ދިވެހިރާއްޖެ
އިޢުލާން
ކޯޓުގައި ކުރަންހުރި ބައެއް މަރާމާތުގެ މަސައްކަތްކުރުން.
މިކޯޓުގެ 02 ފާޚާނާ މަރާމާތުކުރުމާއި، ކޯޓު ގޯތީގެ ވަށައި އިންފާރުގައާއި ކޯޓު ޢިމާރާތުގައި ކުލައާއި ދަވާދުލުމާއި، ކޯޓު ޢިމާރާތުގެ ނަލަފިލާ ބަދަލުކުރުމާއި، ކޯޓު ޢިމާރާތުގެ ކަރަންޓް ވައިރާއި ސޮކެޓް ސްވިޗްތައް ބަދަލުކުރުމާއި އަދި ކޯޓު ގޯތީގައި ވޯކްވޭއެއް ހެދުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
ވީމާ، މިމަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދެއްވަން ޝަޢުޤުވެރިވެލައްވާ ފަރާތްތަކުން 04 ސެޕްޓެންބަރު 2019 ވާ ބުދަ ދުވަހު 11:00 އަށް މިކޯޓަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 10 ސެޕްޓެންބަރު 2019 ވާ އަންގާރަ ދުވަހުގެ 11:00 އަށް މިކޯޓަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރުމަށް ޙާޟިރުނުވާ ފަރާތްތަކުން ހުށަހަޅާ އަންދާސީ ހިސާބުތަކާއި، މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބުތަކާއި، ގަޑިޖެހިގެން އަންނަ ފަރާތްތަކުން ހުށަހަޅާ އަންދާސީ ހިސާބުތައް ބަލައި ނުގަނެވޭނޭ ވާހަކަވެސް ދަންނަވަމެވެ. މިމަސައްކަތްތަކަށް އަންދާސީ ހިސާބު ހުށަހެޅޭނީ ޤާނޫނު ނަންބަރު: 18/2014 (ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު) ނުވަތަ ޤާނޫނު ނަންބަރު: 19/2014 (އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީކޮށްފައިވާ، އެފަރާތަކުން ރަޖިސްޓަރީކޮށްފައިވާ ވިޔަފާރީގެ މަޤްޞަދުގެ ތެރޭގައި، ޢިމާރާތްކުރުމުގެ މަސައްކަތްކުރުން ހިމެނިފައިވާ ފަރާތްތަކަށް އެކަނިކަމުގައި ދަންނަވަމެވެ. އަދި މިކަން އެނގޭނެ ރަސްމީ ލިޔުމެއް އަންދާސީ ހިސާބާއެކު ހުށަހަޅަންވާނެއެވެ. ކުންފުނިތަކުގެ ފަރާތުން ބަދަލުގައި މީހަކު ވަޑައިގަންނަވާނަމަ، ކުންފުނީގެ ލިޔުމަކާއެކު ވަޑައިގެންނެވުން އެދެމެވެ.
އަދި ދަންނަވަމެވެ. މިމަސައްކަތާ ގުޅިގެން މިކޯޓުން 04 އޮގަސްޓު 2019 ގައި ކޮށްފައިވާ މިކޯޓުގެ ނަންބަރު: L5MC-C/2019/06 އިޢުލާނާއި ގުޅިގެން ހުށަހެޅި އަންދާސީ ހިސާބުތައް ފުރިހަމަނުވާތީ އެ އިޢުލާން ބާޠިލު ކުރެވިފައިވާ ވާހަކަވެސް ދެންނެވީމެވެ.
26 ޛުލްޙިއްޖާ 1440
27 އޮގަސްޓު 2019