ދިވެހިރާއްޖެ
ހުޅުމާލޭގައި މިއޮފީހުން ހަދަން ބޭނުންވާ އިމާރާތެއް މިއޮފީހުން ދޭ މަޢުލޫމާތާ އެއްގޮތަށް ކުރަހައިދީ ބީއޯކިއު ހަދައިދޭނެ ފަރާތެއް ހޯދުމަށް 2019 ޖުލައި 09 ގައި ކުރެވުނު ނަންބަރު (IUL)7-ADMN/1/2019/49 އިޢުލާނު ބާތިލުކޮށް މިކަން ކޮށްދޭނެ ފަރާތެއް ހޯދުމަށް ދެވަނަ ފަހަރަށް އިއުލާނުކުރަމެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2019 ސެޕްޓެމްބަރު 2 ވާ ހޯމަ ދުވަހުގެ 14:00 އަށް މިއޮފީހަށް ވަޑައިގެން މަޢުލޫމާތު އޮޅުންފިލުއްވުމަށްފަހު، 2019 ސެޕްޓެމްބަރު 9 ވާ ހޯމަ ދުވަހުގެ 14:00 އަށް މިއޮފީހަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު އޮޅުންފިލުއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. އަދި އެކަމަށް ކަނޑައެޅިފައިވާ ދުވަހު 14:00 ގެ ފަހުން ކަމާ ގުޅޭ މަޢުލޫމާތު ހޯދުމަށް ހާޒިރުވާ ފަރާތްތައް ނުވަތަ އަންދާސީ ހިސާބު ހުށަހެޅުމަށް ހާޒިރުވާ ފަރާތްތައް ހޯލަށް ނުވެއްދޭނެ ވާހަކަވެސް ދެންނެވީމެވެ.