މަސައްކަތް
ނަންބަރު: (IUL)B08-HC/2019/10
ޕަބްލިޝްކުރި ތާރީޚް: 25 އޮގަސްޓް 2019
ޕަބްލިޝްކުރި ގަޑި: 08:42
ސުންގަޑި: 02 ސެޕްޓެންބަރު 2019 10:00
ނެއްލައިދޫ ޞިއްހީ މަރުކަޒު
ދިވެހިރާއްޖެ
ހދ.ނެއްލައިދޫ ޞިއްޙީމަރުކަޒުގެ ކަރަންޓް ތްރީފޭސްއަށް ބަދަލުކުރުން

ހދ.ނެއްލައިދޫ ޞިއްޙީމަރުކަޒުގެ ކަރަންޓް ތްރީފޭސްއަށް ބަދަލުކުރުން

މިޞިއްޙީމަރުކަޒުގެ ކަރަންޓް 3 ފޭސްއަށް ބަދަލުކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަމްބަރ: (IUL)B08-HC/2019/09  އިއުލާނާއި ގުޅިގެން ވާދަކުރާނެ ފަރާތެއް ނެތުމުން އެ އިއުލާން ބާތިލްކޮށް އަލުން ފުރުސަތު ހުޅުވާލަމެވެ.

މިކަމަށް ޝައުޤުވެރިވާ ފަރާތްތައް 25 އޯގަސްޓް 2019 ވާ އާދިއްތަ ދުވަހުން ފެށިގެން 28 އޮގަސްޓް 2019 ވާ ބުދަ ދުވަހުގެ ނިޔަލަށް ހެނދުނު 09:00 އިން 12:00 އާއި ދޭތެރޭ މި ޞިއްޙީމަރުކަޒުގެ އޮފީހަށް ވަޑައިގެން ރެޖިސްޓަރ ކުރެއްވުން އެދެމެވެ. މިއިއުލާނާއި ގުޅޭ މައުލޫމާތު ކަރުދާސް ރެޖިސްޓަރ ވުމަށްފަހު ލިބިވަޑައިގަންނަވާނެއެވެ. އަދި 29 އޮގަސްޓް2019  ވާ ބުރާސްފަތި ދުވަހު ހެނދުނު 10:00 ގައި ޕްރީބިޑް ސެޝަންއެއް މި ޞިއްޙީމަރުކަޒުގައި އޮންނާނެއެވެ.  

އަންދާސީ ހިސާބު ހުށަހެޅުން، 2 ސެޕްޓެމްބަރ 2019 ވާ ހޯމަ ދުވަހުގެ ހެނދުނު 10:00 ގައި މި ޞިއްޙީމަރުކަޒުގައި އޮންނާނެއެވެ.  

މިއިއުލާނާއި ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 29 އޮގަސްޓް 2019 ވާ ބުރާސްފަތި ދުވަހު ހެނދުނު 10:00 ގެ ކުރިން [email protected]    އަށް މެއިލްކޮށްދެއްވުން އެދެމެވެ. އަދި ރެޖިސްޓަރ ކުރަން ވަޑައި ނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހަޅަންވަޑައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމަވެ.

މިހެންވެ މިކަން އާއްމުކޮށް އަންގާ އިޢުލާންކުރީމެވެ.

25 އޮގަސްޓް 2019

25 އޮގަސްޓް 2019