ވަޒީފާގެ ފުރުޞަތު
ނަންބަރު: 153-FE/2019/11
ޕަބްލިޝްކުރި ތާރީޚް: 19 އޮގަސްޓް 2019
ޕަބްލިޝްކުރި ގަޑި: 16:26
ސުންގަޑި: 22 އޮގަސްޓް 2019 13:00
ފެކަލްޓީ އޮފް އެޑިޔުކޭޝަން، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ޕާޓްޓައިމް ލެކްޗަރަރ

ޕާޓްޓައިމް ވަޒީފާގެ ފުރުޞަތު

ފެކަލްޓީ އޮފް އެޑިޔުކޭޝަން

މާލެ، ދިވެހިރާއްޖެ.

 ފެކަލްޓީ އޮފް އެޑިޔުކޭޝަނުން މާލެ އާއި ބައެއް އަތޮޅުތަކުގައި ހިންގާ ކޯސްތަކުގައި 2019ވަނަ އަހަރުގެ ދެވަނަ ސެމެސްޓަރގައި ކިޔަވައިދެއްވުމަށް ތިރީގައި މިދަންނަވާ ދާއިރާތަކަށް ޕާޓްޓައިމް ލެކްޗަރަރއިން ބޭނުންވެއެވެ.

މާއްދާ:

މާއްދާ / މަސައްކަތް އޮންނަ ރަށް

  1. ސޯޝަލް ސައިންސް 2 (SOC301) / ގދ.ތިނަދޫ، ރ.ދުވާފަރު، ޏ.ފުވައްމުލައް
  2. ފިޒިކަލް އެޑިޔުކޭޝަން (PHE201) / ގދ.ތިނަދޫ
  3. ޓީޗިންގ އެންޑް ލާރނިންގ އިކޮނޮމިކްސް (CST317) / ކ.މާލެ
  4. ޓީޗިންގ އެންޑް ލާރނިންގ މެތަމެޓިކްސް (CST345) / ގދ.ތިނަދޫ، ޏ.ފުވައްމުލައް
  5. ޕްރެކްޓިކަމް I ފޮރ ޕްރައިމަރީ (PRM111) / ސ.ހިތަދޫ
  6. ޕްރެކްޓިކަމް II ފޮރ ޕްރައިމަރީ (PRM239) / ޅ.ނައިފަރު
  7. ޕްރެކްޓިކަމް III ފޮރ ޕްރައިމަރީ (PRM333) / ރ.ދުވާފަރު
  8. ޕްރެކްޓިކަމް III ފޮރ ސެކަންޑަރީ (PRM327) / ހއ.ދިއްދޫ، ނ.ކެނދިކުޅުދޫ، ބ.އޭދަފުށި، ޏ.ފުވައްމުލައް، ދ.ކުޑަހުވަދޫ، ރ.ދުވާފަރު

ޝަރުތު:

މާއްދާއާއި ގުޅޭ ދާއިރާ އިން ދަށްވެގެން ފުރަތަމަ ޑިގްރީ ޙާޞިލުކޮށްފައިވުމާއެކު ޕޯސްޓް ސެކަންޑަރީ ފެންވަރުގައި 2 އަހަރު ދުވަހުގެ ކިޔަވައިދިނުމުގެ ތަޖުރިބާ ލިބިފައިވުން.

އުޖޫރަ:

400-300 ލެވެލްގައި ތަޤްރީރުކުރާ ކޮންމެ ގަޑިއަކަށް -/275ރ.، 200 ލެވެލްގައި ތަޤްރީރުކުރާ ކޮންމެ ގަޑިއަކަށް -/225ރ.، 100 ލެވެލްގައި ތަޤްރީރުކުރާ ކޮންމެ ގަޑިއަކަށް -/200ރ. ގެރޭޓުން އުޖޫރަ ދެވޭނެއެވެ. މީގެ އިތުރަށް މާރކްކުރާ ކޮންމެ އެސައިންމަންޓަކަށާއި، އިމްތިޙާނު ކަރުދާހަކަށް ދަރިވަރަކަށް -/35ރ. ގެ ރޭޓުން އުޖޫރަ ދެވޭނެއެވެ.

ސިޓީއާއެކު ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  2. ވަޒީފާ އަށް އެދޭ ފަރާތުގެ ވަނަވަރު
  3. ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓްގެ ކޮޕީ

އިތުރު މަޢުލޫމާތު:

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިފެކަލްޓީގެ ނަންބަރު 3345308  ފޯނާ ގުޅުއްވުން އެދެމެވެ.

ސުންގަޑި: 2019 އޮގަސްޓް 22 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން ފެކަލްޓީ އޮފް އެޑިޔުކޭޝަނަށް (އަމީނީ ބިލްޑިންގ) ސިޓީ ފޮނުއްވުން އެދެމެވެ. އީމެއިލް ފޮނުއްވާނީ [email protected]އަށެވެ.

ނޯޓް:  

  •  ސިޓީ ނުވަތަ އީމެއިލް ގައި ކިޔަވައިދެއްވަން ބޭނުންފުޅުވާ މާއްދާ ބަޔާންކުރެއްވުން އެދެމެވެ.
  •  މިކަމަށް ކުރިމަތިލައްވާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓު ކުރެވޭ ފަރާތްތަކާ ފެކަލްޓީ އިން ގުޅުއްވާނެ ވާހަކަ ދަންނަވަމެވެ.
  •  މިއަހަރު ފުރަތަމަ ސެމެސްޓަރގައި ޕާޓްޓައިމް ލެކްޗަރަރއިންގެ ގޮތުގައި ފެކަލްޓީގައި ކިޔަވައިދެއްވާފައިވާ ބޭފުޅުން ހަމައެކަނި ސިޓީ ހުށަހެޅުއްވުން އެދެމެވެ.
19 އޮގަސްޓް 2019