ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)431-AHP/471/2019/17
ޕަބްލިޝްކުރި ތާރީޚް: 20 އޮގަސްޓް 2019
ޕަބްލިޝްކުރި ގަޑި: 09:54
ސުންގަޑި: 01 ސެޕްޓެންބަރު 2019 10:00
މޯލްޑިވްސް ލޭންޑް އެންޑް ސަރވޭ އޮތޯރިޓީ
ދިވެހިރާއްޖެ
މިއޮތޯރިޓީއަށް ފަރުނީޗަރު ގަތުމާއިބެހޭ

އިޢުލާން

 

މި އޮތޯރިޓީއަށް ފަރުނީޗަރު ގަންނަންބޭނުންވެގެން 30 މޭ 2019 ގައި ކުރެވުނު ނަންބަރު IUL)431-ITF/1/2019/12) އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން އަންދާސީ ހިސާބު ހުށަހެޅުމަށް ވަޑައިގެންފައިނުވާތީ، ފަރުނީޗަރ ގަތުމަށް އަލުން އިޢުލާންކުރަމެވެ.

ވީމާ މިތަކެތި ވިއްކަން ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2019 އޯގަސްޓް 25 ވަނަ ދުވަހުގެ ހެނދުނު 10:00 އަށް މި އޮތޯރިޓީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2019 ސެޕްޓެމްބަރ 01 ވަނަ ދުވަހުގެ ހެނދުނު 10:00 އަށް މި އޮތޯރިޓީއަށް ވަޑައިގެން އަގު ހުށަހެޅުއްވުމަށް ދެންނެވީމެވެ. އަދި މިއޮތޯރިޓީގެ ކައުންޓަރުން މައުލޫމާތު ޝީޓު ލިބެންހުންނާނެ ވާހަކަ ދަންނަވަމެވެ.

މި އިޢުލާނާއި ބެހޭ ގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންވެލައްވާނަމަ 4264-300 އަށް ރަސްމީ ގަޑީގައި ގުޅުއްވުން އެދެމެވެ.

19 ޛުލްޙިއްޖާ 1440ހ.

20 އޮގަސްޓް 2019