ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)412/412/2019/33
ޕަބްލިޝްކުރި ތާރީޚް: 21 އޮގަސްޓް 2019
ޕަބްލިޝްކުރި ގަޑި: 12:36
ސުންގަޑި: 05 ސެޕްޓެންބަރު 2019 13:00
ހުވަދުއަތޮޅު އުތުރުބުރީ ކޮނޑޭ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން ގޯތިތަކުގައި ގެ އިމާރާތް ކުރުމާއި ބެހޭ

އިޢުލާން

ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން ގޯތިތަކުގައި ގެ އިމާރާތް ކުރުމާއި ބެހޭ:

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ވަޢުދުގެ ދަށުން އަތޮޅުތަކަށް އަމާޒުކޮށްގެން ހިންގުމަށް ހަމަޖެހިފައިވާ ހައުސިން ޔުނިޓް އެޅުމުގެ މަޝްރޫޢުގެ ދަށުން މިރަށުގައި 10 ހައުސިން ޔުނިޓް އެޅުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. އަދި މިމަޝްރޫއު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ދެބަޔަކަށެވެ. މިގޮތުން ރަށުގެ ލޭންޑް ޔޫސް ޕްލޭނާއި އެއްގޮތަށް ރޯހައުސް ނުވަތަ ފްލެޓް އިމާރާތް ކޮށް ދިނުމާއި، އިމާރާތް ނުކުރެވި ހުރި ގޯތިތަކުގައި ގެ އިމާރާތް ކޮށް ދިނުން ހިމެނެއެވެ.

ވީމާ މިމަޝްރޫއުގެ ދަށުން އިމާރާތް ނުކުރެވި ހުރި ގޯތިތަކުގައި ގެ އިމާރާތް ކުރުމަށް ބޭނުންވާ ފަރާތްތަކުން 2019 ސެޕްޓެމްބަރ 05 ވަނަ ދުވަހުގެ 13:00 ކުރިން މިއިދާރާއަށް ފޯމް ހުށަހެޅުއްވުން އެދެމެވެ. މިކަމަށް އެދި ހުށަހަޅަންޖެހޭ ފޯމް މިއިދާރާގެ ވެބްސައިޓް www.kondey.gov.mv  އިން ޑައުންލޯޑް ކުރެވެން ހުންނާނައެވެ. އަދި ރަސްމީ ގަޑީގައި މިއިދާރާގެ ކައުންޓަރުން ފޯމް ދޫކުރަމުން ދާނެއެވެ.

ބޯހިޔާވަހިކަމުގެ ވައުދުގެ ދަށުން ސަރުކާރުން އިމާރާތް ކުރުމަށް ހަމަޖެހިފައިވާ ހައުސިންގ ޔުނިޓް އިމާރާތް ކުރުމާއި ބެހޭ ޢުޞޫލް މިއިދާރާގެ ވެބްސައިޓާއި، ނޯޓިސް ބޯޑްގައި ޢަންމު ކުރެވިފައިވާނެއެވެ.

21   އޯގަސްޓް  2019

 

21 އޮގަސްޓް 2019