ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)23-ES/23/2019/300
ޕަބްލިޝްކުރި ތާރީޚް: 27 އޮގަސްޓް 2019
ޕަބްލިޝްކުރި ގަޑި: 13:35
ސުންގަޑި: 09 ސެޕްޓެންބަރު 2019 13:30
މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ފުވައްމުލަކު ހޮސްޕިޓަލުގެ އެސިސްޓެންޓް ޑިރެކްޓަރ މަގާމަށް މީހަކު ހޯދުމާގުޅޭ

 

އިޢުލާން

މަޤާމު

އެސިސްޓެންޓް ޑިރެކްޓަރ

މަޤާމުގެ ނަންބަރު

J-278288

ބޭނުންވާ އަދަދު

01 (އެކެއް)

މަޤާމުގެ ގިންތި

ދާއިމީ

މަޤާމުގެ ރޭންކް

އެމް. އެސް. 3

މަޤާމުގެ ކްލެސިފިކޭޝަން

އެސިސްޓެންޓް ޑިރެކްޓަރ

ޑިވިޝަން / ސެކްޝަން

ކޯޕަރޭޓް ސަރވިސް

ވަޒީފާ އަދާކުރަންޖެހޭ ތަން

ފުވައްމުލަކު ހޮސްޕިޓަލް

މުސާރަ

-/7035ރުފިޔާ

ސަރވިސް އެލަވަންސް

-/2000 ރުފިޔާ

އެހެނިހެން އެލަވަންސް

  1. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  2. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާއާއި އެހެނިހެން އިނާޔަތްތައް
  3. ހަމަޖެހިފައިވާ އުސޫލުން ރިސްކް އެލަވަންސް
  4. ސަޕޯޓިންގ ކޯ އެލަވަންސް 2 ގެ ގޮތުގައި މަހަކު -/900ރުފިޔާ އެވެ.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް

  • ހޮސްޕިޓަލު ހިންގެވުމާ ޙަވާލުވެފައިވާ ފަރާތުގެ މަސައްކަތުގައި އެހީތެރިވުމާއި، ހޮސްޕިޓަލް އަދި އަތޮޅުގެ ޞިއްޙީޚިދުމަތްދޭ ތަންތަނުގެ އެންމެހާ ކަންތައްތައް ބެލެހެއްޓުން.
  • ހޮސްޕިޓަލާއި ،އަތޮޅުތެރޭގެ ޞިއްޙީ ޚިދުމަތްދޭ ތަންތަނުގެ މުވައްޒަފުންގެ ކަންތައްތައް ބެލެހެއްޓުން
  • ޑޮކްޓަރުންނާއި،ނަރުހުން، ޓެކްނީޝަނުން އަދި ސެކްޝަންތަކުގައި އިސްކޮށްމަސައްކަތްކުރާ މުވައްޒަފުންގެ މަސައްކަތް ސްޕަވައިޒްކުރުމާއި،މުވައްޒަފުންގެ މެދުގައި ދިމާވާ މައްސަލަތައް ޙައްލުކުރުން
  • ހޮސްޕިޓަލަށް ބޭނުންވާ އެންމެހާ ތަކެތި ހޯދުމާއި، މަރާމާތު ކުރަންޖެހޭ ތަކެތި މަރާމާތުކުރުމުގެ މަސައްކަތްތައް ކުރިއަށްދާގޮތްބަލައި، ޚިދުމަތް ހޯދުމަށް އަންނަ މީހުންނަށް ދަތިނުވާނެހެން ކަންތައްތައް ރާވާ އިންތިޒާމްކުރުވުން.
  • ހޮސްޕިޓަލް އަދި އަތޮޅުތެރޭގެ ޞިއްޙީމަރުކަޒުތަކުގެ އިދާރީ ހިންގުމުގެ މަސައްކަތް ދުވަހުންދުވަހަށް ބެލުން އަދި ހައްލުނުކުރެވޭ ކަންކަން އިސްވެރިޔާގެމަސްވަރާއާއިއެކު ޙައްލުކުރުމަށް މަސައްކަތްކުރުން.
  • ހޮސްޕިޓަލުގެ ޕަބްލިކް ހެލްތް ޔުނިޓުން ކުރާ މަސައްކަތްތައް ބަލައި ސްޕަވައިޒްކޮށް ރަނގަޅުކުރަންޖެހޭ ކަންތައްތައް ރަނގަޅުކުރުވުން.
  • ހޮސްޕިޓަލުގެ ސްޓޮކް، އެންޓްރީ އަދި އިންވެންޓްރީގެ ކަންތައްތައް ރަނގަޅު އިންތިޒާމެއްގެދަށުން ކުރިއަށް ގެންދިއުމަށް ބާރުއަޅާ ރަގަޅު ގޮތުގައި ބެލެހެއްޓުމަށް ބާރުއެޅުން
  • ހޮސްޕިޓަލުގެ އެކިއެކި ބޭނުންތަކަށް ހޮސްޕިޓަލަށް ޒިޔާރަތްކުރާ ޓީމްތަކަށް މަރުޚަބާ ދެންނެވުމާއި، މެހްމާންދާރީގެ ކަންތައްތައް ރާވާ ރަނގަޅު އިންތިޒާމެއްގެ ދަށުން ކުރިއަށްގެންދިއުމަށް ބާރުއެޅުން.
  • ހޮސްޕިޓަލުގައި ބޭނުންކުރާ ސްޕީޑްލޯންޗް އެންމެހާ މަރާމާތުގެ ކަންތައްތައް ބެލެހެއްޓުމާއި ސަލާމަތީ ސެޓްފިކެޓް ހަދަންޖެހޭ ތާރީޚަށް ހެއްދުމަށްބާރުއަޅާ އެކަންކުރުވުން.
  • ހޮސްޕިޓަލާއި އަތޮޅުތެރޭގެ ޞިއްޙީޚިދުމަތްދޭ ތަންތަނުގެ އެންމެހާ މަރާމާތުގެ ކަންތައް ބެލެހެއްޓުން އަދި ހޮސްޕިޓަލުގައި ކުރެވެމުންދާ ޢިމާރާތްތަކާބެހޭ އެންމެހާ ކަންތައްތައް ހިނގާނުހިނގާގޮތްބެލުން.
  • ރަށުގައި ނުވަތަ އަތޮޅުތެރޭގައި ރޯގާއެއް ފެށިއްޖެނަމަ އެރޯގާ ކޮންޓްރޯލްކުރުމާއި ބެހޭގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންދޭތޯބެލުމާއި، އެކަން ހިނގާ ނުހިނގާގޮތް ވިލަރެސްކުރުމާއި، އެމަޢުލޫމާތު ހެލްތް ޕްރޮޓެކްޝަން އެޖެންސީއަށް އަންގަމުންދޭތޯބެލުމާއި،އެކަމުގެ މަސްވަރާހޯދާ ފިޔަވަޅު އެޅުން.
  • ހޮސްޕިޓަލާއި އަތޮޅުގެ ޞިއްޙީ ޚިދުމަތްދޭ ތަންތަނުގެ އެއްގަމުއުޅަނދުތަކަށް ދިމާވާ އެންމެހާ މައްސަލަތައް ޙައްލުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުވުމާއި، އަހަރީފީއާއި ރޯޑްވާދިނަސް ކަނޑައެޅިފައިވާ މުއްދަތަށް، މުއްދަތުގައި ދެއްކުމަށް ބާރުއަޅާ އެކަންކަން ކުރުވުން.

މަޤާމުގެ ޝަރުތުތައް

  1. މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައި ވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ،

2.މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ސަނަދެއް ހާސިލްކޮށްފައިވުން.

ތަޢުލީމީ ރޮނގުތައް

ބިޒްނަސް އެޑްމިނިސްޓްރޭޝަން/ ބިޒްނަސް މެނޭޖްމަންޓް/ ޕަބްލިކް އެޑްމިނިސްޓްރޭޝަން

ގުޅޭ ވަޒީފާގެ ދާއިރާތައް

އެޑްމިނިސްޓްރޭޝަން

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި މި މިނިސްޓްރީގެ www.health.gov.mv  ވެބްސައިޓުންނާއި ކައުންޓަރުން ލިބެންހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

(ށ)  މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

6.ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.

7.ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓުފިކެޓްގެ ކޮޕީ.

8.މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)  އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

މި މިނިސްޓްރީގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ   09 ސެޕްޓެމްބަރު 2019 ވަނަ ދުވަހުގެ 13:30 ގެ ކުރިން، މިނިސްޓްރީ އޮފް ހެލްތު ކައުންޓަރ އަށެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ  ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

އިންޓަރވިއު،އޮންނާނެ ތަނާއި، މުއްދަތު

މިމަގާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު، އިމްތިހާނާއި ޕުރެޒެންޓޭޝަން އޮންނާނީ، 2019 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު އަދި އޮކްޓޯބަރު މަހުގެ 15 ގެ ކުރިން  މިނިސްޓްރީ އޮފް ހެލްތު (ރޯޝަނީ  ބިލްޑިންގ) ގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަރވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

ޝޯޓް ލިސްޓް ކުރުން

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތްތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު

މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނީ 3014437 ނަންބަރު ފޯނަށެވެ.

 

 

 

 

 

 

 

        

 

 

                                                                     

     

                       

 

27 އޮގަސްޓް 2019