ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު ނަންބަރ: IUL)468-HR/468/2019/124) |
|
މަޤާމް |
ފައިނޭންސް އޮފިސަރ |
މަޤާމްގެ ނަންބަރ |
J-291549 |
ބޭނުންވާ ޢަދަދު |
1 (އެކެއް ) |
މަޤާމްގެ ގިންތި |
ދާއިމީ |
މަޤާމްގެ ރޭންކް |
އެމް.އެސް.1 |
މަޤާމްގެ ކްލެސިފިކޭޝަން |
ޓެކްނިކަލް އޮފިސަރ ގްރޭޑް 1 |
ވަޒީފާ އަދާކުރަން ޖެހޭ ތަން |
ފުވައްމުލަކު ސިޓީކައުންސިލްގެ އިދާރާ |
މުސާރަ |
-/5610 ރުފިޔާ |
ސަރވިސް އެލަވެންސް |
-/2000 ރުފިޔާ |
އިތުރު ޢިނާޔަތްތައް |
ސަޕޯޓިންގ ކޯ އެލަވަންސް -/700 ރުފިޔާ |
މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް |
- ކައުންސިލަށް އާމްދަނީ އިތުރުކޮށް އިޤްތިޞާދީ ގޮތުން ކުރިއެރުން ހޯދުމަށް ކުންފުނިތަކާއި ކޯޕަރޭޓިވްސް ތަކުގައި ބައިވެރިވުމުގެ މަސައްކަތް ކުރުން - ސިޓީ ކައުންސިލް އިދާރާއިން ދައުލަތަށް ހުށަހަޅަންޖެހޭ އަހަރީބަޖެޓް ތައްޔާރުކުރުން - ބަޖެޓް ފާސްވުމުން ކައުންސިލަރުންނަށާއި ބަޖެޓް ފޮނުވަންޖެހޭ އިދާރާތަކަށް ފޮނުވުން - ޤާނޫނުގައިވާ ގޮތުގެމަތިން މާލީބަޔާން ތައްޔާރުކޮށް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން - ސިޓީގެ ތަރައްޤީގެ ޕްލޭނަށް ރިޢާޔަތްކޮށް ފައިނޭންޝަލް ޕްލޭން ތައްޔާރުކުރުން - ބަޖެޓް ފާސްކުރުމާއިގުޅޭ މަޝްވަރާބައްދަލުވުންތައް ބޭއްވުމާއި ގެނެވޭ އިޞްލާހުތައް އަޕްޑޭޓްކުރުން - ބަޖެޓް ފާސްކުރުމަށްޓަކައި ކައުންސިލަށް ހުށަހަޅަންޖެހޭ ކަރުދާސް ތައްޔާރުކޮށް ކައުންސިލަށް ހުށަހަޅައި ބަޖެޓް ފާސްކުރުމުގެ އިދާރީ ހުރިހާ މަސައްކަތެއް ކުރުން - މާލީބަޔާން ފާސްކުރުމަށްޓަކައި ކައުންސިލަށް ހުށަހަޅަންޖެހޭ ޕޭޕަރު ތައްޔާރުކޮށް ކައުންސިލަށް ހުށަހެޅުން - ކައުންސިލުން މާލީ ބަޔާން ފާސްވުމުން ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން - އިދާރާގެ ފައިނޭންޝަލް ޕްލޭން އެކުލަވާލުމަށްޓަކައި އަހަރު ދުވަހުގެ އެކްޓިވިޓީ ޕްލޭނުގައި ހިމެނޭ ކަންތައްތައް ތަރައްޤީގެ ޕްލޭނާ އެލައިންކުރުން - ފައިނޭޝަލް ޕްލޭނުގައި ހިމެނޭ އެންމެހާ ކަންތައް އެއިރަކު ރަށުގައި އޮންނަ ރޭޓަކުން އަގުމަގުކޮށް މުޅި ޕްލޭނުގެ ޖުމްލަ ފައިނަލްކުރުން - ސިޓީ ކައުންސިލްގެ އިދާރާގެ މުވައްޒަފުންގެ މުސާރައިގެ ކަންތައް ޤާނޫނާއި ޤަވާއިދުގައިވާ ގޮތުގެ މަތިން ހިންގާ ބެލެހެއްޓުން - ސިޓީ ކައުންސިލަށް ކޮންމެ މަހަކު ލިބެންޖެހޭ ފައިސާގެ ތެރެއިން ނުލިބި ހުންނަ ފައިސާ ހޯދުމަށް ކަނޑައެޅިފައިވާ ޤަވާޢިދުގެ ތެރެއިން އެކި ފަރާތްތަކަށް ފޮނުވަންޖެހޭ ލިޔެ ކިޔުންތައް ފޮނުވައިގެން ފައިސާ ހޯދުން - އިދާރީ ދާއިރާގައި ޤާއިމް ކުރެވިފައިވާ ވަސީލަތްތަކުން ލިބޭ އާމްދަނީން އެއަހަރަކު އިދާރީ ދާއިރާއަށް ދޫކުރުމަށް ފިނޭންސް މިނިސްޓްރީން ކަނޑައަޅާ މިންވަރު ބަލައި ހޯދުން - ބަޖެޓްގައި ހިމެނިފައިނުވާ ޚާއްސަ ކަންތައްތަކަށް ފައިސާ ޚަރަދުކުރަން ޖެހުމުން އެފަދަ މައްސަލަތަކުގެ ޕޭޕަރ ތައްޔާރުކޮށް ކައުންސިލަށް ހުށަހެޅުން |
މަޤާމުގެ ޝަރުޠުތައް: |
|
ހުށަހަޅަންޖެހޭ ލިޔުންތައް |
ފުރިހަމަކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން ލިބެންހުންނާނެއެވެ. ) ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު ( ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭ ގޮތަށް ) ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެގޭ ފަދަ ކޮޕީއެއް. ސިވިލް ސަރވިސްއަށް/ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން. ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓް ތަކުގެ ކޮޕީ: (ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވެލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓް ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ. ( ށ) މަތީ ތައުލީމުދޭ ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓްތަކާއި ޓްރާންސްކްރިޕްޓުގެ ކޮޕީ ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމުގެ ކޮޕީ. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓްފިކެޓްތަކުގެ ކޮޕީ. ސިވިލްސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިހާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓްފިކެޓްގެ ކޮޕީ. މަސައްކަތު ތަޖުރިބާ ގެ ލިޔުންތަކުގެ ކޮޕީ: (ހ) ދައުލަތުގެ މުއައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި، ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްޢިއްޔާ/ ޖަމާއަތެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް. |
ވަޒީފާއަށް އެންމެ ގާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް |
|
މަގާމަށް އެދެންވީ ގޮތާއި ސުންގަޑި |
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 09 ސެޕްޓެމްބަރ 2019 ވާ ހޯމަ ދުވަހުގެ 13:00 ގެ ކުރިން ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected] އަދި ފެކްސް 6860958 މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ. |
އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު |
މިމަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 10 ސެޕްޓެމްބަރ 2019 އާއި 17 ސެޕްޓެމްބަރ 2019 އާ ދެމެދު ފުވައްމުލަކު ސިޓީ ކައުންސިލްގައެވެ. |
ޝޯޓް ލިސްޓުކުރުން |
މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ. |
މިއިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ |
މިއިދާރާގެ ފޯން ނަންބަރ 6865001،6860004، 6862030, ފެކްސް: 6860958 އީމެއިލް: [email protected] |
27 ޛުލްހިއްޖާ 1440 28 އޮގަސްޓް 2019 |