މަސައްކަތް
ނަންބަރު: 171-I2(b)/IUL/2019/109
ޕަބްލިޝްކުރި ތާރީޚް: 21 އޮގަސްޓް 2019
ޕަބްލިޝްކުރި ގަޑި: 14:51
ސުންގަޑި: 25 އޮގަސްޓް 2019 16:00
މޯލްޑިވްސް ޕޮލިސް ސަރވިސް
ދިވެހިރާއްޖެ
މ.މުލި ޕޮލިސް ސްޓޭޝަންގައި ބޭނުންކުރާ އެއްގަމު އުޅަނދުފަހަރާއި މ.އަތޮޅުގައި ބޭނުންކުރާ ޕޮލިސް ކަނޑު އުޅަދުފަހަރުތަަކަށް ބޭނުންވާ ޕެޓްރޯލާއި ޑީސެލް ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުން

ބީލަން ހުށަހެޅުމުގެ ދަޢުވަތު.

  1. މ.މުލި ޕޮލިސް ސްޓޭޝަންގައި ބޭނުންކުރާ އެއްގަމު އުޅަނދުފަހަރަށާއި، މ.އަތޮޅުގައި ބޭނުންކުރާ ޕޮލިސްގެ ކަނޑުއުޅަނދު ފަހަރަށް ބޭނުންވާ ޕެޓްރޯލާއި ޑީސަލް ސަޕްލައިކޮށްދެއްވާނެ ފަރާތެއ ހޯދަން ބޭނުންވެގެން ކުރި މިސަރވިސްގެ އިޢުލާން ނަމްބަރ171-I2(b)/IUL/2019/101  އެކަށީގެންވާ ތަރުޙީބެއް ލިބިފައިނުވާތީވެ، ދެންނެވިފައިވާ އިޢުލާން ބާތިލްކޮށް މިމަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝައުޤުވެރިވެލައްވާ އެންމެހައި ފަރާތްތަކަށް އަލުން ހުޅުވާލަމެވެ.              
  2. ބީލަމުގައި ބައިވެރިވުމަށް އެދޭފަރާތްތަކުން މޯލްޑިވްސް ޕޮލިސް ސަރވިސްގެ ވެބްސައިޓްގައި މިއިޢުލާނުގެ "ރިލޭޓަޑް ޑޮކިއުމަންޓްސް"ގެ ދަށުން ފޯރުކޮށްދީފައިވާ "Bid Registration Form" ފުރިހަމަކުރެއްވުމަށްފަހު ތިރީގައިވާ 02 އީ-މެއިލް އެޑްރެހަށް ފޮނުވުމުން ބީލަމުގައި ރަޖިސްޓްރީވިކަމުގެ ސްލިޕް ރަޖިސްޓްރީ ނަމްބަރާއިއެކު 24 ގަޑިއިރުގެ ތެރޭގައި މެއިލްކުރެވޭނެއެވެ. ބީލަމުގައި ރަޖިސްޓްރީވިކަމަށް ޔަގީންކުރަންވާނީ ރަޖިސްޓްރީނަމްބަރު ލިބުމުންނެވެ.

   3. ބީލަމުގައި ރަޖިސްޓްރީ ވެވޭނެ އެންމެ ފަހުވަގުތަކީ 2019 އޮގަސްޓް 25 ވަނަ ދުވަހު ގެ 16:00 އެވެ. ބީލަމަށް ރަޖިސްޓްރީ ކުރަން ދެވިފައިވާ ގަޑީގެ ފަހުން ލިބޭ އެއްވެސް ފޯރމެއް ބަލައި ނުގަނެވޭނެ ވާހަކަ ބީލަންވެރިންގެ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.

   4. މިޕްރޮޖެކްޓާއި ގުޅިގެން ޕްރީބިޑް ބައްދަލުވުން އޮންނާނީ މ.މުލި ޕޮލިސް ސްޓޭޝަންގައެވެެ.

ތާރީޚް:  2019 އޮގަސްޓް 26

ގަޑި:   14:00

  5. ބީލަން ހުޅުވުން އޮންނާނީ 2019 އޮގަސްޓް 29 ވަނަ ދުވަހުގެ 14:00 ގައި މ.މުލި ޕޮލިސް ސްޓޭޝަން ގައެވެ. ބީލަންތައް ހުންނަަން ވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށްދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަގުތު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ. ގަޑި ޖެހުމަށްފަހު ހުށަހަޅާ ބީލަންތައް  ބަލައި ނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.

  6. ބިޑް ހުޅުވުމަށް އޮންނަ ބައްދަލުވުމުގައި ބައިވެރިވެވޭނީ ކަނޑައެޅިފައިވާ މުއްދަތުގައި ބީލަމަށް ރެޖިސްޓްރީ ވުމަށް އެދި ފޯރމް ހުށަހަޅައި ބީލަމުގައި ރެޖިސްޓްރީ ކުރެވިފައިވާ ކަމުގެ ސްލިޕްް ފޯރުކޮށްދެވިފައިވާ ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ.

  7. މިޕްރޮޖެކްޓާއިގުޅޭ އެންމެހައި މައުލޫމާތު މޯލްޑިވްސް ޕޮލިސް ސަރވިސްގެ ވެބް ސައިޓް www.police.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.

  8. ޕްރޮޖެކްޓާއި ގުޅޭ ގޮތުން އެއްވެސް ސުވާލެއް ވާނަމަ 2019  އޮގަސްޓް 26 ވަނަ ދުވަހުގެ 11:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް އީ-މެއިލް ކުރަންވާށެއެވެ.

  9. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން  ލިބިވަޑައިގަންނަވާނެއެވެ.

ޕްރޮކިއުމަންޓް އެންޑް އެސެޓް މެނޭޖްމަންޓް ޔުނިޓް

މޯލްޑިވްސް ޕޮލިސް ސަރވިސް

އަމީނީމަގު ، މާލެ، ދިވެހިރާއްޖެ

ފޯން: +960 979 0052

އީ-މެއިލް: [email protected]

ކޮޕީ: [email protected]

21 އޮގަސްޓް 2019

21 އޮގަސްޓް 2019