ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: FNK-I/IUL/2019/163
ޕަބްލިޝްކުރި ތާރީޚް: 20 އޮގަސްޓް 2019
ޕަބްލިޝްކުރި ގަޑި: 17:47
ސުންގަޑި: 02 ސެޕްޓެންބަރު 2019 13:00
ފެނަކަ ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
މި ކުންފުންޏަށް ބޭނުންވާ ޓްރާންސްފޯމަރ އަދި ރިންގ މެއިން ޔުނިޓް ހޯދުމާއި ގުޅޭ:

 

ނަންބަރު:FNK-I/IUL/2019/163

 

 

އިޢުލާން

 

މި ކުންފުންޏަށް ބޭނުންވާޓްރާންސްފޯމަރ އަދި ރިންގ މެއިން ޔުނިޓް ހޯދުމާއި ގުޅޭ:

މިކުންފުނިން ދޭ މަޢުލޫމާތާއި އެއްގޮތަށް ކުންފުންޏަށް ބޭނުންވާ ޓްރާންސްފޯމަރ އަދި ތްރީ ވޭ ރިންގ މެއިން ޔުނިޓް ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

       މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 02 ސެޕްޓެމްބަރ 2019 ވާ ހޯމަ ދުވަހުގެ 13:00 އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 09 ސެޕްޓެމްބަރ 2019  ވާ ހޯމަ ދުވަހުގެ 11:00 އަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރުމާއި އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ ކުންފުނީގެ ހެޑްއޮފީސް (ޕޯރޓް ކޮމްޕްލެކްސް، 7 ވަނަ ފަންގިފިލާ)ގައެވެ.

     ހަމަޖެހިފައިވާ ގަޑީގެ ފަހުން ހުށަހެޅޭ އަންދާސީ ހިސާބުތަކާއި ބިޑް ޑޮކިއުމަންޓް ނުގެންދަވާ ފަރާތްތަކުގެ އަންދާސީ ހިސާބުތައް އަދި މި އިޢުލާނާ ގުޅިގެން ދޫކުރެވޭ މަޢުލޫމާތު ކަރުދާހުގައި ހުށަހެޅުމަށް ބަޔާންކޮށްފައިވާ ލިޔުންތައް ހުށަނާޅާ އަންދާސީ ހިސާބުތައް، ބަލައި ނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. އަދި ކޮންމެ ވަގުތެއްގައި ވެސް އަންދާސީ ހިސާބުތައް ބާޠިލް ކުރުމުގެ ފުރިހަމަ އިޚްތިޔާރު މި ކުންފުންޏަށް ލިބިގެންވެއެެވެ.

             18 ޛުލްޙިއްޖަ 1440

             19 އޮގަސްޓް 2019

 

 

            

 

20 އޮގަސްޓް 2019