ވަޒީފާގެ ފުރުޞަތު
ނަންބަރު: J02C/2019/01
ޕަބްލިޝްކުރި ތާރީޚް: 22 އޮގަސްޓް 2019
ޕަބްލިޝްކުރި ގަޑި: 14:07
ސުންގަޑި: 03 ސެޕްޓެންބަރު 2019 13:30
ފެލިދެއަތޮޅު ފެލިދޫ މެޖިސްޓްރޭޓް ކޯޓު
ދިވެހިރާއްޖެ
ކޯޓު އޮފިސަރު ( ދާއިމީ ) ވ. ތިނަދޫ މެޖިސްޓްރޭޓްކޯޓް

ވަޒީފާގެ ފުރުޞަތު

ނަންބަރު:

J02C/2019/01

 

ތާރީޚް:

22 އޮގަސްޓް 2019

  • މަޤާމް:

ކޯޓް އޮފިސަރ  (ދާއިމީ)

ރޭންކް:

ޖީ. އެސް 3

  • ޢަދަދު:

01 (އެކެއް)

  • މަސައްކަތް ކުރަންޖެހޭ ތަން:

ވ.ތިނަދޫ މެޖިސްޓްރޭޓް ކޯޓް

  • އަސާސީ މުސާރަ:

4465.00 ރުފިޔާ (ހަތަރުހާސް ހަތަރުސަތޭކަ ފަސްދޮޅަސް ފަސްރުފިޔާ/-)

  • މި މަޤާމަށް ލިބޭ އެލަވަންސް
  • ސާރވިސް އެލަވަނަސް: 1500.00 ރުފިޔާ (ފަނަރަ ސަތޭކަ ރުފިޔާ/-)
  • ޖުޑީޝަލް އެލަވަންސް ގެ ގޮތުގައި މުސާރައިގެ %20
  • ލިވިންގ އެލަވަންސް: 2550.00 ރުފިޔާ (ދެހާސް ފައްސަތޭކަ ފަންސާސް ރުފިޔާ)
  • ހަމަޖެހިފައިވާ އުސޫލުން އިތުރު ގަޑި
  • އަސާސީ ޝަރުޠު:

1-      މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު / ޤާބިލްކަން އިންޓަވިއުގައި ޘާބިތު ކޮށްދިނުމާއި އެކު، ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ފާސްލިބިފައިވުމާއެކު، ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި "ދިވެހި" މިމާއްދާއިން ދަށްވެގެން "ސީ" ފާސްލިބިފައިވުން. ނުވަތަ،

2-     މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުން ޙައްްގުވާ މާކުހެއް ލިބެމުންދިޔުމާއެކު، 2GS ރޭންކުގައި މަދުވެގެން 2 އަހަރު ދުވަހު މަސައްކަތު ތަޖުރިބާ ލިބިފައިވުން.

  • މަޤާމުގެ މަސްޢޫލިއްޔަތު:
  • ކޯޓަށް ހުށަހެޅޭ ޝަރުޢީ މައްސަލަތަކާ ގުޅިގެން ކުރަންޖެހޭ އެންމެހާ ކަންކަން ކުރުން.
  • ކޯޓަށް ހާޟިރުކުރަންޖެހޭ ފަރާތްތަކަށް ރައްދުކުރަންޖެހޭ ޗިޓްތައް ތައްޔާރުކުރުން.
  •  ޝަރީއަތުގެ މަޖިލިސް ތައްޔާރުކޮށް ބެލެހެއްޓުމާއި ޝަރީޢަތުގެ މަޖިލީހުގައި ލިޔަންޖެހޭ އެންމެހާ ލިޔުންތައްލިޔެ ތައްޔާރުކުރުން.
  • ކޯޓަށް ހުށަހެޅޭ ކައިވެނިތަކާއި ގުޅިގެން ކުރަންޖެހޭ އެންމެހާ ކަންތައްތައް ކުރުން.

 

އަދި މީގެ އިތުރުންވެސް ޤާނޫނާއި ޤަވާއިދުގެ ތެރެއިން ކޯޓްގައި ކުރަންޖެހޭ އިދާރީ މަސައްކަތް ތަކާއި އަދި ކޯޓްގެ އިސްވެރިން ޙަވާލުކުރާ ރަސްމީ ކޮންމެ މަސައްކަތެއް ޤަވާޢިދުން ކުރުން.

  • ހުށަހަޅަންޖެހޭ ތަކެތި
  • ޝަރުޢީ ދާއިރާގެ ވަޒީފާއަށް ވަންނަށް އެދޭ ފޯމް
  • ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  • ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އަޞްލާއި އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ތައްގަނޑު ޖަހާ ފައިވާ)
  • ލިބިފައިވާ ތަޖުރިބާ ދަލީލުކޮށްދޭ ލިޔުންތަކުގެ ކޮޕީ.
  • ވަނަވަރު (ސީ.ވީ)
  • ސުންގަނޑި:
  • 03 ސެޕްޓެމްބަރ 2019 ވާ އަންގާރަ ދުވަހުގެ 13:30

އެހެނިހެން މަޢުލޫމާތު

-          ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ނަންބަރު 198-A/2019/623 (18 އޯގަސްޓް 2019) މެސެޖުން މިކޯޓުގެ ހުސްވެފައިވާ ކޯޓް އޮފިސަރ މަޤާމު މީހަކު ހޯދުމަށް ޢިއުލާން ކުރުމަށް އަންގަވާފައިވާތީވެ، މިކޯޓަށް ކޯޓް އޮފިސަރ އެއް ހޯދުމަށް ޢިއުލާން ކުރީމެވެ.

 

-          މި މަޤާމަށް މީހަކު ހޮވުމުގައި ޝަރުޢީ މަސައްކަތްތައް ކުރުމުގެ ތަޖުރިބާ ޤާބިލް ކަން ހުރި މީހުންނަށް އިސްކަން ދެވޭނެއެވެ.

 

މިމަޤާމަށް އެދިލަށްވާ ފަރާތް ތަކުން ފުރަންޖެހޭ ޝަރުޢީ ދާއިރާގެ ވަޒީފާއަށް އެދޭ ފޯރމް މިކޯޓުންނާއި، ޑިޕާރޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ވެބްސައިޓް www.judiciary.gov.mv އިން ލިބެން ހުންނާނެއެވެ.

 

 

 

22 އޮގަސްޓް 2019