ވަޒީފާގެ ފުރުޞަތު
ނަންބަރު: 288/2019/059
ޕަބްލިޝްކުރި ތާރީޚް: 28 އޮގަސްޓް 2019
ޕަބްލިޝްކުރި ގަޑި: 08:38
ސުންގަޑި: 10 ސެޕްޓެންބަރު 2019 13:00
މިލަދުންމަޑުލު ދެކުނުބުރީ ކުޑަފަރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު (އެސިސްޓެންޓް ޑިރެކްޓަރ)

މި އިދާރާގެ ތިރީގައި މި ދަންނަވާ މަޤާމަށް މީހަކު ބޭނުންވެއްޖެއެވެ.

 

މަޤާމު:

އެސިސްޓެންޓް ޑިރެކްޓަރ

މަޤާމުގެ ނަންބަރު:

J-222029

ބޭނުންވާ ޢަދަދު:

1 (އެކެއް)

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކު:

އެމް. އެސް. 3

މަޤާމުގެ ކްލެސިފިކޭޝަން:

ސީނިއަރ ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ސެކްޝަން:

ކޯޕަރޭޓިވް އެފެއާޒް

ވަޒީފާ އަދާކުރަން ޖެހޭ ތަން:

މިލަދުންމަޑުލު ދެކުނުބުރީ ކުޑަފަރީ ކައުންސިލްގެ އިދާރާ/ ނ.ކުޑަފަރި

މުސާރަ:

7035.00 ރުފިޔާ (ހަތް ހާސް ތިރީސް ފަސް ރުފިޔާ) (މަހަކު)

ސަރވިސް އެލަވަންސް:

2000.00 ރުފިޔާ (ދެ ހާސް ރުފިޔާ) (މަހަކު)

އެހެނިހެން އެލަވަންސް:

  1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން ބޭސްފަރުވާގެ ޚިދުމަތް.
  2. ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  3. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ.
  4. ޓެކްނިކަލް ކޯ އެލަވަންސް: އަސާސީ މުސާރައިގެ %28 (އަށާވީސް އިންސައްތަ)(ޓެކްނިކަލް ކޯ އެލަވަންސް ލިބޭނީ މަޤާމުގެ ޝަރުތުގައި ބަޔާން ކޮށްފައިވާ ތައުލީމީ ދާއިރާތަކުގެ ތެރެއިން ބިޒްނަސް އެޑްމިނިސްޓްރޭޝަން، ބިޒްނަސް މެނޭޖްމަންޓް ނުވަތަ ޕަބްލިކް އެޑްމިނިސްޓްރޭޝަން ގެ ދާއިރާ ސެޓްފިކެޓް ލެވެލް 7 ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާޞިލްކޮށްގެން ވަޒީފާ ހަމަޖެހޭ ފަރާތަކަށެވެ.)
  5. ސަޕޯޓިންގ ކޯ އެލަވަންސް 2: 900.00 (ނުވަ ސަތޭކަ ރުފިޔާ) ( ސަޕޯޓިންގ ކޯ އެލަވަންސް 2 ލިބޭނީ ޓެކްނިކަލް ކޯ އެލަވަންސް އަށް ޝަރުތު ހަމަނުވެ ވަޒީފާ ހަމަ ޖެހޭ ފަރާތަކަށެވެ.)

(މީގެ އިތުރުން މަޤާމަށް ކަނޑައަޅާފައިވާ ޢިނާޔަތްތައް)

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތާއި ވާޖިބުތައް

         1.         ފައިނޭންސް ޔުނިޓުގެ އެންމެހާ މަސައްކަތްތައް ހިނގާގޮތް ބަލައި ސްޕަވައިޒް  ކުރުން.

         2.         މުވައްޒަފުންގެ މެދުގައި އެކުވެރިކަން އާލާކޮށް ގުޅުން ބަދަހި ކުރުމަށް މަސައްކަތްކުރުން.

         3.         ކައުންސިލް އިދާރާގެ ފައިސާއާބެހޭ ކަންކަން ހިނގަނީ މާލިއްޔަތު ޤާނޫނާއި ގަވާއިދާ އުސޫލުތަކާ އެއްގޮތަށްތޯ ބަލައި ކަށަވަރު ކުރުމާއި، ރަނގަޅު ކުރަންޖެހޭ ކަންކަން ފާހަގަކޮށް އެކަންކަން ރަނގަޅު ކުރުވުން.

         4.         ދައުލަތުގެ ޢާންމުދަނީގެ ގޮތުގައި ކައުންސިލް އިދާރާއަށް ދައްކާފައިސާ ބަލައިގަތުމާއި ކަނޑައެޅިފައިވާ ތާރީޚުތަކަށް ފައިސާ، ކަމާބެހޭ މުއައްސަސާތަކަށް ފޮނުވުމާއި ހިސާބުތައް ލިޔެ ތައްޔާރުކޮށް ފޮނުވުމުގެ މަސައްކަތް ހިންގާ ބެލެހެއްޓުވުން.

         5.         ޗެކްރަޖިސްޓްރީ/ވައުޗަރރަޖިސްޓްރީ/ބިލްރަޖިސްޓްރީ/ފައިސާ ލިބޭކަންކަމުގެ ދަފްތަރު އަދި މިނޫންވެސް ފައިސާއާބެހޭ އެންމެހައި ލިޔެކިޔުންތައް ތައްޔާރުކޮށް އަޕްޑޭޓްކުރުމުގެ މަސައްކަތް ހިންގާ ބެލެހެއްޓުން.

         6.         ކައުންސިލްގެ އިދާރީ ބަޖެޓް ތައްޔާރު ކުރުމުގެ މަސައްކަތް ހިންގާ ބެލެހެއްޓުމާއި، ކައުންސިލްގެ ބަޖެޓް ތައްޔާރުކޮށް ކައުންސިލަށް ހުށަހެޅުމާއި ބަޖެޓް ފާސްކުރުމުން އެލް.ޖީ.އޭއަށް ފޮނުވުން.

         7.         ކައުންސިލުގެ އެކައުންޓްތައް ބެލެހެއްޓުމާއި، ހިސާބު ތައްޔާރު ކުރުމުގެ މަސައްކަތް ހިންގާ ބެލެހެއްޓުމާއި، އެކައުންޓްތަކުގެ ތަފްޞީލް ކައުންސިލަށް ހިއްސާކުރުން.

         8.         ކައުންސިލްގެ ބަޖެޓުން ކުރާ ޚަރަދުތަކުގެ ހިސާބާއި، ރިޕޯޓްތައް ތައްޔާރުކުރުމުގެ މަސައްކަތް ހިންގާ ބެލެހެއްޓުން.

         9.         ޔުނިޓްގައި ހިމެނޭ މުވައްޒަފުން ނުވަތަ ޔުނިޓްގައި ހިމެނޭ ބައިތައް ޤަވާޢިދުން މަސައްކަތްކުރޭތޯ ބެލުމާއި މުވައްޒަފުން ނުވަތަ ބައިތައް ޤަވާޢިދުން މަސައްކަތްކުރުވުން

       10.       ކައުންސިލް މެދުވެރިވެގެން ހިންގާ ރައްޔިތުންގެ ކަންތައްތައް ބެލެހެއްޓުން

       11.       އޮފީސް ހުޅުވުމާއި ބަންދުކުރުމުގެ ކަންތައް ބެލެހެއްޓުވުން

       12.       ނުނިމިހުރި މައްސަލަތަކުގެ ރެކޯރޑް ބެލެހެއްޓުން

       13.       މަޤާމުތަކުގެ ރަޖިސްޓްރީ ބެލެހެއްޓުވުން

       14.       އެޓެންޑެންސް ބެލެހެއްޓުވުން

       15.       ނުރަސްމީގަޑީގައި ކުރެވޭ މަސައްކަތުގެ ޙާޟިރީ ބެލެހެއްޓުން

       16.       އުފަންވުން ރަޖިސްޓްރީކުރުވުމާއި އުފަންދުވަހުގެ ސެޓްފިކެޓް ހެދުމާއި، ވިހާމަރުވާގެ ކަންތައްތައް ބެލެހެއްޓުވުން.

       17.       ރަށްވެހިންގެ ރަޖިސްޓްރީގެ ކަންތައްތައް ބެލެހެއްޓުވުން.

       18.       އައިޑީކާޑާގުޅޭ ކަންތައްތައް ބެލެހެއްޓުވުން.

       19.       އޮފީހަށް ލިބޭތަކެތި (ދުވަހުން ދުވަހަށް) އޮފީސް ހިންގަވަން ހުންނަވާ ފަރާތެއްގެ ބެއްލެވުމުގެ ދަށުން މުވައްޒަފުންނާއި ޙަވާލުކުރުމާއި އޮފީހުން ފޮނުވަންޖެހޭ ތަކެތި ފޮނުއްވުން

މަޤާމުގެ ޝަރުޠުތައް

މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލްކޮށްފައި ވުމާއި އެކު، މަގާމުގެ މަސައްކަތުގެ  ދާއިރާ އެއްގައި މަދުވެގެން 4 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

 

ނުވަތަ

 

މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ  ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ޙާޞިލްކޮށްފައިވުމާއި އެކު، މަގާމުގެ މަސައްކަތުގެ ދާއިރާ އެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖްރިބާ ލިބިފައިވުން.

 

ނުވަތަ

 

މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 އިން ފެށިގެން މަތީގެ ސަނަދެއް ޙާޞިލްކޮށްފައިވުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް (މި ފޯމް މިލަދުންމަޑުލު ދެކުނުބުރީ ކުޑަފަރީ ކައުންސިލްގެ އިދާރާއިން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން www.csc.gov.mv ޑައުންލޯޑު ކުރެވޭނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭ ގޮތަށް.)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހިރާއްޖޭގެ ރައްޔިތެއްކަން އަންގައިދޭ މުއްދަތު ހަމަނުވާ ކާޑުގެ ދެ ފުށް ފެންނާނޭހެން ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ސާފު ކޮޕީ.
  4. ސިވިލް ސަރވިސްއަށް/ ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާއި މެދު  އިޢުތިރާޒެއް ނެތްކަމަށް ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  5. ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ

(ހ)    މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވެލް ކަނޑައަޅާފައިވާ،ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމްދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ: ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓް ވަކި ފެންވަރެއްގައި ޤަބޫލް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

(ށ) މަތީ ތައުލީމް ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓްފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ: ނުވަތަ ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ:

  1. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓްފިކެޓްތަކުގެ ކޮޕީ:
  2. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށްދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓްފިކެޓުގެ ކޮޕީ.
  3. މަސައްކަތު ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

     (ހ)     ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

     (ށ)     އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގެ ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން، ނުވަތަ ވަޒީފާ އަދާކުރި ގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް.

 

ދެންނެވުނު މަޤާމާ ގުޅޭ ވަޒީފާގެ ދާއިރާތަކަކީ އެޑްމިނިސްޓްރޭޝަން އަދި މެނޭޖްމެންޓް އެވެ.  ދެންނެވުނު މަޤާމާ ގުޅޭ ތައުލީމީ ރޮނގު ތަކަކީ ބިޒްނަސް އެޑްމިނިސްޓްރޭޝަން، ބިޒްނަސް މެނޭޖްމަންޓް އަދި ޕަބްލިކް އެޑްމިނިސްޓްރޭޝަން އެވެ.

ވަޒީފާއަށް އެންމެ ޤާބިލުފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް.

ދާއިރާ

ބެލޭނެ ބައިތައް

މާކްސް

އިންސައްތަ (%)

ކެޓަގަރީގެ ޖުމްލަ އިންސައްތަ

ތަޢުލީމާއި ތަމްރީނު

ލިބިފައިވާ ތަޢުލީމް

85

30

35

މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރުމުއްދަތުގެ ތަމްރީނު

30

5

އިމްތިޙާން

"ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާން"

12

5

5

މަސައްކަތު ތަޖުރިބާ

މަޤާމުގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ތަޖްރިބާ

28

15

15

ލިބިފައިވާ ހުނަރު

އިންޓަވިއު އަދި ޕްރެކްޓިކަލްސް

100

45

45

ޖުމްލަ

255

100

100

 

ނޯޓް: މަޤާމަށް އައްޔަން ކުރުމަށް، ވަޒީފާއަށް އެދިފައިވާ މީހާއަށް ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ލިބުނު ޕޮއިންޓްގެ ޖުމްލަ %55 (ފަންސާސް ފަސް) އިންސައްތަ އަށް ވުރެ މަތިވާން ޖެހޭނެއެވެ.

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ލިޔުންތައް ހުށަހަޅާނީ 2019 ސެޕްޓެންބަރު 10 ވާ އަންގާރަ ދުވަހުގެ 13:00 ގެ ކުރިން މި އިދާރާއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް މެދުވެރިކޮށް ބަލައިގަނެވޭނެއެވެ. އީ-މެއިލް:[email protected]

އިންޓަވިއުއާއި އިމްތިޙާނު އޮންނާނެ ތަނާއި މުއްދަތު.

 

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިމްތިޙާނާއި އިންޓަވިއު އޮންނާނީ 2019 ސެޕްޓެންބަރު 15 ވާ އާދީއްތަ ދުވަހާއި 2019 ސެޕްޓެންބަރު 26 ވާ ބުރާސްފަތި ދުވަހާ ދެމެދުގެ ދުވަހެއް ގައި މި އިދާރާ ގައެވެ. ވުމާ އެކު މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުން އެ ތާރީޚްތަކުގައި އިންޓަވިއުއަށް އަދި އިމްތިޙާނަށް ތައްޔާރުވެގެން ތިބުމަށް ދަންނަވަމެވެ.

ޝޯޓް ލިސްޓުކުރުން:

މި އިޢުލާނާ ގުޅިގެން ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުތު ހަމަވާ ފަރާތްތަކުގެ ޢަދަދު 10 އަށް ވުރެ ގިނަ ނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓުލިސްޓު ކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު ހޯދުން:

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6560015 ނަންބަރު ފޯނާއެވެ.
އީ-މެއިލް ކުރާނީ [email protected] އަށެވެ.

28 އޮގަސްޓް 2019