މަސައްކަތް
ނަންބަރު: 116-F3/IL/2019/62
ޕަބްލިޝްކުރި ތާރީޚް: 25 އޮގަސްޓް 2019
ޕަބްލިޝްކުރި ގަޑި: 16:27
ސުންގަޑި: 01 ސެޕްޓެންބަރު 2019 13:00
މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
އެމް.އޭ.ސީ.އެލްގެ ވެހިކަލްތަކެއް މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދުމާއި ބެހޭ

އެމް.އޭ.ސީ.އެލްގެ ވެހިކަލްތަކެއް މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދުމާއި ބެހޭ

 ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީ.އައި.އޭ)ގައި ބޭނުން ކުރަމުން އަންނަ ތިރީގައި ބަޔާންކުރެވިފައިވާ މިކުންފުނީގެ ވެހިކަލްތަކެއް، މި ކުންފުނިންދޭ އިރުޝާދުތަކާ އެއްގޮތަށް އަމިއްލަތަކެތީގައި މަރާމާތުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

އަދަދު

ވެހިކަލްތަކުގެ ތަފްސީލް

1

RF-04, Truck Mercedes Benz, chassis  WDB6560092K471521

1

RF-05, Truck Mercedes Benz, chassis  WDB6560092K471415

1

RF-06, Truck Mercedes Benz, chassis  WDB65601815948573

1

RF-07, Truck Mercedes Benz, chassis  WDB65601815949996

1

ST-20, Van Volkswagen Caravelle, chassiss VW2ZZZ7HZCH044736.

1

ST-21, Van Volkswagen Caravelle, chassiss VW2ZZZ7HZCH0447210

1

TD-11, Truck Ashok Leyland, chassiss MB1HTVFC4EPSL1743

 

މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން 2019 ސެޕްޓެންބަރު 1 ވާ އާދިއްތަދުވަހުގެ މެންދުރު 01:00 ގެ ކުރިން، ސިޓީ, ފެކްސް ނުވަތަ އީމެއިލް([email protected])  މެދުވެރިކޮށް ޝައުގުވެރިކަން ފާޅުކުރުން އެދެމެވެ. މިގޮތަށް ޝައުގުވެރިކަން ފާޅުކުރާ ފަރާތްތައް ރަޖިސްޓްރީ ކުރެވި، ތައްޔާރު ކުރެވިފައިވާ ބީލަންފޮތް އީމެއިލް ކުރެވޭނެއެވެ.

ރަޖިސްޓްރީވާ ފަރާތްތަކުގެ ތެރެއިން ކުރިއަށް ވަޑައިގަންނަވާ ފަރާތްތަކަށް ބާއްވާ "ސައިޓް ވިޒިޓް" 2019 ސެޕްޓެންބަރު 03 ވާ އަންގާރަދުވަހުގެ މެންދުރު 13:00 ގައި މި ކުންފުނީގެ މައި އިދާރާ  (އެމް.އޭ.ސީ.އެލް ކޯޕަރޭޓް އޮފީސް، ވީ.އައި.އޭ)ގައި އޮންނާނެއެވެ.  

ބީލަންތައް ހުށަހެޅުމުގެ ސުންގަޑިއަކީ 2019 ސެޕްޓެންބަރު 09 ވާ ހޯމަދުވަހުގެ މެންދުރު 13:00 ގައެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކޮށްފައެވެ. ބީލަންތައް ހުޅުވުމަށް ހަމަޖެހިފައިވަނީ 2019 ސެޕްޓެންބަރު 09 ވާ ހޯމަދުވަހުގެ މެންދުރު 13:00 ގައި، މިކުންފުނީގެ މައި އިދާރާގައި ބީލަން ހުށަހަޅާ ފަރާތްތަކުގެ ހާޒިރުގައެވެ. ގަޑި ޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

ފަންނީ އަދި މާލީ ދިރާސާއެއް ހެދުމަށްފަހު، ބީލަމުގައި ކަނޑައެޅިފައިވާ އުސޫލުތަކުގެ މަތިން، މިކުންފުންޏަށް އެންމެ ފައިދާހުރި ބީލަމެއް ހުށަހަޅާފައިވާ ފަރާތެއް ބަލައި އެވޯޑްކުރެވޭނެއެވެ.

 އިތުރު މައުލޫމާތު ސާފުކުރުމަށް ގުޅާނީ 3337266/3337204/3337236/3337279 ، ފެކްސް 3331772 ، އީމެއިލް [email protected] ، ވެބްސައިޓް    www.macl.aero އަށެވެ.

25 އޮގަސްޓް 2019