ދިވެހިރާއްޖެ
ނަންބަރު: (IUL)248-ESMSMS/248/2019/85
އިޢުލާން
މިނިވަން ޗެމްޕިއަންޝިޕް ފުޓުބޯޅަ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު
01 ސެޕްޓެމްބަރު 2019 ވަނަ ދުވަހު ފުޓުބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް ( އެފް.އޭ.އެމް ) އިން ބާއްވާ މިނިވަން ޗެމްޕިއަންޝިޕް ފުޓުބޯޅަ މުބާރާތުގައި މިކައުންސިލްގެ ފަރާތުން ބައިވެރިވުމަށް މިދަނީ މަސައްކަތް ކުރަމުންނެވެ.
ވީމާ، މި މުބާރާތުގައި މިކައުންސިލްގެ ޓީމަށް ކުޅެން ބޭނުންފުޅުވާ ފަރާތްތަކުން 25 އޮގަސްޓް 2019 ވަނަ ދުވަހުގެ 14:00 ގެ ކުރިން މިއިދާރާއަށް ދުރުވެ ނަން ނޯޓު ކުރެއްވުން އެދެމެވެ.
އަދި މުބާރާތާއި ގުޅޭ އިތުރު މައުލޫމާތު ހޯދެއްވުމަށް ކައުންސިލްގެ ނައިބު ރައިސް އަލްފާޟިލް އަލީ ރަމީޒު ( ފޯނު ނަންބަރު 9544443 ) އާއި ގުޅުއްވުން އެދެމެވެ.
މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.