ދިވެހިރާއްޖެ
ނަންބަރ: A)AD-2019/225)
އިޢުލާނު
ކޮންފިގަރޭޝަން އެންޑް އިންސްޓޮލޭޝަން އޮފް ވަރޗުއަލައިޒްޑް އެންވައިރަމެންޓްޕްރޮޖެކްޓް ހިންގައިދޭނެ ފަރާތެއް ހޯދުން
1. ކޮންފިގަރޭޝަން އެންޑް އިންސްޓޮލޭޝަން އޮފް ވަރޗުއަލައިޒްޑް އެންވައިރަމެންޓް ޕްރޮޖެކްޓް ހިންގައިދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު: A)DC-2019/215) އޮގަސްޓް 1, 2019 އިޢުލާނާއި ގުޅިގެން އެކަށީގެންވާ އަދަދަށް އަންދާސީ ހިސާބު ހުށަހެޅުމަށް އައިސްފައިނުވާތީ އެ އިޢުލާނު ބާޠިލްކޮށް،މި ކޮމިޝަނަށް ކޮންފިގަރޭޝަން އެންޑް އިންސްޓޮލޭޝަން އޮފް ވަރޗުއަލައިޒްޑް އެންވައިރަމެންޓް ޕްރޮޖެކްޓް ހިންގައިދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާން ކުރަމެވެ.
ޕްރޮޖެކްޓް ނަންބަރު |
ޕްރޮޖެކްޓް ނަން |
ބިޑް ސެކިޔުރިޓީ އަދަދު |
38/2019/W-022 |
ކޮންފިގަރޭޝަން އެންޑް އިންސްޓޮލޭޝަން އޮފް ވަރޗުއަލައިޒްޑް އެންވައިރަމެންޓް ޕްރޮޖެކްޓް ހިންގައިދިނުން |
10,000/- ރުފިޔާ |
2. ބީލަމާ ގުޅޭ މައުލޫމާތު ކަރުދާސް މި އިއުލާނާ އެޓޭޗް ކުރެވިފައިވާނެއެވެ. މި ތަކެއްޗާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ އީމެއިލް ކުރައްވާނީ 2019 ސެޕްޓެމްބަރ 01 ވާ އާދީއްތަ ދުވަހުގެ 11:00 ގެ ކުރިން، [email protected] އީމެއިލް އެޑްރެހަށެވެ. މި އިޢުލާނު މިކޮމިޝަނުގެ ވެބްސައިޓް www.elections.gov.mv ގައި ޝާއިޢު ކުރެވިފައިވާނެއެވެ.
3. ބީލަން ހުޅުވުން އޮންނާނީ 2019 ސެޕްޓެމްބަރ 02 ވާ ހޯމަ ދުވަހުގެ 11:00 ގައި އިލެކްޝަންސް ކޮމިޝަން (ޕޯޓް ކޮމްޕްލެކްސް 5 ވަނަ ފަންގިފިލާ، ހިލާލީމަގު) ގައެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައިނުގަނެ އަނބުރާ ރައްދު ކުރެވޭނެއެވެ. ބީލަންތައް ހުންނަންވާނީ ސިޓީ އުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ޕްރޮޖެކްޓް ނަންބަރ، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަޤުތު އަދި ކޮންޓްރެކްޓަރުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.