ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)138-AS1/138/2014/11
ޕަބްލިޝްކުރި ތާރީޚް: 24 ފެބުރުވަރީ 2014
ޕަބްލިޝްކުރި ގަޑި: 10:51
މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
މާލޭގެ ރަށްވެހިންނަށާއި މާލެއަށް ދިރިއުޅުން ބަދަލުކޮށްފައިވާ ޢާއިލާތަކަށް ޚާއްޞަކޮށްގެން ދޫކުރެވޭ ފްލެޓަށް އެދޭ ފޯމާބެހޭ

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ވަޢުދު ފުއްދުމުގެ ގޮތުން އިފްތިތާޙު ކުރެވިފައިވާ "ގެދޮރުވެރިކުރުން" މި ޕްރޮގްރާމުގެ ދަށުން މާލޭގެ ރަށްވެހިންނަށާއި މާލެއަށް ދިރިއުޅުން ބަދަލުކޮށްފައިވާ ޢާއިލާތަކަށް ޚާއްޞަކޮށްގެން ކުރިއަށް ގެންދެވޭ ސްކީމްގެ ދަށުން ދޫކުރެވޭ ފްލެޓަށް އެދޭ ފޯމު 3 މާރިޗު 2014 ވާ ހޯމަ ދުވަހުން ފެށިގެން މި ޕްރޮގްރާމުގެ ވެބްސައިޓުންނާއި މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރުންނާއި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗް.ޑީ.ސީ) ގެ މައި އޮފީހުން ލިބެން ހުންނާނެއެވެ. މި ސްކީމުގެ ކެޓަގަރީ 1 އަދި ކެޓަގަރީ 2 ގެ ފޯމު ދޫކުރުމަށް ހަމަޖެހިފައިވަނީ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑާއެކު ވަޑައިގަތުމުން ކޮންމެ ބޭފުޅަކަށް ފޯމެކެވެ. އަދި ކެޓަގަރީ 3 ގެ ފޯމު ދޫކުރުމަށް ހަމަޖެހިފައިވަނީ ގޯތީގެ ރަޖިސްޓަރީއާއެކު ވަޑައިގަތުމުން ގޯތީގެ ރަޖިސްޓަރީއަށް ފޯމެކެވެ.

މި ސްކީމާ ގުޅޭ އެންމެހާ މަޢުލޫމާތު މިނިސްޓްރީގެ ގޯތި ތެރޭގައި ބެހެއްޓިފައިވާ މިކަމަށް ޚާއްޞަ ނޯޓިސް ބޯޑުންނާއި މި ޕްރޮގްރާމްގެ ވެބްސައިޓް www.gedhoruverikurun.gov.mv އިން ލިބެން ހުންނާނެވާހަކަ އަންގައި އިޢުލާން ކުރީމެވެ.

24 ރަބީޢުލްއާޚިރު 1435

24 ފެބުރުވަރީ 2014