ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)407/407/2018/33
ޕަބްލިޝްކުރި ތާރީޚް: 19 އޮގަސްޓް 2019
ޕަބްލިޝްކުރި ގަޑި: 09:58
ސުންގަޑި: 02 ސެޕްޓެންބަރު 2019 13:30
ހުވަދުއަތޮޅު އުތުރުބުރީ ވިލިނގިލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބޯހިޔާ ވަހިމަކުގެ ވަޢުދުގެ ދަށުން މިރަށުގައި އެޅުމަށް ހަމަޖެހިފައިވާ ހައުސިންގ ޔުނިޓް އިމާރާތް ކުރުމާއިބެހޭ

                ސަރުކާރުގެ ބޯހިޔާވަހިކަމުގެ ވަޢުދުގައި ހިމެނޭ ހައުސިންގ ޔުނިޓް އަޅައިދިނުމުގެ މަޝްރޫޢުގެ ދަށުން މިރަށުގައި ވެސް ހައުސިންގ ޔުނިޓްތައް އެޅުމަށް ވަނީ ހަމަޖެހިފައެވެ. އެ ގޮތުން ދިރިއުޅުމަށް ގޯތި ލިބިފައިވާ ފަރާތްތަކުގެ ތެރެއިން ގޯތީގައި ގެދޮރު އެޅުމަށް ބޭނުންވާ ފަރާތްތަކަށް މިމަޝްރޫޢުގެ ދަށުން ގެ އެޅުމަށް ވަނީ ހަމަޖައްސަވާފައެވެ.

                ވީމާ، މިމަޝްރޫޢުގެ ދަށުން ދިރިއުޅުމަށް ދޫކޮށްފައިވާ ގޯތީގައި ގެ އެޅުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން، މިއިދާރާ އަށް ދުރުވެ " ސަރުކާރުގެ ބޯހިޔާވަހިކަމުގެ ވަޢުދުގައި ހިމެނޭ ހައުސިންގ ޔުނިޓް އަޅައި ދިނުމުގެ މަޝްރޫޢުގެ ދަށުން ގޯތީގައި ގެ އެޅުމަށް އެދޭ ފޯމް " ނެންގެވުމަށް ފަހު 02 ސެޕްޓެމްބަރ 2019 ވަނަ ދުވަހުގެ 1.30 ގެ ކުރިން ފޯމް ފުރިހަމަކޮށް މިއިދާރާ އަށް ހުށަހެޅުއްވުމަށް އާއްމުކޮށް އަންގާ އިޢުލާން ކުރަމެވެ.

                 އަދި މިމަޝްރޫޢުގެ ދަށުން އިމާރާތް ކުރުމަށް ހަމަޖެހިފައިވާ ހައުސިންގ ޔުނިޓް އިމާރާތް ކުރުމާއިބެހޭ އުސޫލް މިއިދާރާގެ ނޯޓިސް ބޯޑުގައި ބެހެއްޓިފައި ހުންނާނެ ވާހަކަ ވެސް މިފުރުޞަތުގައި ދެންނެވިމެވެ. 

19 އޮގަސްޓް 2019