މަސައްކަތް
ނަންބަރު: (IUL)13-K/13/2019/242
ޕަބްލިޝްކުރި ތާރީޚް: 26 އޮގަސްޓް 2019
ޕަބްލިޝްކުރި ގަޑި: 14:06
ސުންގަޑި: 10 ސެޕްޓެންބަރު 2019 10:00
މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންގ
ދިވެހިރާއްޖެ
ޏ.ފުވައްމުލަކުގައި ޢިމާރާތްކުރެވިފައިވާ 200 ހައުސިންގ ޔުނިޓުތަކުގެ ސައިޓުތަކުގެ ލޭންޑްސްކޭޕް މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމާ ބެހޭ

ބީލަން ހުށަހެޅުމުގެ ދަޢުވަތު  

1. މިނިސްޓްރީ އޮފް ހައުސިންގ އެންޑް އަރބަން ޑެވެލޮޕްމަންޓުގެ އެދިލެއްވުމުގެ މަތިން ޏ.ފުވައްމުލަކުގައި  ޢިމާރާތްކުރެވިފައިވާ 200 ހައުސިންގ ޔުނިޓުތަކުގެ ސައިޓުތަކުގެ ލޭންޑްސްކޭޕް މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު މިމިނިސްޓްރީގެ ނަންބަރު13-K/13/2019/127 އިޢުލާން ސްކޯޕަށް ބަދަލުއައިސްފައިވާތީ ބާތިލްކޮށް،މިމަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް އަލުން ހުޅުވާލަމެވެ.

2. ކޮންމެ ބީލަމެއްގައި ބައިވެރިވުމަށް -/500 (ފަސްސަތޭކަ) ދިވެހި ރުފިޔާގެ ނަން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަވަންޖެހޭނެއެވެ.  ފައިސާ ބަލައިގަންނާނީ27އޮގަސްޓް 2019 އިން 9ސެޕްޓެންބަރު 2019 އަށް، ބަންދު ނޫން ކޮންމެ ދުވަހެއްގެ 8:30 އިން 12:00  އަށް މި މިނިސްޓްރީއިންނެވެ.

3. މާރިޗު 2019 އިން ފެށިގެން މި މިނިސްޓްރީއިން ކުރިއަށް ގެންދެވޭ ބީލަންތަކުގައި ބައިވެރި ވެވޭނީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރގެ "ޢިމާރާތްކުރުމުގެ ޢަމަލީ މަސައްކަތްކުރާ ފަރާތްތަކުގެ ގަވާއިދު" ގައިވާ ގޮތުގެމަތީން ރަޖިސްޓަރީ ވެފައިވާ ފަރާތްތަކަށެވެ. މިބީލަމުގައި ބައިވެރިވެވޭނީ އެރަޖިސްޓަރީގެ GC01-1 , 2GC01-، 3 GC01-އަދި

  4 GC01- އަކަށް ޝަރުތުހަމަވެފައިވާ ކޮންޓްރެކްޓަރުންނަށެވެ.

4. މި މަސައްކަތާއި ބެހޭ އެންމެހައި ލިޔެކިޔުންތައް ސޮފްޓްކޮޕީ ފޯރމެޓުގައި 27 އޮގަސްޓް 2019 އިން ފެށިގެން މި މިނިސްޓްރީގެ ވެބްސައިޓް www.finance.gov.mv  އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. އަދި މިބީލަމާއި ގުޅިގެން ދޫކުރެވޭ އެންމެފަހުގެ މަޢުލޫމާތުތަށް ވެބްސައިޓް މެދުވެރިކޮށް ހޯދުމަކީ ބީލަމަށް ކުރިމަތިލާ ފަރާތުގެ ޒިންމާއެކެވެ. 

5. މި ޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ އީމެއިލް ކުރައްވާނީ 1 ސެޕްޓެންބަރު 2019 ވާ އާދިއްތަ ދުވަހުގެ 14:00ގެ ކުރިން، ތިރީގައިވާ އީމެއިލް އެޑްރެހަށެވެ.

6. މިޕްރޮޖެކްޓުގެ ބިޑް ސެކިޔުރިޓީގެ ގޮތުގައި80,000.00ރުފިޔާ (އަށްޑިހަ ހާސް ރުފިޔާ)ހުށަހަޅުއްވަންވާނެއެވެ. ބިޑް ސެކިޔުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީޚުން ފެށިގެން 148 ދުވަހެވެ.

7. ބީލަން ހުޅުވުން އޮންނާނީ 10 ސެޕްޓެންބަރު 2019 ވާ އަންގާރަ ދުވަހުގެ 10:00 ގައި މިމިނިސްޓްރީގެ ނެޝަނަލް ޓެންޑަރގެ ޖަލްސާކުރާ މާލަމުގައެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަޤުތު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.

8. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ނެޝަނަލް ޓެންޑަރ،

މިނިސްޓްރީ އޮފް ފިނޭންސް

އަމީނީމަގު، މާލެ، ދިވެހިރާއްޖެ،

ފޯން    : 1617

އީމެއިލް   : [email protected]

ކޮޕީ      : [email protected]

26 އޮގަސްޓް 2019

26 އޮގަސްޓް 2019