މަސައްކަތް
ނަންބަރު: GS07/IUL/2019/017
ޕަބްލިޝްކުރި ތާރީޚް: 22 އޮގަސްޓް 2019
ޕަބްލިޝްކުރި ގަޑި: 09:39
ސުންގަޑި: 26 އޮގަސްޓް 2019 11:00
ނ. އަތޮޅު ތަޢުލީމީ މަރުކަޒު
ދިވެހިރާއްޖެ
އަންދާސީހިސާބު ހުށައެޅުމުގެ ދަޢުވަތު

ނ. އަތޮޅު ތަޢުލީމީ މަރުކަޒު

      ސޯސަންމަގު

      ނ.ވެލިދޫ، ދިވެހިރާއްޖެ                                   ނަމްބަރު:GS07/IUL/2019/017

އިޢުލާން

އަންދާސީހިސާބު ހުށައެޅުމުގެ ދަޢުވަތު   

    

      މިމަދަރުސާގެ ސްޓަފްރޫމާއި، ސްޕަވައިޒަރ ރޫމްގެ ފާރުތަކުން ކުލާފައިބާ ތަންތަން މަރާމާތުކޮށް ކުލަލުމުގެ މަސައްކަތް އަމިއްލަތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުން ވެއްޖެއެވެ.

 

           މިމަސައްކަތަށް އެދި ފުރުޞަތު ހުޅުވާލެވިފައިވަނީ ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު 2014/18) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫން (ޤާނޫން ނަމްބަރު 2014/19) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

 

           ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ދުވަސްތަކާއި، ގަޑިތަކުގައި މި މަދަރުސާއަށް ޙާޟިރުވެ، މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީހިސާބު ހުށައެޅުއްވުން އެދެމެވެ.

 

މަޢުލޫމާތު ސާފުކުރެއްވުން

2019 އޮގަސްޓް 26 ވާ ހޯމަ ދުވަހުގެ 11:00 ގައި

އަންދާސީހިސާބު ހުށައެޅުއްވުމާއި، ކެނޑުން

2019 އޮގަސްޓް 28 ވާ ބުދަ ދުވަހުގެ 11:00 ގައި

 

               މަޢުލޫމާތު ސާފުކުރެއްވުމަށާއި، އަންދާސީހިސާބު ހުށައެޅުމަށް ބަދަލުގައި މީހަކުފޮނުވާނަމަ އެކަންބަޔާންކޮށް މަދަރުސާއަށް ސިޓީހުށައަޅުއްވަންވާނެއެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބާއި، ގަޑިޖެހުމަށްފަހު ހުށައަޅާ އަންދާސީ ހިސާބުތައް ބަލައެއް ނުގަނެވޭނެއެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް ބޭނުންވާނަމަ، 6560019 ނަންބަރު ފޯނަށް ގުޅުއްވުން އެދެމެވެ.

 

21 ޛުލްހިއްޖާ 1440

22 އޮގަސްޓް 2019

22 އޮގަސްޓް 2019