ވަޒީފާގެ ފުރުޞަތު
ނަންބަރު: IUMH-AD/I/2019/17
ޕަބްލިޝްކުރި ތާރީޚް: 27 އޮގަސްޓް 2019
ޕަބްލިޝްކުރި ގަޑި: 11:49
ސުންގަޑި: 10 ސެޕްޓެންބަރު 2019 14:00
އައި.ޔޫ.އެމް. ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑް، އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
ކޯރޕަރޭޓް ޓްރޭނިންގ ޕްރޮގްރާމް ސެޝަން ނަގައިދޭނެ ފެސިލިޓޭޓަރުން ހޯދުމަށް

ކޯރޕަރޭޓް ޓްރޭނިންގ ޕްރޮގްރާމް ސެޝަން ނަގައިދޭނެ ފެސިލިޓޭޓަރުން ހޯދުމަށް

                   

ނަންބަރު:IUMH-AD/I/2019/17

 

އައި.ޔޫ.އެމް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑް އިން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ކޯރޕަރޭޓް ޓްރޭނިންގ ޕްރޮގްރާމް ކުރިއަށް ގެންދާނެ ފެސިލިޓޭޓަރުން ހޯދުމަށް ކުރެވުނު އިއުލާން ނަންބަރ IUMH-AD/I/2019/12  އަށް އިޖާބަދީފައިވާ ފަރާތްތައް މަދުވުމުން، ކޯރޕަރޭޓް ޓްރޭނިންގ ޕްރޮގްރާމް ކުރިއަށް ގެންދާނެ ފެސިލިޓޭޓަރުން ހޯދުމަށް އިއުލާން ކުރަމެވެ.

ކުރަންޖެހޭ މައިގަނޑު މަސައްކަތް

މިކުންފުނިން ކުރިއަށްގެންދާ ކޯރޕަރޭޓް ޓްރޭނިންގ ޕްރޮގްރާމްތަކުގެ ސެޝަން ނަގައިދިނުން. 

މަސައްކަތުގެ އަގު

ގަޑިއަކަށް ވާވަރު ކަނޑައަޅާނީ ކުންފުނިން

މަސައްކަތް ކުރަންޖެހޭ ތަން

މާލެ އަދި އަތޮޅުތެރެ

ތަޢުލީމާއި ތަޖުރިބާ

  • ބިޒްނަސް މެނޭޖްމަންޓް، މާރކެޓިންގ، އެޗް.އާރ.، ޕަބްލިކް ރިލޭޝަންސް ދާއިރާއިން ޑިގްރީ ހާސިލްކޮށްފައިވުން.
  • މި ދާއިރާއާއި ގުޅޭ ތަމްރީނެއް ފުރިހަމަކޮށްފައިވުން.
  • މިފަދަ ސެޝަންތައް ފެސިލިޓޭޓްކުރުމުގެ ތަޖުރިބާ އަދި ޤާބިލުކަން ހުރުން.
  • އިނގިރޭސި އަދި ދިވެހިބަހުން ފަސޭހަކަމާއެކު ވާހަކަދައްކަން، ލިޔަން އަދި ކިޔަން އެނގުން.
  • މި މަސައްކަތްތަކަށް ބޭނުންވާވަރަށް ކޮމްޕިއުޓަރ (ޕަވަރަ ޕޮއިންޓް ޕްރެޒެންޓޭޝަން) ބޭނުންކުރަން އެންގުން.
  • އަމިއްލައަށް އިސްނަގައިގެން މަސައްކަތްކުރުމާއި އަދި ގިނަބަޔަކާ އެކުގައި ގުޅިގެން މަސައްކަތްކުރުން.
  • އަތޮޅުތަކަށް މި މަސައްކަތާ ގުޅިގެން ދަތުރުކުރުމަށް އުޒުރުވެރި ނުވުން.

މި މަސައްކަތްކުރުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން ތިރީގައިވާ މަޢުލޫމާތު ހުށަހަޅަންވާނެއެވެ.

  • ލިބިފައިވާ ތަޢުލީމާއި ތަޖްރިބާ ބަޔާންކޮށް ވަނަވަރު
  • އެޓެސްޓްކުރެވިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ ޓްރާންސްކްރިޕްޓާއެކު (ދިވެހިރާއްޖެއިން ބޭރުން ތަޢުލީމް ހާސިލްކޮށްފައިވާނަމަ، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓްކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ ޓްރާންސްކްރިޕްޓާއެކު)
  • ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ސާފު ކޮޕީ (މުއްދަތު ހަމަނުވާ)
  • ވަޒީފާއެއްގައި އުޅެފައިވާ ނުވަތަ އުޅޭ ފަރާތެއްނަމަ އަދާކުރާ ނުވަތަ އަދާކޮށްފައިވާ ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް

އިޢުލާނުގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާނުގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.

އިޢުލާނުގައި ބަޔާން ކުރެވިފައިވާ ހުރިހާ ލިޔެކިޔުންތައް ފޮނުވަން ޖެހޭނެއެވެ.

އިޢުލާނުގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތައް ފުރިހަމަ ނުވާ އެޕްލިކޭޝަންތައް ބާޠިލުވާނެއެވެ.

 

ވީމާ، ޕްރޮގްރާމްތައް ފެސިލިޓޭޓްކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން މިކުންފުނީގެ އޮފީހަށް (ކިންގ ފަހުދް ބިލްޑިންގ) މަތީގައި ބަޔާންކުރެވިފައިވާ ލިޔެކިޔުންތައް 10 ސެޕްޓެމްބަރ 2019 ވަނަ ދުވަހުގެ 14:00 ގެ ކުރިން ހުށަހެޅުއްވުން އެދެމެވެ. އީމެއިލް މެދުވެރިކޮށް [email protected] އަށް ފޮނުވާ ލިޔުންތައްވެސް ބަލައިގަނެވޭނެއެވެ.

 

އިތުރު މަޢުލޫމާތު ބޭނުންވެލައްވާނަމަ ޓެލެފޯނު ނަންބަރު: 3022161 އަށް ރަސްމީ ގަޑީގައި ގުޅުއްވުން އެދެމެވެ.

27 އޮގަސްޓް 2019