ދިވެހިރާއްޖެ
ސެޓިފައިޑް އެނަރޖީ އޮޑިޓަރސް ޓްރެއިނިންގ
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓްގެ ދަށުން ހިންގަމުންދާ ސްޓްރެންތެނިންގ ލޯ ކާބަން އެނަރޖީ އައިލެންޑް ސްޓްރެޓެޖީސް ޕްރޮޖެކްޓްގެ ފަރާތުން ސެޓިފައިޑް އެނަރޖީ އޮޑިޓަރސް ޓްރެއިނިންގ (ސީއީއޭ) ޕްރޮގްރާމެއް ކުރިއަށް ގެންދިއުމަށް ވަނީ ގަސްތުކުރެވިފައެވެ. މި ތަމްރީން ޕްރޮގްރާމަކީ އެމެރިކާގެ އެސޯސިއޭޝަން އޮފް އެނަރޖީ އިންޖިނިއަރސް (އޭއީއީ) ގެ ފަންނީ އެހީތެރިކަމާއި އެކު ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.
އޭއީއީގެ ސީއީއޭ ޕްރޮގްރާމް ރާއްޖޭގައި ހިންގުމުގެ މަޤްސަދަކީ ރާއްޖޭގައި އެނަރޖީ އޮޑިޓިންގެ ދާއިރާއިން މީހުން ބިނާކޮށް، އެނަރޖީ އޮޑިޓިންގ ދާއިރާއަށް ބޭނުންވާ ސެޓިފައިޑް ދިވެހިން ހޯދުމަށް މަގުފަހި ކުރުމެވެ.
އެއްދަންފަޅީގެ އިމްތިހާނަކާއި އެކު ޖުމްލަ 9 ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މި ތަމްރީން ޕްރޮގްރާމަކީ ހަކަތައިގެ ދާއިރާގައި އަމަލީ ގޮތުން ހަރަކާތްތެރިވާ ފަރާތްތަކަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.
ސީއީއޭ ޕްރޮގްރާމާއި ގުޅޭ އިތުރު މަޢުލޫމާތު ތިރީގައިވާ ލިންކު މެދުވެރިކޮށް ލިބިވަޑައިގަންނަވާނެއެވެ.
https://www.aeecenter.org/certifications/certifications/certified-energy-auditor
ސެޓިފައިޑް އެނަރޖީ އޮޑިޓަރސް ޓްރެއިނިންގައި ބައިވެރިވުމުގެ ފީ އަކީ ( މެމްބަރޝިޕް ފީ 195 ޑޮލަރު + ސެޓިފިކޭޝަން ފީ 300 ޑޮލަރު) 495 އެމެރިކާ ޑޮލަރެވެ. މި ތަމްރީން ޕްރޮގްރާމް ހިންގުމަށް ހޭދަވާ އެހެނިހެން ޙަރަދުތައް ހަމަޖައްސާނީ މިނިސްޓްރީ އޮފް އެންވަޔަރަންމަންޓުންނެވެ.
ވީމާ، މި ތަމްރީން ޕްރޮގްރާމްގައި ބައިވެރިވުމުގެ ޝައުގުވެރިކަން ހުރި ފަރާތްތަކުން 07 ސެޕްޓެމްބަރު 2019 ގެ 00:00 ގެ ކުރިން ތިރީގައިވާ ލިންކު މެދިވެރިކޮށް ރަޖިސްޓްރީ ކުރެއްވުން އެދެން.
https://forms.gle/az9WMVVgxsVA71Ae6
ނޯޓް:
މި ތަމްރީން ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރަސަތު ދެވޭނީ ހުށައަޅާ އެޕްލިކޭޝަންތައް މިނިސްޓްރީއާއި އޭއީއޭ އިން ދިރާސާކުރުމަށްފަހު ޝަރުތު ހަމަވާ ފަރާތްތަކަށް އެކަންޏެވެ. މިގޮތުން ޝަރުތު ހަމަވާ ފަރާތްތަކުގެ ސީވީ ހުށައެޅުމަށް ފުރުސަތު ދެވޭނޭއެވެ.
ޝަރުތު ހަމަވާ 10 ކެންޑިޑޭޓުން ނުލިބޭނަމަ މި ތަމްރީން ޕްރޮގްރާމް ކުރިއަކަށް ނުގެންދެވޭނެއެވެ.
ސީއީއޭގެ ޓްރެއިނިންގ އައުޓްލައިން އެއްކަރުދާސް ކުރެވިފައި.
އަށް އީމެއިލް ކުރައްވާ! [email protected]