ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)301-PJ/301/2019/33
ޕަބްލިޝްކުރި ތާރީޚް: 25 އޮގަސްޓް 2019
ޕަބްލިޝްކުރި ގަޑި: 13:48
ސުންގަޑި: 28 އޮގަސްޓް 2019 13:15
މާޅޮސްމަޑުލު އުތުރުބުރީ އަނގޮޅިތީމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކޮންޓްރެކްޓް އުސޫލުން ރ.އަނގޮޅިތީމު ފުޓްސަލް ދަނޑުގެ ބޮޑުކުރިބައިގައި އެޅުމަށް ކާރޕެޓް ގަނެ ފޯރުކޮށްދޭނެ ފަރާތެއް ހޯދުން.

ކޮންޓްރެކްޓް އުސޫލުން ރ.އަނގޮޅިތީމު ފުޓްސަލް ދަނޑުގެ ބޮޑުކުރިބައިގައި އެޅުމަށް ކާރޕެޓް ގަނެ ފޯރުކޮށްދޭނެ ފަރާތެއް ހޯދުން.

         މި އިދާރާގެ ނަންބަރު   (IUL)301-PJ/301/2019/31  06 އޮގަސްޓް 2019 ވަނަ އިޢްލާނަށް އެއްވެސް ފަރާތަކުން އިޖާބަ ދީފައި ނުވާތީ  ފުޓްސަލް ދަނޑުގެ ބޮޑުކުރި ބައިގައި އެޅުމަށް ކާރޕެޓާއި ، ކާރޕެޓް ހިއްޕުމަށް ބޭނުން ކުރާ ތެރަސް ގަނެ މި އިދާރާއަށް  ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް 02 ވަނަ ފަހަރަށް އިޢްލާން ކުރަމެވެ.         

         މިކަމަށް ކުރިމަތިލެވޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަމްބަރު 2014/18) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކާއި، އަމިއްލަ ފަރުދުންގެ ޤާނޫނު (ޤާނޫނު ނަމްބަރު 2014/19) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

         ވީމާ، މިކަމަށް ޝައުގުވެރިވާ  ފަރާތްތަކުން 2019 އޮގަސްޓް  28 ވާ ބުދަ  ދުވަހުގެ 13:15ށް  މަޢުލޫމާތު ސާފުކުރަން ވަޑައިގެންދެއްވުން އެދެމެވެ. އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 2019 ސެޕްޓެމްބަރ 02 ވާ ހޯމަ ދުވަހުގެ 13:15 ގައެވެ.

         މަޢުލޫމާތު ދިނުމާ އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ ރ. އަނގޮޅިތިމު ކައުންސިލް އިދާރާގެ ކޮންފަރެންސް  ރޫމްގައެވެ. މަޢުލޫމާތު  ސާފުނުކުރައްވާ  ފަރާތްތަކަށް  އަންދާސީ ހިސާބު  ހުށައެއްނޭޅޭނެއެވެ. ބަދަލުގައި ހާޒިރުވާ  ފަރާތެއްނަމަ  ވެރިފަރާތުގެ ސިޓިއާއި  ވެރިފަރާތުގެ އައި.ޑީ.ކާޑް ކޮޕީ  ހުށަހަޅަންވާނެއެވެ. މަޢުލޫމާތު ސާފު ކުރަން ވަޑައިގަންނަވާއިރު އައި.ޑީ ކާޑު ގެންނަން ވާނެއެވެ. އެކަކަށް ދެފަރާތެއްގެ ނަމުގައި އަންދާސި ހިސާބު ހުށައެއް ނޭޅޭނެއެވެ.

މަސައްކަތް ހަވާލުކުރުމުގައި ބެލޭނެ މިންގަނޑުތައް.

  • އަގު %75
  • މަސައްކަތުގެ މުއްދަތު  %25

 

          ވީމާ، މިކަން  އާއްމުކޮށް އެންގުމަށްޓަކައި  އިޢުލާން ކުރީމެވެ.               

25 އޮގަސްޓް 2019