ދިވެހިރާއްޖެ
އިޢުލާން |
ނަންބަރު:(IUL)421/421/2019/04
ބަނދަރުގެ އިރުމަތީ ފަރާތުގައި ފެންހޮޅި ވަޅުލުން
މިކައުންސިލުން ހޮޅިއާއި ކޮންކްރީޓް ޖަންގްޝަންތައް ދިނުމުން މިރަށު ޕަމްޕް ސްޓޭޝަން ކައިރިން ފެށިގެން ބަނދަރުގައި ފެން ބޭރުކުރުމަށް ވަޅުލާފައިވާ ހޮޅި ހުރި ޖަންގްޝަނާ ހަމަޔަށް ހޮޅި ވަޅުލައިދޭނެ ފަރާތެއް ބޭނުންވެންކުރި މިއިދާރާގެ ނަންބަރު:(IUL)421/421/2019/03 ( 07 އޯގަސްޓް 2019 ) އިޢުލާނުގައި އިދާރީ މައްސަލަތަކެއްހުރުމުން އެއިޢުލާން ބާޠިލުކޮށް،އަލުން މިމަސައްކަތް ކުރުމަށް ހުޅުވާލަމެވެ.
ވީމާ،މިމަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މިއިދާރާއަށްދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ބަޔާންކޮށްފައިވާ ތާރީޚަށް އަންދާސީ ހިސާބު ހުށަހެޅުއްވުންއެދެމެވެ. މިކަމަށް ކުރިމަތިލެވޭނީ ޤާނޫން ނަންބަރ 2014/18 ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ކުންފުނިތަކާއި،ޤާނޫން ނަންބަރ 19/2014 ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ އަމިއްލަ ފަރުދުންގެ ވިޔަފާރި ތަކަށެވެ.
މަޢުލޫމާތު ސާފުކުރުމަށް |
އަންދާސީ ހިސާބު ހުށަހެޅުމަށް ހާޒިރުވުން |
03 ސެޕްޓެމްބަރ 2019 ވާ އަންގާރަ ދުވަހުގެ 11:00 އަށް |
08 ސެޕްޓެމްބަރ 2019 ވާ އާދީއްތަ ދުވަހުގެ 13:00 އަށް |
އިތުރު މައުލޫމާތު ސާފުކުރެއްވުމަށް ސަރުކާރު ބަންދުނޫން ދުވަސްތަކުގެ ރަސްމީ ގަޑީގައި މި އިދާރާގެ ފޯން ނަންބަރ 6840005 އާއި ގުޅުއްވުމުން މަޢުލޫމާތު ލިބިވަޑައިގަންނަވާނެއެވެ.
25 ޛުލްޙިއްޖާ 1440
26 އޯގަސްޓް 2019
މުޙައްމަދު ވަޙީދު
ކައުންސިލްގެ ރައީސް