ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)SH-FAH-A/2019/19
ޕަބްލިޝްކުރި ތާރީޚް: 25 އޮގަސްޓް 2019
ޕަބްލިޝްކުރި ގަޑި: 14:48
ސުންގަޑި: 03 ސެޕްޓެންބަރު 2019 14:00
ށ. އަތޮޅު ހޮސްޕިޓަލް
ދިވެހިރާއްޖެ
މެކޭނިކް

އިޢުލާނު 

މަޤާމު

 މެކޭނިކް  

މަޤާމުގެ ނަންބަރު

 J-255186                        

ބޭނުންވާ އަދަދު

 01 ( އެކެއް )

މަޤާމުގެ ގިންތި

 ދާއިމީ

މަޤާމުގެ ރޭންކް

 ޖީ. އެސް. 3

މަޤާމުގެ ކްލެސިފިކޭޝަން

 އެސިސްޓެންޓް ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ޑިވިޝަން / ސެކްޝަން

 ށ. އަތޮޅު ހޮސްޕިޓަލް

ވަޒީފާ އަދާކުރަންޖެހޭ ތަން

 ށ. އަތޮޅު ހޮސްޕިޓަލް  

މުސާރަ

 -/4465 ރުފިޔާ

ސަރވިސް އެލަވަންސް

 -/1500 ރުފިޔާ

އެހެނިހެން އެލަވަންސް

  1. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  2. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާއާއި އެހެނިހެން އިނާޔަތްތައް
  3. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ރިސްކް އެލަވަންސް
  4. ސަޕޯޓިންގ ކޯ އެލަވަންސް 2: -/700 ރުފިޔާ  

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް

  1. ށ. އަތޮޅުގެ ޞިއްޙީ ޚިދުމަތްދޭ ތަންތަން ( ށ. ފުނަދޫ އަތޮޅު ހޮސްޕިޓަލާއި އަތޮޅުތެރޭ ޞިއްޙީމަރުކަޒުތައް ) އިމާރާތާއި ތަކެތި ޤަވާއިދުން މަރާމާތުކުރުމާއި ބެލެހެއްޓުން
  2. ކަރަންޓް ވިއުގައާއި އިލެކްޓްރިކް އެންމެހާ ތަކެއްޗަށްދިމާވާ މައްސަލަތައް ދުވަހުން ދުވަހަށް ހައްލުކުރުން      
  3. ހޮސްޕިޓަލުގެ ފަރުނީޗަރުތަކާއި، ފިޓިންގްސްފަދަ ތަކެއްޗަށް ދިމާވާ މައްސަލަތައް ދުވަހުން ދުވަހަށް ހައްލުކުރުން
  4. ހޮސްޕިޓަލްގައި ބޭނުންކުރާ އޮކްސިޖަން ސިލިންޑަރުތައް ބެލެހެއްޓުމާއި، ބޭނުންކުރަމުންދާ ފުޅި ހުސްވުމުން އާފުޅި އޮޕަރޭޓްކުރުމުގައި ނަރުހުންނާއި އެހީތެރިވުން
  5. މަސައްކަތްކުރުމަށް ބޭނުންކުރާ ޓޫލްސްތަކުގެ އިންވެންޓްރީ ބެލެހެއްޓުމާއި، ޓޫލްސްތައް މަހަކު އެއްފަހަރު ޗެކްކުރުމާއި، މަސައްކަތްނިމުމުން ޓޫލްސްތައް ސާފުކޮށް ރައްކާކޮށް ބެލެހެއްޓުން. (އެއްވެސް ބޭނުމަކަށް ޓޫލްސްއެއް އެހެން މީހަކާ ހަވާލުކުރާނަމަ ނުވަތަ ތަނުން ބޭރަށްގެންދާނަމަ ފޮތެއްގައި ލިޔެ ސޮއިކުރުވުން)
  6. އެކިއެކި މުނާސަބަތުތަކާއި ގުޅިގެން ފާހަގަ ކުރެވޭ ދުވަސްތަކަށް ހޮސްޕިޓަލް ޒީނަތްތެރި ކުރުން
  7. ހޮސްޕިޓަލުގެ އެކިޑިޕާރޓްމަންޓް ތަކުގައި ހަރުކުރެވިފައިވާ އޭ.ސީތައް މަދުވެގެން މަހަކު 1 ފަހަރު ސާފުކުރުން
  8. ކްލިނިކް އިމާރާތާއި ހޮސްޕިޓަލުގެ އޮފީހާއި އެހެނިހެން ތަންތަނުގައި ހުންނަ އިލެކްޓްރިކް، އިލެކްޓްރޯނިކް މެޝިނަރީޒް ސަރވިސްކުރުމާއި ، ތަނުން މަރާމާތު ކުރެވޭވަރުގެ ތަކެތިމަރާމާތުކުރުން.އަދި ބަދަލު ކުރަންޖެހޭ ބޮކި ،ފަންކާ، ހޮޅިބުރިފަދަ ތަކެތި ދުވަހުން ދުވަހަށް ބަދަލުކުރުން
  9. ހޮސްޕިޓަލުގައި ބޭނުންކުރާ މެޝިނަރީޒްފަދަ ތަކެތި ހަލާކުވުމުން މަރާމާތު ނުކުރެވޭނަމަ އެތަކެތި އޮފީހުގެ އިސްވެރިއެއްގެ މަޝްވަރާއާއެކު މާލެފޮނުވާ މަރާމާތު ކުރުވުން
  10. އަތޮޅުގެ ޞިއްހީ ޚިދުމަތްދެ ތަންތަނުން ހަލާވާ މެޝިނަރީޒްއާއި އެހެނިހެންތަކެތި މަރާމާތު ކުރުމާއި، އެރަށްރަށުން މަރާމާތުކުރުމަށް މައްސަލަޖެހިގެން ގެނެވޭ ތަކެތި މަރާމާތުކުރުން .އަދި މަރާމާތު ނުކުރެވޭ ތަކެތި މާލެފޮނުވާ މަރާމާތު ކުރުވުން
  11. ހޮސްޕިޓަލުގެ އެމްބިއުލާންސްއަށް ދިމާވާ މައްސަލަތަކުގެ ތެރެއިން ޙައްލުކުރެވޭކަހަލަ ކަންކަން ޙައްލުކުރުމުގައި އެހީތެރިވުން
  12. މުވައްޒަފަކު ޗުއްޓީ ނަގައިފި ހާލަތެއްގައި މަސައްކަތުގެ ފެންވަރުން އެމުވައްޒަފުގެ މަސައްކަތާގުޅޭގޮތުން ޙަވާލުކުރެވޭ މަސައްކަތްތައް ކުރުން
  13. މީގެއިތުރުން މަގާމުގެ ހައިޘިއްޔަތުން ކުރަންޖެހޭ މަސައްކަތްތައް ކުރުމާއި . ހުރިހާ މުވައްޒަފުން ގުޅިގެން ކުރަންޖެހޭ މަސައްކަތްތަކުގައި ބައިވެރިވުން 

މަޤާމުގެ ޝަރުތުތައް

  1. ސާނަވީ ނުވަތަ އެ އާ އެއް ފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން 'ސެކެންޑަރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑަރީ ސްކޫލް' ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލްސާރވިސް ކޮމިޝަންގެ ވެބްސައިޓުންނާއި ށ. އަތޮޅު ހޮސްޕިޓަލް އޮފީހުން ލިބެންހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛  ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

(ށ)  މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

  1. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.
  2. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓުފިކެޓްގެ ކޮޕީ.
  3. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)  އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް 

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  1. ތަޢުލީމާއި ތަމްރީން ( ލިބިފައިވާ ތަޢުލީމު ، މަގާމުގެ މަސައްކަތުގެ ދާއިރާއާއި ގުޅޭ ކުރުމުއްދަތުގެ ތަމްރީން )
  2. އިމްތިޙާން ''ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާން''
  3. މަސައްކަތުގެ ތަޖްރިބާ ( މަގާމުގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ތަޖުރިބާ )
  4. ލިބިފައިވާ ހުނަރު ( އިންޓަރވިއު / ޕްރެކްޓިކަލްސް )
  5. ނޯޓް: މަގާމަށް ޢައްޔަން ކުރުމަށް، ވަޒީފާއަށް އެދިފައިވާ މީހާއަށް ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ލިބުނު ޕޮއިންޓުގެ ޖުމްލަ %45 ( ސާޅީސް ފަހެއް ) އިންސައްތައަށްވުރެ މަތިވާން ޖެހޭނެއެވެ.  

މަޤާމަށް އެދެންވީގޮތާއި ސުންގަޑި

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 03 ސެޕްޓެމްބަރ 2019 ވާ ބުރާސްފަތި ދުވަހު ގެ 14:00ގެ ކުރިން، ށ. އަތޮޅު ހޮސްޕިޓަލަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް ([email protected]) އަދި ފެކްސް (6540616) މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ  ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ  08 ސެޕްޓެމްބަރ 2019 އާއި 26 ސެޕްޓެމްބަރ 2019 އާ ދެމެދު، ށ. ފުނަދޫ އަތޮޅު ހޮސްޕިޓަލް ގައެވެ.

ޝޯޓް ލިސްޓް ކުރުން

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތެއް ޝޯޓްލިސްޓް ކުރެވޭނެއެވެ. 

އިތުރު މަޢުލޫމާތު

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް 6540061 މިނަންބަރަށް ރަސްމީގަޑީގައި ގުޅުއްވުން އެދެމެވެ. ފެކްސް ނަމްބަރަކީ، 6540616 އެވެ. އަދި އީ-މެއިލް ކުރައްވާނަމަ   [email protected] އަށެވެ.  

                                24 ޛުލްޙިއްޖާ 1440

       

25 އޮގަސްޓް 2019