ދިވެހިރާއްޖެ
މަޤާމް: |
މަސައްކަތު |
މަޤާމުގެ ނަންބަރު: |
J-221223 |
ބޭނުންވާ އަދަދު: |
1 (އެކެއް) |
މަޤާމުގެ ގިންތި: |
ދާއިމީ |
މަޤާމުގެ ރޭންކް: |
އެސް. އެސް. 1 |
މަޤާމުގެ ކްލެސިފިކޭޝަން: |
ސަޕޯޓް ސްޓާފް ގްރޭޑް 1 |
ވަޒީފާ އަދާކުރަން ޖެހޭ ތަން: |
މުލަކަތޮޅު ދިއްގަރު ކައުންސިލްގެ އިދާރާ |
މުސާރަ: |
3100.00 (ތިންހާސް އެއްސަތޭކަ ރުފިޔާ) |
ސަރވިސް އެލެވަންސް: |
1000.00 (އެއްހާސް ރުފިޔާ) |
އެހެނިހެން އެލަވަންސް: |
1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން ބޭސްފަރުވާގެ ޚިދުމަތް. 2. ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން. 3. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ. 4. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން ސަޕޯޓިންކް ކޯ އެލަވަންސްގެ ގޮތުގައި ލިބިލައްވާ 1200.00 (ބާރަސަތޭކަ ރުފިޔާ) މަހަކު. |
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް: |
1. ކައުންސިލް އިދާރާއާއި، އިދާރާގެ ގޯތިތެރެ އަދި ވަށައިގެންވާ މަގުތައް ކުނިކަހާ، ފޮޅާ ސާފުކުރުމާއި، އިދާރާގެ ފާޚާނާ ދޮވެ ސާފުކުރުން. 2. ހަފުތާއަކު އެއްފަހަރު އިދާރާގައި ހުންނަ ގޮނޑިއާއި، މޭޒާއި، ކަބަޑުތައް އަދި ފަންކާތަކާއި، ދޮރާއި ދޮރުފަތްތައް ފުހެ ސާފުކުރުމާއި، ޑަސްބިނުގައި ހުންނަ ކަރުދާސް އަންދައި، އެހެން ކުނިތައް ކުނިގޮނޑަށް ގެންދިއުން. 3. މަހަކު އެއްފަހަރު އޮފީހުގެ ސީލިން ފޮޅައި، އޭ.ސީތަކާއި، ދިޔަދޮވިތައް ސާފުކޮށް ބެލެހެއްޓުން. 4. އަނބުރާ ދައްކާގޮތަށް އިދާރާއިން ދޫކުރުމަށް ހަމަޖައްސާފައިވާ ތަކެތި، ދޫކޮށް ބަލައިގަތުމުގެ އެންމެހާ ކަންކަން ކުރަމުން ގެންދިއުމާއި، މަހަކު އެއްފަހަރު އެތަކެތި ހަމަތޯ ބަލައި ޗެކްކުރުން. 5. އިދާރާއިން އިންތިޒާމްކުރާ ބައްދަލުވުންތަކާއި، ހަފްލާތަކަށް މީހުންނަށް ކިޔުމާއި، ބައްދަލުވުން ނުވަތަ ހަފްލާ އޮންނަތަން ތައްޔާރުކޮށް، އެކަމެއް ނިމުމުން ކުރިން ހުރިގޮތަށް ބަދަލުކުރުން. 6. އެކިއެކި ފަރާތްތަކަށް ހަވާލުކުރަންޖެހޭ ތަކެތި، ރައްކާތެރިކަމާއެކު އެފަރާތްތަކަށް ޙަވާލުކުރުން. 7. އެކިއެކި ކަންކަމުގައި އިދާރާއަށް ހާޒިރުކުރަންޖެހޭ ފަރާތްތަކަށް، އިދާރާއަށް ހާޒިރުވުމަށް އެންގުން. 8. އިދާރާގެ ބޭނުމަށް ގެނެވޭ މުދާ، ވީއެންމެ އަވަހަކަށް އިދާރާއިން އަންގާތަނަކަށް ވައްދައި ރައްކާކުރުން. 9. ރަށަށް ވަޑައިގަންނަވާ ޢިއްޒަތްތެރިންނާއި، ދަޢުލަތުގެ މުއައްސަސާތަކުގެ ޓީމްތަކުގެ ބޭފުޅުންގެ ލަގެޖް އުފުލުމާއި، އިދާރާއިން އަންގާ އެހެނިހެން އެހީތެރިކަން ދިނުން. 10. އިދާރާއިން އާއްމުކުރާ އިޢުލާންތަކާއި، އެންގުންތަކާއި، ދެންނެވުންތަކާއި، އާއްމުކުރަންޖެހޭ އެހެނިހެން ލިޔުންތައް އިދާރާގެ ނޯޓިސް ބޯޑުގައާއި، އިދާރާއިން އަންގާ ތަންތަނުގައި ބެހެއްޓުން. 11. އެކި ބޭނުންތަކަށް ރަށުން ދޫކުރާ ބިންތަކުގެ އިންވަކިކުރުންފަދަ ކަންކަމުގައި އެހީތެރިކަން ދިނުމާއި، ސްޓޮކް ބަލަހައްޓާ ފަރާތުގެ ލަފާގެމަތިން ސްޓޮކްގައިވާ ތަކެތި ތަރުތީބުކޮށް، އެތަން ސާފުކުރުން. 12. އިދާރާއިން ކުރިއަށްގެންދާ ޚާއްސަ މަސައްކަތްތަކުގައި ބައިވެރިވުމާއި، އިދާރާގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ހަވާލުކުރެވޭ އެހެނިހެން ކަންތައްތައް ކުރުން. |
މަޤާމުގެ ޝަރުޠުތައް: |
1. ލިޔަންކިޔަން އެނގުން (ލިޔަންކިޔަން އެނގޭކަން ދެނެގަންނާނީ، ދަށްވެގެން ގްރޭޑް 5 ނިންމިކަމުގެ ލީވިންގ ސެޓްފިކެޓް ނުވަތަ ލިޔަންކިޔަން އެނގޭކަމަށް ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ބަޔާންކޮށް ދޫކުރާ ލިއުމަށް ބަލައިގެންނެވެ.) |
ހުށަހަޅަންޖެހޭ ލިޔުންތައް: |
1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި މިއިދާރާއިން ލިބެންހުންނާނެއެވެ.) 2. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. 3. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން. 4. ދަށްވެގެން ގްރޭޑް 5 ނިންމި ކަމުގެ ލީވިންގ ސެޓްފިކެޓް ނުވަތަ ލިޔަން ކިޔަން އެނގޭކަމަށް ސަރުކާރުގެ ކަމާބެހޭ އިދާރާއަކުން ބަޔާންކޮށް ދޫކުރާ ލިޔުން 5. ވަޒީފާގެ މަސައްކަތުގެ ދާއިރާއާގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ. 6. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ: (ހ) ދައުލަތުގެ މުއައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި، ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްޢިއްޔާ/ ޖަމާއަތެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި،ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުންނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް |
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް: |
1. ތަޢުލީމާއި، ތަމްރީން (ކަނޑައެޅިފައިވާ އިންސައްތަ %26) · ލިބިފައިވާ ތަޢުލީމް: 25 މާކްސް – 21 އިންސައްތަ · މަސައްކަތުގެ ދާއިރާއާއި ގުޅޭ ކުރުމުއްދަތުގެ ތަމްރީނު: 30 މާކްސް – 5 އިންސައްތަ 2. މަސައްކަތުގެ ތަޖުރިބާ (ކަނޑައެޅިފައިވާ އިންސައްތަ %26) · މަސައްކަތުގެ ދާއިރާއާއި ގުޅޭ ތަޖުރިބާ: 30 މާކްސް – 26 އިންސައްތަ 3. ލިބިފައިވާ ހުނަރު: (ކަނޑައެޅިފައިވާ އިންސައްތަ %48) · އިންޓަވިއު / ޕްރެކްޓިކަލްސް: 100 މާކްސް – 48 އިންސައްތަ |
މަޤާމަށް އެދެންވީގޮތާއި ސުންގަޑި: |
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 04 ސެޕްޓެމްބަރ 2019 ވާ ބުދަ ދުވަހުގެ 13:00 ގެ ކުރިން،މުލަކަތޮޅު ދިއްގަރު ކައުންސިލް އިދާރާ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް ([email protected]) އަދި ފެކްސް (6720031) މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ. (ނޯޓް: އީމެއިލް މެދުވެރިކޮށް ފޮނުވާ އެޕްލިކޭޝަން ފޯމާއި ލިޔުންތައް ގަޑި ޖެހުމުގެ ކުރިން ލިބުނުތޯ ޗެކްކޮށް ބެލުމަކީ ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުން ކުރަންޖެހޭ ކަމެކެވެ.) |
އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު: |
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ،05 ސެޕްޓެމްބަރ 2019 އާއި 15 ސެޕްޓެމްބަރ 2019 އާ ދެމެދު،މުލަކަތޮޅު ދިއްގަރު ކައުންސިލް އިދާރާގައެވެ. އިންޓަވިއުއަށް ހޮވޭ ފަރާތްތަކަށް އިންޓަވިއު އޮންނާނެ ގަޑިއާއި ތާރީޚް ހަމަޖެހިފައިވާ އުޞޫލުގެ ތެރެއިން އަންގާނެއެވެ. |
ޝޯޓް ލިސްޓްކުރުން: |
މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠުހަމަވާ ފަރާތްތަކުގެ ޢަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތި ލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ. |
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ (6720031) އަށެވެ. ފެކްސް ކުރާނެ ނަންބަރަކީ، (6720031) އެވެ. އީ-މެއިލް ކުރާނީ ([email protected])އަށެވެ. |