ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: FNK-I/IUL/2019/170
ޕަބްލިޝްކުރި ތާރީޚް: 19 އޮގަސްޓް 2019
ޕަބްލިޝްކުރި ގަޑި: 17:17
ސުންގަޑި: 27 އޮގަސްޓް 2019 13:30
ފެނަކަ ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
މި ކުންފުނީގެ ޖަނަރޭޓަރ ސެޓްތަކަށް ބޭނުންވާ ފިލްޓަރ ގަތުމާއި ގުޅޭ:

 

ނަންބަރ:FNK-I/IUL/2019/170

އިޢުލާން

މި ކުންފުނީގެ ޖަނަރޭޓަރ ސެޓްތަކަށް ބޭނުންވާ ފިލްޓަރ ގަތުމާއި ގުޅޭ:

މި ކުންފުނީގެ ޖަނަރޭޓަރ ސެޓްތަކަށް ބޭނުންވާ ފިލްޓަރ ގަތުމަށް ކުރެވުނު ނަންބަރ FNK-I/IUL/2019/047 އިޢުލާންއާއި ގުޅިގެން ހުށަހަޅާފައިވާ އަންދާސީ ހިސާބުތައް އަގުބޮޑުކަމަށްފެންނާތީ އެ އިޢުލާން ބާޠިލްކޮށް، އަލުން އަގު ހުށަހެޅުމުގެ ފުރުސަތު ރާއްޖެއާއި ރާއްޖެއިން ބޭރުގެ ފަރާތްތަކަށް ހުޅުވާލެވިފައިވާ ވާހަކަ ދަންނަވެމެވެ. މި ބިޑްގައި ބައިވެރި ވެވޭނީ  "ފުލީޖްގާޑް ޖެނުއިން ސެޓްފިކެޓް" ނުވަތަ އެއާއި އެއްފަދަ ލިޔުމެއް އޮންނަފަރާތަށް އެކަނި ކަމުގައި ދަންނަވަމެވެ. އަދި މިކަމާއި ގުޅޭ މަޢުލޫމާތު ކަރުދާސް މި އިއުލާނާއި އެކު އެޓޭޗް ކުރެވިފައިވާނެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 27 އޮގަސްޓް 2019 ވާ އަންގާރަ ދުވަހުގެ 13:30 އަށް މި ކުންފުނީގެ ހެޑް އޮފީސް (ޕޯޓް ކޮމްޕްލެކްސް ބިލްޑިންގ، 7 ވަނަ ފަންގިފިލާ)އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 08 ސެޕްޓެމްބަރ 2019 ވާ އާދިއްތަ ދުވަހުގެ 11:00އަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީހިސާބު ހުށަހަޅާނީ މި ކުންފުނީގެ ހެޑް އޮފީސް (ޕޯރޓް ކޮމްޕްލެކްސް ބިލްޑިންގ، 7 ވަނަ ފަންގިފިލާ) އަށެވެ.

މިމަސައްކަތަށް ހުށަހަޅާ އަންދާސީ ހިސާބު ބާޠިލުވާ މުއްދަތުގެ ގޮތުގައި މަދުވެގެން 60 (ފަސްދޮޅަސް) ދުވަސް ދެވެންވާނެއެވެ.

 

ދުވަސް

ވަގުތު

މަޢުލޫމާތު ދިނުން

27 އޮގަސްޓް 2019 ގައި

13:30

އަގު ހުށަހެޅުން

08 ސެޕްޓެމްބަރ 2019 ގައި

11:00

މަޢުލޫމާތު ސާފުކުރަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބް، "ފުލީޖްގާޑް ޖެނުއިން ސެޓްފިކެޓް" ނުވަތަ އެއާއި އެއްފަދަ ލިޔުމެއްނެތް ފަރާތަކުގެ އަންދާސީ ހިސާބު އަދި  ހަމަޖެހިފައިވާ ގަޑީގެ ފަހުން ހުށަހެޅޭ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ މައުލޫމާތަށްޓަކައި ދެންނެވީމެވެ. މަޢުލޫމާތު ފުރިހަމަ ނޫން ބިޑްތައް ބާތިލްކުރުމުގެ ފުރިހަމަ އިޙްތިޔާރު މި ކުންފުންޏަށް ލިބިގެންވެއެވެ. އަދި ބިޑް ކޮންމެ ވަގުތެއްގައި ބާތިލް ކުރުމުގެ ފުރިހަމަ އިޙްތިޔާރު މި ކުންފުންޏަށް ލިބިގެންވެއެެވެ.

              18 ޛުލްޙިއްޖާ 1440

              19 އޮގަސްޓް 2019

19 އޮގަސްޓް 2019