ޖާގައިގެ ކޯހަކަށް ވާތީވެ އެންމެ ފުރަތަމަ ނަން ނޯޓްކުރާ 30 ބޭފުޅުންނަށް ޖާގަލިބިގެން ދާނެ ވާހަކަވެސް ދަންނަވަމެވެ.
ވީމާ، މިކަން ޢާންމުކޮށް އަންގާ އިޢުލާން ކުރަމެވެ.
27 L1440
28 އޮގަސްޓް 2019
މުޙައްމަދު ޖަލީލް
ކައުންސިލްގެ ރައީސް