ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)138-DS1/138/2014/19
ޕަބްލިޝްކުރި ތާރީޚް: 23 ފެބުރުވަރީ 2014
ޕަބްލިޝްކުރި ގަޑި: 10:45
މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
އިސްލާމިކް ފެސިލިޓީ (ގެދޮރުވެރިކުރުމުގެ މާލީ އެހީ) ހޯދުމަށް އެދި ފޯމު ހުށަހެޅުމާ ބެހޭ

ސަރުކާރުގެ ގެދޮރުވެރިކުރުމުގެ ޕްރޮގްރާމްގެ ދަށުން، 16 ފެބުރުވަރީ 2014ވީ އާދީއްތަ ދުވަހުގެ ރޭ އިޢުލާން ކުރައްވާފައިވާ އިސްލާމިކް ފެސިލިޓީ (ގެދޮރުވެރިކުރުމުގެ މާލީ އެހީ)، މާލެ ފިޔަވައި ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ހުޅުވާލުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، މި ފެސިލިޓީގެ ދަށުން ގެދޮރު ޢިމާރާތްކުރުމަށް ބޭނުންވާ ފަރާތްތަކަށް މި ފެސިލިޓީ ހޯދުމަށް އެދި ހުށަހަޅަންޖެހޭ ފޯމު ދޫކުރުމަށް ކުރިން ކަނޑައަޅާފައިވާ ތާރީޚަށް ތިރީގައި މިވާގޮތަށް ބަދަލު ގެނެސް ޢާންމުކޮށް އެކަން އެންގުމުގެ ގޮތުން އިޢުލާންކުރީމެވެ.

  • އިސްލާމިކް މި ފެސިލިޓީއަށް އެދޭ ފޯމު ދޫކުރަން ފަށާ ތާރީޚު: 10 މާރިޗު 2014 ވާ ހޯމަދުވަސް
  • އިސްލާމިކް މި ފެސިލިޓީއަށް އެދޭ ފޯމު ލިބެން ހުންނާނެ ތަންތަން: އަތޮޅު ކައުންސިލްތަކުގެ އިދާރާ، ރަށުކައުންސިލްތަކުގެ އިދާރާ، މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރުގެ ކައުންޓަރުން އަދި މި ފޯމު މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރުގެ (www.gedhoruverikurun.gov.mv) ގެ ވެބްސައިޓުން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.

 

23 ފެބުރުވަރީ 2014