ދިވެހިރާއްޖެ
މަސައްކަތް
މިނިސްޓްރީ އޮފް ފޮރިން އެފެއާޒް
ދިވެހިރާއްޖެ
ނަމްބަރ: IUL) 25-A2/25/2019/21)
ދޮރުފޮތި އަދި ބްލައިންޑްސް ހަރުކުރުން
އަންދާސީހިސާބު ބޭނުންވެއްޖެ
މިމިނިސްޓްރީގެ ޢިމާރާތެއްގައި ދޮރުފޮތި އަދި ބްލައިންޑްސް ހަރުކޮށްދެއްވާނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.
ވީމާ، މި މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 21 އޮގަސްޓް 2019 ވާ ބުދަ ދުވަހުގެ 11:00 އަށް މި މިނިސްޓްރީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 27 އޮގަސްޓް 2019 ވާ އަންގާރަ ދުވަހުގެ 11:00 އަށް މިމިނިސްޓްރީއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
އަންދާސީހިސާބު ހުށަހެޅުއްވޭނީ މަޢުލޫމާތު ސާފުކުރެއްވުމަށް މިމިނިސްޓްރީއަށް ވަޑައިގެން ނަންނޯޓްކުރައްވާ ފަރާތްތަކަށެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ 3323400 ނަންބަރު ފޯނާއެވެ.
19 އޮގަސްޓް 2019