މަޤާމް:
|
ފަޔަރ އޮފިސަރ
|
މަޤާމުގެ ނަންބަރު:
|
J-314495
|
ބޭނުންވާ ޢަދަދު:
|
01
|
މަޤާމުގެ ގިންތި:
|
ދާއިމީ
|
މަޤާމުގެ ރޭންކް:
|
އެމް.އެސް. 3
|
މަގާމުގެ ކްލެސިފިކޭޝަން:
|
ސީނިއަރ ޓެކްނިކަލް އޮފިސަރ ގްރޭޑް 1
|
ވަޒީފާ އަދާކުރަން ޖެހޭ ތަން:
|
ފުނަދޫ އެއަރޕޯޓް އޮފީސް / ށ.ފުނަދޫ
|
މުސާރަ:
|
މަހަކު -/7035 ރުފިޔާ
|
ސަރވިސް އެލެވަންސް:
|
މަހަކު -/2000 ރުފިޔާ
|
އެހެނިހެން އެލަވަންސް:
|
ފަޔަރ އެންޑް ރެސްކިއު ސަރވިސްގެ ރޮނގުން ހާސިލް ކޮށްފައިވާ ސަނަދަށް ބެލުމަށްފަހު ޓެކްނިކަލް ކޯ އެލަވެންސް ދިނުމަށް ހަމަޖެހިފައިވާ އުސޫލުގެ ތެރެއިން ޓެކްނިކަލް ކޯ އެލަވެންސް ގެ ގޮތުގައި މުސާރައިގެ %28 ލިބޭނެއެވެ. އަދި ޓެކްނިކަލް ކޯ އެލަވެންސް ހަމަނުޖެހޭ ފަރާތްތަކަށް ހަމަޖެހިފައިވާ އުސޫލުގެ ތެރެއިން ސަޕޯޓިންގ ކޯ އެލަވަންސްގެ ގޮތުގައި -/900 ރުފިޔާ ލިބޭނެއެވެ.
|
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު ތަކާއި ވާޖިބުތައް:
|
- އެއަރޕޯޓްގެ ވަށައިގެންވާ ފަރުގެ އެތެރޭގެ ސަރަޙައްދުގައި މަތިންދާ ބޯޓަށް ދިމާވާ ޙާދިސާ ތަކުގައި މީހުން ސަލާމަތްކުރުމަށާއި، އަލިފާން ނިއްވުމުގެ މަސައްކަތަށް ތައްޔާރުވެތިބުމަށް ކުރަންޖެހޭ ކަންކަމަށް މުވައްޒަފުން ތައްޔާރުތޯ ކަށަވަރުކުރުން. އަދި އިންމަޖެންސީ ޙާލަތްތަކުގައި ޙަރަކާތްތެރިވުމާއި އެފަދަ އޮޕަރޭޝަންސް ތަކުގައި ކޮމާންޑް ކުރުމާއި އޮޕަރޭޝަން ހިންގާ މެނޭޖްކޮށް ދަށުން މަސައްކަތްކުރާ މުވައްޒަފުންނަށް ސްޕަރވައިޒް ކުރުން.
- އެއަރކްރާފްޓް އެކްސިޑެންޓް/އިންސިޑެންޓް ތަކާއި ގުޅިގެން ތައްޔާރުކުރަންޖެހޭ ޑޮކިއުމެންޓް ތަކާއި ރިޕޯޓްތައް ތައްޔާރު ކުރުމާއި ރެކޯޑްސް މެނޭޖްމަންޓް ސިސްޓަމް ބެލެހެއްޓުން. އަދި މަތީގައި ބުނެވިދިޔަ ހާދިސާތަކުގައި، ދަށުން މަސައްކަތްކުރާ ހުރިހާ މުވައްޒަފުންނަށް ސްޕަވައިޒް ކުރުން. އަދި މަތީގައި ބުނެވިދިޔަ ފަދަ ހާދިސާތަކުގައި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ އޮފިސަރަކު ވަޑައިގެން އޮޕަރޭޝަން އާއި ޙަވާލުވަންދެން އޮޕަރޭޝަން ކޮމާންޑަރގެ ގޮތުން ޙަރަކާތްތެރިވުން.
- ރެސްކިއު އެންޑް ފަޔަރ ފައިޓިންގ އާއި ގުޅޭގޮތުން، ފަޔަމަނުން ހާނުވާފައި ބޭތިއްބުމަށްޓަކައި ދޭންޖެހޭ ޓްރެއިނިންގ (ކޮންޓިނުއޭޝަން ޓްރެއިނިންގ) ޕްރޮގްރާމްތައް ރާވައި ހިންގުމާއި، ފިޒިކަލް ޓްރެއިނިންގ އާއި ގުޅިގެން ރާވަންޖެހޭ ކަންތައްތައްރާވާ އެކަންކަން ހިންގާނޭގޮތް ދަށުން މަސައްކަތްކުރާ މުވައްޒަފުންނަށް އެންގުމާއެކު، ފިޒިކަލް ޓްރެއިނިންގ ގައި ޢަމަލީގޮތުން ބައިވެރިވުން.
- ރެސްކިއު އެންޑް ފަޔަރ ފައިޓިންގ އިކްއިޕްމަންޓްސްތަކާއި ވެހިކަލްތައް ހުރީ ތައްޔާރީ ޙާލަތުގައިތޯ ބަލައި ދުވަހުން ދުވަހަށް ޗެކްކޮށް ބެލެހެއްޓުވުން. އަދި މައްސަލަ ޖެހިގެން ރެސްކިއު އެންޑް ފަޔަރ ފައިޓިންގ މަސައްކަތަށް ބޭނުންނުކުރެވޭ ވެހިކަލް، އިކްއިޕްމެންޓްސްއާބެހޭ މަޢުލޫމާތު، މެނޭޖަރަށް ނުވަތަ އެއަރޕޯޓް ހިންގެވުމާ ޙަވާލުވެ ހުންނެވި ވެރިއަކަށް ދެންނެވުން.
- އެއަރޕޯޓް ފަޔަރ އެންޑް ރެސްކިއު ސާރވިސްގައި މަސައްކަތް ކުރާ މުވައްޒަފުންނާއި ވަޞީލަތްތަށް ބޭނުންކޮށްގެން ޙާސިލް ކުރަންޖެހޭ ލަނޑުދަޑިތައް ޙާޞިލްކުރުމަށް މަސައްކަތް ކުރުން. އަދި ދަށުން މަސައްކަތްކުރާ މުވަޒަފުން މަސައްކަތްކުރަނީ، ޤަވާޢިދުތަކާއި ކޯޑްއޮފް ކޮންޑަކްޓްސް އާއި އެއްގޮތަށްތޯ ބަލައި ރަގަޅުކުރަންޖެހޭ ކަންކަން ފާހަގަކޮށް ރަގަޅުކުރަންޖެހޭ ކަންކަން ރަގަޅުކުރުން.
- ޕްރޮފެޝަނަލް މިންގަޑުތައް ހިފެހެއްޓުމާއި މަސައްކަތަށް ބޭނުންވާ ހުރަނު އިތުރުކުރުމަށްޓަކައި މަސައްކަތްކުރުމާއި، ޓެކްނިކަލް މަޢުލޫމާތު މުއްސަދި ކުރުމަށް އަބަދުވެސް މަސައްކަތްކުރުން
- މަތީގައިވާ މަސައްކަތްތަކުގެ އިތުރުންވެސް، ދިވެހިރާއްޖޭގެ ވަޒީފާއާބެހޭޤާނޫނާއި، ދިވެހި ސިވިލް ސަރވިސްގެ ޤާނޫނާއި ޤަވައިދާ އެއްގޮތްވާގޮތުގެ މަތިން އޮފީހުން އަންގާ މަސައްކަތްތައްކުރުން.
|
މަޤާމުގެ ޝަރުތުތައް:
|
- ސަބް އޮފިސަރ ގެ މަޤާމްގައި މަދުވެގެން 3 އަހަރު ދުވަހު އުޅެ ތަޖުރިބާ ލިބިފައިވުމާއި، އައި.ކާ.އޯ ޤަބޫލުކުރާ އިންސިޓިއުޓަކުން ބޭސިކް ފަޔަފައިޓަރ ކޯސް ފުރިހަމަކޮށް ފާސްވެފައިވުމާއި، ލީޑިންގ ފަޔަރމަން ކޯސް ފުރިހަމަ ކޮށް ފާސްވެފައިވުން ނުވަތަ އެއަރޕޯޓް ރެސްކިއު އެންޑް ފަޔަރފައިޓިންގ ވެހިކަލް އެޕްރޭޓަސް ޑްރައިވަރ އޮޕަރޭޓަރ ކެޓް 5 ކޯސް (50 އަވާރސް) ފުރިހަމަކޮށް ފާސްވެފައިވުމާއި، އެއަރޕޯޓް އެޑްވާންސް ފަޔަރ ފައިޓަރ ކޯސް ނުވަތަ އެއަރޕޯޓް އެޑްވާންސް ފަޔަރ ފައިޓަރ ކޯހާއި އެއްވަރުގެ ކޯހެއް ފުރިހަމަކޮށް ފާސްވެފައިވުމާއި، އެއަރޕޯޓް ފަޔަރ އޮފިސަރ ކޯސް ނުވަތަ މި ކޯހާއި އެއްވަރުގެ ކޯހެއް ފުރިހަމަކޮށް ފާސްވެފައިވުން.
ނުވަތަ
- ފަޔަރފައިޓިންގ ދާއިރާގައި 1 އަހަރު ދުވަހުއުޅެ ތަޖުރިބާ ލިބިފައިވުމާއި، އައި.ކާ.އޯ ޤަބޫލުކުރާ އިންސިޓިއުޓަކުން ބޭސިކް ފަޔަފައިޓަރ ކޯސް ފުރިހަމަކޮށް ފަސްވެފައިވުމާއި، ލީޑިންގ ފަޔަރމަން ކޯސް ފުރިހަމަ ކޮށް ފާސްވެފައިވުން ނުވަތަ އެއަރޕޯޓް ރެސްކިއު އެންޑް ފަޔަރފައިޓިންގ ވެހިކަލް އެޕަރޭޓަސް ޑްރައިވަރ އޮޕަރޭޓަރ ކެޓް 5 ކޯސް (50 އަވާރސް) ފުރިހަމަކޮށް ފާސްވެފައިވުމާއި، އެއަރޕޯޓް އެޑްވާންސް ފަޔަރ ފައިޓަރ ކޯހަށްވުރެ މަތީފެންވަރުގެ ކޯހެއް ފުރިހަމަކޮށް ފާސްވެފައިވުން، ނުވަތަ އެއަރޕޯޓް ފަޔަރ އޮފިސަރ ކޯސް ނުވަތަ މިކޯހާއި އެއްވަރުގެ ކޯހެއް ފުރިހަމަކޮށް ފާސްވެފައިވުން. އަދި އެޕްރައިސަލް އިން %80 އިން މަތީން މާކްސް ލިބިފައިވުން.
|
މަޤާމްގެ ދާއިރާތައް:
|
|
ތައުލީމީ ރޮނގުތައް:
|
- އެއަރޕޯޓް ފަޔަރ ފައިޓިންގް
- ފަޔަރ ފައިޓިންގް
- ފަޔަރ އެންޑް ރެސްކިއު ސަރވިސަސް
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ފުރިހަމަކުރެވިފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ރީޖަނަލް އެއަރޕޯޓްސްގެ ކައުންޓަރުން ނުވަތަ ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން http://www.csc.gov.mv/dv/downloads/7085 ޑައުންލޯޑްވެސް ކުރެވޭނެއެވެ.)
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާއަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
- ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ:
(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއިއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތީރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.
(ށ) މަތީ ތަޢުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.
- ވަޒީފާގެ މަސައްކަތު ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓްފިކެޓްތަކުގެ ކޮޕީ.
- ސިވިލް ސާރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓުފިކެޓްގެ ކޮޕީ.
- މަސައްކަތު ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ.
(ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
(ށ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އާދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް.
|
ވަޒީފާ އަށް އެންމެ ޤާބިލު
ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:
|
- ޙާސިލުކޮށްފައިވާތަޢުލީމާއި، ތަމްރީނަށް %35
- ސިވިލް ސަރވިސް އަށް ވަންނަން އެދޭ އިމްތިޚާން %5
- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް %15
- އިންޓަރވިއު އަދި ޕްރެކްޓިކަލްސް %45
- ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ލިބުނު ޕޮއިންޓްގެ ޖުމްލަ އިންސައްތަ %55 އަށްވުރެމަތިވުން.
|
މަޤާމަށް އެދެންވީގޮތާއި ސުންގަޑި:
|
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 03 ސެޕްޓެމްބަރ 2019 ވާ އަންގާރަ ދުވަހުގެ 14:00ގެ ކުރިން، ރީޖަނަލް އެއަރޕޯޓްސްއަށެވެ. ވަޒީފާ އަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް ([email protected]) މެދުވެރިކޮށް ބަލައި ގަނެވޭނެއެވެ. މިމަޤާމަށް ޝަތުރު ފުރިހަމަނުވާ ފަރާތްތަކުގެ ފޯމުތަކާއި ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަނުވާ ފޯމުތައް ބާތިލްކުރެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރު ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.
|
އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު:
|
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 04 ސެޕްޓެމްބަރ 2019 އާއި 05 އޮކްޓޯބަރ 2019 އާ ދެމެދު، ށ.ފުނަދޫ ގައެވެ.
|
ޝޯޓް ލިސްޓްކުރުން
|
މިވަޒީފާއަށް ހުށަހަޅާ، ޝަރުތު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމާއި ތަޖުރިބާއަށް ބަލައި، ވަޒީފާ އަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ ފަރާތް ޝޯޓް ލިސްޓް ކުރެވޭނެއެވެ.
|
އިތުރު މަޢުލޫމާތު ހޯދުން
|
މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނެ ނަންބަރަކީ 3323776 / 7993776އެވެ. އީމެއިލް ކުރާނީ ([email protected]) އަށެވެ.
|