ދިވެހިރާއްޖެ
ޕްރޮޖެކްޓް ސުޕަވައިޒަރ - 'ސަޕޯޓިންގ ވަލްނަރަބްލް ކޮމިއުނިޓީސް އިން މޯލްޑިވްސް ޓު މެނޭޖް ކްލައިމެޓް ޗޭންޖް އިންޑިއުސްޑް ވޯޓަރ ޝޯޓޭޖަސް' ޕްރޮޖެކްޓް
ވަޒީފާއަށް ޝައުގުވެރިކަން ފާޅުކުރުމުގެ ދަޢުވަތު
ދިވެހި ސަރުކާރުގެ ފަރާތުން ކުރިއަށްގެންދާ ގްރީން ކްލައިމެޓް ފަންޑުން 'ސަޕޯޓިންގ ވަލްނަރަބްލް ކޮމިއުނިޓީސް އިން މޯލްޑިވްސް ޓު މެނޭޖް ކްލައިމެޓް ޗޭންޖް އިންޑިއުސްޑް ވޯޓަރ ޝޯޓޭޖަސް' ޕްރޮޖެކްޓްގެ ނަމުގައި ހިންގާ މަޝްރޫޢުގެ ދަށުން 25 ރަށަކަށް ވާރޭފެން ނަގާރައްކާކުރާ ނިޒާމެއް ޤާއިމްކުރުމަށް ވަނީ ހަމަޖެހިފައެވެ. މިގޮތުން މިމަޝްރޫޢުގެ އަމަލީ މަސައްކަތް ކުރިއަށްދާއިރު އަމަލީ މަސައްކަތްކުރާ ކޮންޓްރެކްޓަރުގެ މަސައްކަތްތައް ބަލައި މޮނިޓަރކުރުމަށްޓަކައި 01 ރަށެށްގައި ޕްރޮޖެކްޓް ސުޕަވައިޒަރެއްގެ ގޮތުގައި މުވައްޒަފަކު ނެގުމަށްބޭނުންވެއެވެ.
ވީމާ، މަތީގައިވާ މަގާމުތަކަށް ޝައުގުވެރިވާ ފަރާތްތަކުން އެކަމަށް އެދި ހުށަހެޅުއްވުމަށް ދަންނަވަމެވެ. މިމަގާމު ގެ ޓާރމްސް އޮފް ރެފަރެންސް މި އިޢުލާނާއި އެއްކަރުދާސްކުރެވިފައި ހުންނާނެއެވެ.
ޕްރޮޖެކްޓް އޮފިސަރުން ބޭނުންވާރަށްތަކުގެ ލިސްޓް
1. ތ. އޮމަދޫ
ތަޢުލީމާއި ތަޖްރިބާ:
- ގްރޭޑް 7 ނިންމާފައިވުމާއި އިންގިރޭސިބަހާއި ދިވެހިބަހުން ލިޔެކިޔުމަށް ފަރިތަވުން.
- ކޮންސްޓްރަކްޝަން ސައިޓްގައި މަސައައްކަތް ކުރުމުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަން ދެވޭނެ.
- އަމިއްލައަށް އިސްނަގައިގެން މަސައްކަތް ކުރުމުގެ ޤާބިލްކަން ލިބިފައިވުމާއިއެކު ދިމާވާ މައްސަލަތައް ޙައްލުކުރުމަށް މުޢާމަލާތްކުރުމުގެ ހުނަރުލިބިފައިވުމާއި، މައްސަލަތައް ޙައްލުކުރުމުގެ ޤާބިލްކަން ލިބިފައިވުން އަދި ތަފާތު ހުނަރުތައް އެކުލެވޭ ޓީމެއްގައި މަސައްކަތް ކުރުމުގެ ޤާބިލްކަން ލިބިފައިވުން
- ކޮންޕިއުޓަރު ބޭނުން ކުރުމާއި 'މައިކްރޮސޮފްޓް ވޯޑް' 'މައިކްރޮސޮފްޓް އެކްސެލް' ފަދަ ސޮފްޓްވެއާތަކަށް އަހުލުވެރިވެފައިވުން
ވަޒީފާއަށް އެދި ހުށަހަޅުއްވާއިރު ހުށަހަޅަން ޖެހޭ ލިއެކިއުންތައް
- ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ (އެކްސްޕްރެޝަން އޮފް އިންޓްރެސްޓް)
- ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުގެ ވަނަވަރު
- ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
- ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ، ސްކޫލް ލީވިން ސެޓްފިކެޓް ނުވަތަ ބަޔާން ކޮށްފައިވާ ގްރޭޑް ފުރިހަމަ ކޮށްފައިވާ ކަމުގެ ލިޔުމެއް.
- ލިބިފައިވާ ތަޖުރިބާ ގެ ރެފެރެންސް ސިޓީ ނޫނީ ރެފެރެންސް ހޯދަން ގުޅޭނެ ނަންބަރެށް.
ވަޒީފާއަށް އެދި ހުށަހަޅާފަރާތްތަކުގެ ތެރެއިން އިންޓަރވިއުއަށް ކިއުމަށް ހަމަޖެހިފައިވަނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.
މި މަގާމުތަކަށް ކަނޑައަޅާފައިވާ އުޖޫރަ
މި މަޤާމަށް ހޮވޭ ފަރާތަކަށް ޖުމްލަ 6،075.00 ރުފިޔާގެ އުޖޫރައެއް ކަނޑައެޅޭނެއެވެ.
ސުންގަޑި
ޝައުޤުވެރިވާ ފަރާތްތަކުން 27 އޮގަސްޓް 2019 ވަނަ ދުވަހުގެ 12:00 ގެ ކުރިން، ވަޒީފާއަށް އެދި ހުށަހަޅުއްވާއިރު ހުށަހަޅަން ޖެހޭ ލިއެކިއުންތައް ބަންދުކުރެވިފައިވާ ސިޓީއުރައެއްގައި ރަށު ކައުންސިލް އޮފީހަށް ހުށައެޅަންވާނެއެވެ. ސިޓީއުރައިގެ ބޭރުގައި " ޕްރޮޖެކްޓް ސުޕަވައިޒަރ - ޖީ.ސީ.އެފް ޕްރޮޖެކްޓް" އާއި ރަށުގެ ނަމާއި، ހުށައަޅާފަރާތުގެ ނަމާއި އެޑްރެސް އަދި ގުޅޭނެ ނަންބަރާއި، އިއުލާން ނަންބަރު ޖަހާފައި އޮންނަންވާނެއެވެ.
އިތުރު މައުލޫމާތު:
ޖީ.ސީ.އެފް ޕްރޮގްރާމް މެނޭޖްމަންޓް ޔުނިޓް
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް
ހަނދުވަރީ ހިނގުން،މާފަންނު، މާލެ، 20392، ދިވެހިރާއްޖެ
މާފަންނު، ހަނދުވަރީ ހިނގުން
ފޯނު ނަންބަރު: 3018396، 3018395
އީމެއިލް : [email protected]