މަސައްކަތް
ނަންބަރު: (IUL)363-PRJ/INDIV/2019/12
ޕަބްލިޝްކުރި ތާރީޚް: 27 އޮގަސްޓް 2019
ޕަބްލިޝްކުރި ގަޑި: 17:39
ސުންގަޑި: 01 ސެޕްޓެންބަރު 2019 10:30
މުލަކަތޮޅު ވޭވަށު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
2019 ވަނަ އަހަރު ރަށުން ދޫކޮށްފައިވާ ބައެއް ގޯތިތަކާއި، އެގޯތިތަކަށް ވަދެ ނުކުމެ ހެދުމަށް ކަނޑަންޖެހޭ މަގުތަކުގައިވާ 198 ރުއް ނަގައިދޭނެ ފަރާތެއް ހޯދުމާއިބެހޭ

މިއިދާރާގެ ނަމްބަރ: (IUL)363-PRJ/INDIV/2019/10  (16 ޖޫން 2019) އިޢުލާނާއި ގުޅިގެން ޕްރަޕޯސަލް ހުށަހަލާފައިވަނީ އެންމެފަރާތެއް ކަމުގައި ވާތީ އެއިޢުލާން ބާޠިލްކޮށް އަލުން އިޢުލާން ކުރަމެވެ.

ދިރިއުޅުމަށް އެންމެފަހުން ދޫކޮށްފައިވާ ބަންޑާރަ 21 ގޯތީގެތެރެއިން ބައެއް ގޯތިތަކާއި އެގޯތި ތަކަށް ވަދެ ނުކުމެ ހެދުމަށް ކަނޑަންޖެހޭ މަގުތަކުގައިވާ 198 ރުއް ނަގައިދޭނެ ފަރާތެއް ހޯދުމަށް ބޭނުން ވެއެވެ. އެގޮތުން ދޫކުރެވިފައިވާ 21 ގޯތީގެ ތެރެއިން ރުއް ނަގަން ބޭނުންވާ ހުރިހާ ގޯއްޗަކާއި މަގުތައް ހިމެނޭގޮތަށް ރުއްތައް ނެގުމާއި ގޯތި ތަކުގެ ފަސްގަނޑު އެއްވަރު ކުރުމާއި މަގުތަކުގެ ފަސްގަނޑު އެއްވަރު ކުރުމަށް ޝަޢުގުވެރިވެލައްވާ ފަރާތްތަކުން މިއިޢުލާނާއިއެކު ބަޔާންވެގެންވާ މަޢުލޫމާތު ތަކުގައިވާ ގޮތުގެމަތީން މަސައްކަތް ކޮށްދޭނެ ގޮތުގެ ޕްރަޕޯސަލް ހުށަހެޅުއްވުން އެދެމެވެ. ރުއްތައް ނެގުމަށް ހަވާލު ކުރެވޭ ފަރާތަށް، އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އެޖެންސީއިން ރުއްތައް ނެގުމަށް މިއިދާރާއަށް ދޫކޮށްފައިވާ ހުއްދަ އާއި، ނަގާ ރުއްތައް މިރަށުން ބޭރުކޮށްގެން ގެންދިއުމާއިމެދު މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ އިން އިޢުތިރާޒެއް ނެއްކަމަށް މިއިދާރާއަށް އަންގަވާފައިވާ ސިޓީގެ ކޮޕީ ދެވޭނެއެވެ.

ތަފްޞީލް

ތާރީޚު

ފޯނުނަމްބަރ

ގަޑި

އިތުރުމަޢުލޫމާތު ސާފުކުރައްވަން ބޭނުންވެލައްވާނަމަ

29 އޮގަސްޓް 2019 ގެ ކުރިން (ރަސްމީގަޑީގައި)

6720035

14:00 އާއި ހަމަޔަށް

ޕްރަޕޯސަލް ބަލައިގަތުން

01 ސެޕްޓެމްބަރ 2019

-

10:30

 

ޕްރަޕޯސަލް ހުށަހެޅުއްވުމަށް ބަދަލުގައި މީހަކު ފޮނުއްވަވާނަމަ ބަދަލުގައި ފޮނުއްވަވާ ފަރާތުގެ މަޢުލޫމާތު ހިމެނޭ ސިޓީއެއް ހުށަހަޅުއްވަން ވާނެއެވެ. މިސިޓީގައި ބަދަލުގައި ހާޒިރުވެލައްވާ ފަރާތުގެނަމާއި އެޑްރެސް އަދި އައިޑީކާޑު ނަމްބަރު އެނގެން އޮންނަންވާނެއެވެ. ޕްރަޕޯސަލް ހުށަހަޅުއްވަން  ވާނީ ސިޓީއުރައެއްގައި ބަންދުކުރެއްވުމަށްފަހު، ސިޓީއުރައިގެ ބޭރުގައި ޕްރަޕޯސަލް ހުށަހަޅުއްވާ ފަރާތުގެ ނަމާއި "ވޭވަށުން ރުއްނެގުމަށް އެދި" ލިޔެފަ އޮންނަންވާނެއެވެ. އަދި މިފަދައިން ޢަމަލުނުކުރާ ފަރާތްތަކުގެ ޕްރަޕޯސަލް ބާތިލްކުރުމުގެ އިހުތިޔާރު މިއިދާރާއަށް ލިބިފައިވާކަމުގައި މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.

 

މަސައްކަތާއިގުޅޭ މަޢުލޫމާތު:

  1. ވޭވަށު ކައުންސިލް އިދާރާއިން ދައްކާ މަގުތަކުގައިވާ ރުއްގަސްނަގާ މަގު ސާފުކޮށް ފަސްގަނޑު އެއްވަރު ކޮށް ހަރުކޮށްދޭން ވާނެއެވެ.
  2. 2019 ވަނަ އަހަރު ދޫކޮށްފައިވާ 21 ގޯތީގައިވާ ނަގަންބޭނުންވާ ރުއްގަސް ނަގާ ގޯތީގެ ފަސްގަނޑު އެއްވަރުކޮށް ހަރުކޮށްދޭން ވާނެއެވެ.
  3. މަސައްކަތް ކުރަމުން ދާންވާނީ ވޭވަށު ކައުންސިލް އިދާރާގެ މުވައްޒަފެއްގެ ލަފާގެ މަތީންނެވެ.
  4. ހެވީ ވެހިކަލް ދަތުރުކުރަން ވާނީ ވޭވަށު ކައުންސިލް އިދާރާއިން އަންގާ ގޮތެއްގެމަތިން އަންގާ ސަރަހައްދު ތަކުންނެވެ. އިތުރު ސަރަހައްދެއްގައި ވޭވަށު ކައުންސިލް އިދާރާގެ ހުއްދަނެތި ހެވީ ވެހިކަލް ދުއްވައިގެން ނުވާނެއެވެ.
  5. ސާފުކުރެވޭ ސަރަހައްދު ތަކުގަ އުފެދޭ ކުނި އަޅަން ވާނީ ވޭވަށު ކައުންސިލް އިދާރާއިން އަންގާ ތަނަކަށެވެ.
  6. މަސައްކަތް ކުރާފަރާތުން، ގެންދަން ބޭނުންވެގެން ނަގާ ކޮންމެ ރުކަކަށް އެންމެ ދައްވެގެން ސަރުކާރުން ކަނޑައަޅާފައިވާ ރޭޓުން ބަދަލު ފައިސާ ދޭންވާނެއެވެ.
  7. ވޭވަށުގައި ފަނާވާ ބާވަތްތަކުގެ ކުނި އަޅާ ސަރަހައްދުގައިވާ ކުނިތައް ނަގާ ކައުންސިލުން ދައްކާ ތަނަކަށް އަޅައިދޭންވާނެއެވެ
  8. ވޭވަށުގައި ދަގަނޑާއި ބިއްލޫރި  ކުރިން އަޅާފައިވާ ތަނުގައިވާ ކުނިތައް ނަގާ ވޭވަށު ކައުންސިލުން ދައްކާ ތަނަކަށް އަޅަންވާނެއެވެ.
  9. މީހުން ދިރިއުޅޭ ހިސާބު ހުޅަނގުފަރާތުގައިވާ ދުވަސްވީ ރުއްތައް ނެގުމަށްފަހު ކައުންސިލުން އަނގާ ތަރުތީބަކަށް 20 ރުއް ބަނދަރުމަތީގައި ޖަހައިދޭންވާނެއެވެ.
  10. ގެންދަން ބޭނުންވާ ރުއްގަސް ގެންދިއުމުގައި ލޯޑުކުރުމުގައްޔާއި އަންލޯޑް ކުރުމުގައި ދިމާވާ އެންމެހާ ކަންކަމަށް މަސައްކަތް ކުރާ ފަރާތުން ފުރިހަމަ ޒިންމާ ނަގަންވާނެއެވެ.
  11. ހިމެނޭ ރުކުގެ ތަފްޞީލް:

#

ތްފްޞީލް

ރޭޓް

ޖުމްލަ

97

ފޯދުނު މޮޅު ރުއް

700.00

67900.00

36

ފޯދުނު މެދު ރުއް

500.00

18000.00

6

ފޯދުނު ދެރަ ރުއް

300.00

1800.00

24

ނުފޯދޭ ކަނދުބުޅުލީ ބޮޑެތި ރުއް

125.00

3000.00

17

ނުފޯދޭ ކަނދުބުޑުލީ މެދު ރުއް

75.00

1275.00

18

ނުފޯދޭ ކަނދުބުޑުލީ ކުދި ރުއް

30.00

540.00

 

ޕޮއިންޓް ދެވޭނެ ގޮތް:

މާކްސް ދެވޭ ކްރައިޓީރިއާ

މާކްސް ދެވޭ ގޮތް

ތަފްޞީލް

ފޯމިއުލާ

އަގު

50%

ރުއްގަހުގެ ބަދަލުގެ ގޮތުގައި ދޭން ހުށަހަޅާ އެންމެ ބޮޑު އަގު (ރުއްގަހުގެ ބަދަލުގެ ގޮތުގައި އެންމެ ދަށްވެގެން ހުށަހެޅޭނީ ސަރުކާރުން ކަނޑައަޅާފައިވާ އަގެވެ.)

(ހުށަހެޅޭ އެންމެ މަތީ އަގު / ހުށަހެޅި އަގު) × ކަނޑައޅިފައިވާ އިންސައްތަ

 

މާލީ ގާބިލްކަން

10%

މާލީ ގާބިލް ބައެއްގެ ގޮތުގައި ޕޮއިންޓް ދިނުމުގައި ބަލާނީ ހުށަހަޅާ ޑޮކިއުމަންޓް ތަކަށެވެ.

(ހުށަހަޅާ ކަމާގުޅުންހުރި ޑޮކިއުމަންޓްގެ ޢަދަދު) × ކަނޑައެޅިފައިވާ އިންސައްތަ

 

މުއްދަތު

10%

މުއްދަތަށް ޕޮއިންޓް ދިނުމުގައި އެންމެ މަތީ ޕޮއިންޓްދޭ ފަރާތެއް ކަނޑައަލާނީ މަސައްކަތް ނިންމާނެ ކަމަށް ބުނެފައިވާ އެންމެ ކުރު މުއްދަތެވެ.

ހުށަހަޅާފައިވާ މުއްދަތު /

އެންމެ ކުރުމުއްދަތު) × ކަނޑައެޅިފައިވާ އިންސައްތަ

 

ސީ އެސް އާރު ގެ ގޮތުގައި ކޮށްދޭން ބުނާ ކަންކަން

30%

ސީއެސް އާރުގެގޮތުގައި ކޮށްދޭން ބުނާ ކަންކަމަށް އެންމެ މަތީ ޕޮއިންޓް ދިނުމުގައި ބަލާނީ ހުށަހަޅާފައިވާ ހުރިހާ ކަމަކަށްބަލާ ހުށަހެޅި ކަންތައްތަކުގެ ޖުމްލަ އެންމެ ބޮޑު އަގެއް ހަރަދުކުރުމަށް ހުށަހަޅާފައިވާ ފަރާތަކަށް ބަލައިގެންނެވެ. (ސީއެއް އާރުގެ ގޮތުގައި ކުރަންހުރި ކަންކަން ތިރީގައި ބަޔާންކުރެވިފައި އެވަނީއެވެ.)

(ހަރަދު ކުރާ އެންމެ ބޮޑު އަގު / ހުށަހެޅި އަގު) × ކަނޑައޅިފައިވާ އިންސައްތަ

 

 

ސީއެސްއާރުގެ ގޮތުގައި ހުށަހެޅިދާނެ މަސައްކަތްތައް:

#

ތަފްޞީލް

ޚަރަދުވާނެކަމަށް ލަފާކުރެވޭ ޖުމްލަ ފައިސާ

1

ހިނަވާގެއެއް އިމާރާތްކުރުން

280,000.00

2

ރަށުގެ މޫނުމަތީގައިވާ ފިރިހެނުންގެ ހޮޅުއަށި ރަނގަޅު ފެންވަރަކަށް ހެދުން

45,000.00

3

އަންހެނުންގެ ހޮޅުއަށި ރަނގަޅުފެންވަރަކަށް ހެދުން

45,000.00

4

ފިރިހެނުންގެ ވޮލީކޯޓުގައި ފެންސް ޖެހުން

90,000.00

5

އަންހެނުންގެ ވޮލީކޯޓުގައި ފެންސް ޖެހުން

90,000.00

6

ފިރިހެނުންގެ ވޮލީކޯޓުގައި ލައިޓްޖެހުން

55,000.00

7

އަންހެނުންގެ ވޮލީކޯޓުގައި ލައިޓްޖެހުން

55,000.00

8

ފިރިހެނުންގެ ވޮލީކޯޓްގައި ތަޅުންއަޅާ ކާޕެޓް އެޅުން

45,000.00

9

އަންހެނުންގެ ވޮލީކޯޓްގައި ތަޅުންއަޅާ ކާޕެޓް އެޅުން

45,000.00

10

ފްޓްބޯޅަ ދަނޑުގައި ބޯޅަގެއެއް އެޅުން

280,000.00

11

ކުޑަކުދިންގެ ޕާކެއް ގާއިމްކޮށްދިނުން

75,000.001

12

ބަނދަރުމަތީގައި ބުރުތަކެއް ހެދުން

75,000.00

13

ރަށުގެ މީހުންދިރިއުޅޭ ހިސާބު ހުޅަނގުފަރާތު "ހަވީރީ ހިނގުން" ގެ ބްލޮކްތަށް ވަކިކޮށް ދެފޫޓު އުސްމިނުގަ ފާރު ރޭނުން

130,000.00

14

70% މަސައްކަތް ނިންމާފައިވާ ސްޓޭޖްގެ ނުނިމިހުރި މަސައްކަތްތައް ނިންމުން

75,000.00

 

ވީމާ މިކަން އާންމުކޮށް އަންގާ އިޢުލާނުކުރީމެވެ.

27 އޮގަސްޓް 2019